
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
Dr. Abdul Samad Memorial Hospital
ނިސްބަތްވާ ތަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
ތަފްޞީލު
އެޑްރެސްޑެއިޒީ މަގު, ތިނަދޫ, ގާފު ދާލު އަތޮޅު
ފޯނު6841977
ހޮޓްލައިން1555
އީމެއިލްinfo@asmh.gov.mv
ވެބްސައިޓްasmh.gov.mv
ޕޯސްޓް ކޯޑު17100
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން
އަޙްމަދު އަޝްރަފް
ޗީފް އެގްޒެކްޓިވް އޮފިސަރ
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (18)
- އެ ހޮސްޕިޓަލެއް ގިންތިކުރެވިފައިވާ ފެންވަރުގައި ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތައް ތަޙުލީލުކުރުމުގެ ޚިދުމަތްތައް ދިނުން.
- ހޮސްޕިޓަލުން ފަރުވާ ދެވެން ނެތް ހާލަތްތަކުގައި ޑޮކްޓަރު ކަނޑައަޅާ ގޮތެއްގެ މަތިން އެ ޚިދުމަތްތައް ލިބެންހުންނަ ޞިއްޙީ ފަރުވާދޭ ތަނަކަށް ރައްކާތެރިކަމާއެކު ބަލިމީހުން ފޮނުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
- ހޮސްޕިޓަލް ނިސްބަތްވާ ސަރަހައްދުގެ އާބާދީގެ ދުޅަހެޔޮކަމަށް މުހިއްމުވާ ކަންތައްތައް ހޮސްޕިޓަލުން ދެނެގަތުމާއި، ސަރަހައްދުގައި ދެވޭ ޚިދުމަތްތައް މޮނިޓަރކުރުމާއި އެ ކަންކަމަށް ރިއާޔަތްކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްތައްކުރުން.
- އައުޓްރީޗް ޕުރޮގުރާމުތައް ރާވައި ހިންގުމާއި، ޚާއްޞަ ބަލިތަކަށް ފަރުވާދޭނެ ޑޮކްޓަރުންގެ ޚިދުމަތް، ސަރަހައްދުގެ ރަށްތަކަށް ފޯރުކޮށްދިނުން.
- ގޭގެއަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ބަލިބަލީގެ މީހުންނަށް ޞިއްޙީ ލަފަޔާއި އިރުޝާދު ދިނުމާއި، ރޯގާ ފަދަ ބަލިމަޑުކަން ފެތުރުނަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- އާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ވެށި ސާފުކޮށް ބޭއްވުމަށް އިޖުތިމާއީ ހޭލުންތެރިކަން އިތުރުކޮށް އެ ކަމަށް އަހުލުވެރިކުރުވުން.
- ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާގެ މަތިން އާންމު ޞިއްޙަތު ކުރިއަރުވައި، ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ފެތުރުނަނުދިނުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، ބަލިމަޑުކަމެއް ފެތުރޭ ހާލަތެއް ދިމާވެއްޖެ ނަމަ، ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- އުފަންވެނި ޞިއްޙަތާއި، މައިންނާއި، ޅަދަރިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި ޚާއްޞަ އަޅައިލުން ބޭނުންވާ (ވަލްނަރަބަލް) ފަރާތްތަކުގެ ޞިއްޙަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން.
- ޚާއްޞަ ބަލިތަކަށް ފަރުވާދޭ ކްލިނިކްތައް ހިންގުމާއި، ވިއްސުމާއި، ވެކްސިނޭޝަން ޕުރޮގުރާމު ހިންގުން.
- ޤުދުރަތީ ކާރިސާތަކާއި ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި ޞިއްޙަތު ރައްކާތެރިކުރުމަށް އަވަސްފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ހާލަތާގުޅޭ ޞިއްޙީ އެހެނިހެން ޚިދުމަތްތައް ދިނުން.
- ޤުދުރަތީ ކާރިސާތަކާއި ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެ ފަދަ ހާދިސާތަކުގައި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ޞިއްޙީ ޚިދުމަތްފޯރުކޮށްދިނުން.
- ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަލައި ފާސްކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ވިޔަފާރިކުރާ ތަންތަނާއި، ވިއްކުމަށް ކާބޯތަކެތި އުފައްދާ ތަންތަނާއި އެ ތަންތަނުން ވިއްކާ ކާބޯތަކެއްޗާއި، ވިޔަފާރިކުރާ ތަންތަނުން ވިއްކާ ބޯފެނުގެ ރައްކާތެރިކަން ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ބޭސްފިހާރަތައް އިންސްޕެކްޓްކޮށް ކަމާ ބެހޭ ފަރާތްތަކުގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ "ސާފުތާހިރުކަމުގެ ސެޓްފިކެޓް" އަށް އެދޭ ފަރާތްތަކުގެ އުޅަނދުފަހަރު ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބަލައި، އެ އުޅަނދުފަހަރަށް ސެޓްފިކެޓް ދޫކުރުން.
- އެކިއެކި ބަލިތަކާއި އެ ނޫން ޞިއްޙީ ހާލަތްތައް ތަޙައްމަލުކުރަމުންދާ މީހުންނާއި، ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ މީހުންގެ ރެކޯޑުތައް ބެލެހެއްޓުން.
- މިނިސްޓްރީއަށް ބޭނުންވާ ޕަބްލިކް ހެލްތު ސަރވޭލަންސްގެ މައުލޫމާތާއި، އެހެނިހެން މައުލޫމާތު އެ ހޮސްޕިޓަލް ނިސްބަތްވާ އަތޮޅުގެ ރަށްރަށުން އެއްކޮށް، ބަލަހައްޓައި ރިޕޯޓުކުރުން.
- އެ ސަރަހައްދުގެ ޞިއްޙީ މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.