ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން

ތަފްޞީލު

އެޑްރެސްވެލާނާގެ, އަމީރު އަޙްމަދު މަގު, ހެންވޭރު, މާލެ, ކާފު އަތޮޅު
ފޯނު3033200
ހޮޓްލައިން+960 7280368
އީމެއިލްinfo@dnr.gov.mv
ވެބްސައިޓްdnr.gov.mv
ޕޯސްޓް ކޯޑު20096

ވެރިން

  • އަޙްމަދު ޢާލީ (ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި)

    މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ނައިބު

ސޯޝަލް މީޑިއާ

މަސްއޫލިއްޔަތު

މަސްއޫލިއްޔަތު (14)
  1. ދިވެހި ރައްޔިތުންގެ ތެރެއިން 10 އަހަރުންމަތީގެ ކޮންމެ މީހަކަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމާއި، އުމުރުން 10 އަހަރު ނުފުރޭ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ވަގުތީ ކާޑު ހަދައިދިނުމާއި، މި ކަންކަމާގުޅޭ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން.
  2. އުފަންވާ ދިވެހި ކުދިންނަށް ހަދައިދެވޭ އުފަންދުވަހުގެ ސެޓްފިކެޓުގައި އެ ކުދިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖެހުމަށް ޓަކައި ނަންބަރު ދޫކުރުން.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ގެއްލުމުގެ ސަބަބުން ލިބެން އޮތް ޙައްޤެއް ގެއްލޭ ނަމަ، އަލުން ކާޑު ހަދައިދެވެންދެން، ކާކުކަން އަންގައިދޭ ވަގުތީ ރަސްމީ ލިޔުމެއް އެ ފަރާތަކަށް ފޯރުކޮށްދިނުން.
  4. ސަރުކާރުގެ އޮފީސް އޮފީހުން އާންމުންނާ ބެހޭ އެކިއެކި ކަންކަމުގައި ފޮނުވާ މުވައްޒަފުންނަށް "ކާކުކަން އަންގައިދޭ ކާޑު" ހަދައިދިނުމާއި، މިކަމާ ބެހޭ ރެކޯޑުތައް ބެލެހެއްޓުން.
  5. ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މައުލޫމާތު ބެލެހެއްޓުމާ ބެހޭ ތިރީގައިވާ ކަންކަންކުރުން:

(ހ) ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ފޫޅުމާފޯމު ފުރިހަމަކުރުމަށް ޓަކައި ފޯމު ފުރިހަމަކުރަންޖެހޭ ފަރާތްތަކަށް އެ ފޯމުތައް ހުސްނުވެ ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން.

(ށ) އުފަންވާ ކުދިންގެ ފޫޅުމާ ފޯމުގެ ކޮޕީ ހޯދަން އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ލިޔުން ދޫކުރުމާއި، އެ ފޯމުގައިވާ މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ މައުލޫމާތު ދޫކުރުން.

(ނ) ދިވެހިރާއްޖޭގައި މަރުވާ ކޮންމެ މީހަކަށް މަރު ސާބިތުކުރާ ފޯމު ފުރިހަމަކުރުމަށް ޓަކައި މަރު ސާބިތުކުރާ ފޯމު ފުރިހަމަ ކުރަންޖެހޭ ފަރާތްތަކަށް އެ ފޯމުތައް ހުސްނުވެ ލިބެންހުންނާނެ އިންތިޒާމު ހަމަޖެއްސުން.

(ރ) މަރުވާ  މީހުންގެ މަރު ސާބިތުކުރާ ފޯމުގެ ކޮޕީ ހޯދަން އެދޭ ފަރާތްތަކަށް، ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ ލިޔުން ދޫކުރުމާއި، އެ ފޯމުގައިވާ މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެ މައުލޫމާތު ދޫކުރުން.

(ބ) އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މައުލޫމާތު ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައްޔާއި، ސަރަހައްދީ ފެންވަރުގައްޔާއި، މަރުކަޒީ ފެންވަރުގައި ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ދިނުން.

(ޅ) ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި، މަރުވާ ކުދިންނާއި މީހުންގެ މައުލޫމާތު ހުރިހައި ސަރަހައްދުތަކަކުން އެއްކޮށް، އެ މައުލޫމާތު ބަލަހައްޓައި، ކުރަންޖެހޭ ދިރާސާތައްކުރުން.

(ކ) އީ-ގަވަރމަންޓް ނިޒާމުގެ ދަށުން ގާއިމުކޮށްފައިވާ "އޮންލައިން ބާރތު އެންޑް ޑެތު ރެޖިސްޓްރޭޝަން ސިސްޓަމް" ބެލެހެއްޓުން.

  1. މުޅި ރާއްޖޭގައި އެއް އުސޫލަކުން އާބާދީގެ ރަޖިސްޓަރީތައް ލިޔެ ބެލެހެއްޓުމާ ބެހޭ ތަމްރީނުދީ، އެ ރަޖިސްޓަރީތައް ލިޔެ ބެލެހެއްޓުމުގައި ބޭނުންވާ އެހީތެރިކަން ކަމާ ބެހޭ މުއައްސަސާތަކަށް ފޯރުކޮށްދިނުން.
  2. ދިވެހިރާއްޖޭގައި ސިވިލް ރެޖިސްޓްރޭޝަން، ވައިޓަލް ސްޓެޓިސްޓިކްސް އެންޑް އައިޑެންޓިޓީ މެނޭޖްމަންޓް (ސީ.އާރު.ވީ.އެސް.އައި.ޑީ.) ސިސްޓަމެއް ގާއިމުކޮށް، މި ކަމާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

ރަސްމީ މަސްއޫލިއްޔަތު ކިޔާ (PDF)