ސަރުކާރުގެ ޚިދުމާތު މަރުކަޒު - މ. އަތޮޅު
Government Services Centre - Meemu Atoll
ނިސްބަތްވާ ތަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ތަފްޞީލު
މި އޮފީހުގެ ގުޅޭނެ މަޢުލޫމާތެއް ޝާއިޢު ކޮށްފައެއް ނުވޭ.
މަސްއޫލިއްޔަތު
ސަރުކާރުގެ ޚިދުމާތު މަރުކަޒުތަކުގެ މަސައްކަތްތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ތިރީގައި މި ވަނީއެވެ
- ޤައުމީ އިދާރާތަކުގެ ޚިދުމަތްތައް އިދާރީ ދާއިރާތަކުގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެ އިދާރާތަކާ ގުޅިގެން ހަމަޖެއްސުން.
- އަތޮޅުތަކުގައި ކުރިއްސުރެ އަތޮޅު ފެންވަރުގައި ދެމުންދާ އިޖުތިމާޢީ ޚިދުމަތްތައް ދިނުމާއި ރައްޔިތުންނާ ގުޅިގެން ހިންގަމުން އައިސްފައިވާ އިޖުތިމާއީ ޙަރަކާތްތައް މެދުނުކެނޑި ހިންގުމަށް މަގުފަހި ކުރުން.
- އިދާރީ ދާއިރާތަކުގައި ސަރުކާރުގެ އިދާރާތަކުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުން.