
މޯލްޑިވްސް ޑިޖިޓަލް ސަރވިސް
Maldives Digital Service
ނިސްބަތްވާ ތަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ތަފްޞީލު
އެޑްރެސްކަލާފާނު ހިނގުން, ހެންވޭރު, މާލެ, ކާފު އަތޮޅު
ފޯނު3344000
ހޮޓްލައިން1551
އީމެއިލްhelpdesk@mds.gov.mv
ވެބްސައިޓްmds.gov.mv
ޕޯސްޓް ކޯޑު20064
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން
ޑޮކްޓަރ މުޙައްމަދު ކިނާނަތު (ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި)
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (24)
- ޑިޖިޓަލައިޒްކުރުމާއި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާއި ގައިޑްލައިންތައް އެކުލަވައިލައި އާންމުކުރުން.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާއި ޑިޖިޓަލް ޓެކްނޯލޮޖީގެ ދާއިރާއިން ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމުގައި ކަމާ ބެހޭ ފަރާތްތަކަށް މަޝްވަރާއާއި ފަންނީ ލަފާދިނުން.
- ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްޤީއާއި އިޖުތިމާއީ ދުޅަހެޔޮކަމަށް އެކަށޭނަ އިންފޮމޭޝަން ޓެކްނޯލޮޖީގެ ޤައުމީ ޕްލޭނާއި، ސްޓްރެޓެޖީތަކާމެދު ކަމާ ބެހޭ ފަރާތްތަކަށް ލަފާ ދިނުމާއި، ސަރުކާރުން ކަނޑައަޅާ އިންފޮމޭޝަން ޓެކްނޯލޮޖީގެ ސިޔާސަތުގެ މުރާދު ހާސިލުކުރުމަށް ބޭނުންވާ މަޝްރޫޢުތަކާއި ޕްލޭންތައް ރާވައި، ވިލަރެސްކޮށް ހިންގުން.
- ކޮމްޕިއުޓަރައިޒް ކުރުމާއި، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ ބޭނުންކޮށްގެން ހިންގާ ކަންތައްތަކުގައި ރާއްޖޭގައި ބޭނުންކުރަން އެންމެ އެކަށީގެންވާ މިންގަނޑުތަކާއި، "ގައިޑްލައިން" ތަކާއި "ބެންޗްމާކް"ތައް ކަނޑައަޅައި އާންމުކުރުން.
- ދައުލަތުގެ އިދާރާތަކުން ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އެންމެހައި ކަންކަން ހިންގައި ރެގިއުލޭޓްކޮށް، ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އަސާސީ ކަންކަން ފުރިހަމަކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
- ދައުލަތުގެ އިދާރާތަކުން އާންމުކޮށް މައުލޫމާތު ދިނުމުގެ މަގު ފުޅާކޮށް ސަރުކާރުގެ ޚިދުމަތްތައް ދިނުން ހަލުއިކުރުމަށް ޓަކައި، ސަރުކާރުގެ "އިންފޮމޭޝަން ސިސްޓަމްސް ޕްލޭން" އެކުލަވައިލައި، އެ ޕްލޭންގެ ދަށުން "އިލެކްޓްރޯނިކް ގަވަރންމަންޓް"ގެ ނިޒާމެއް ގާއިމުކޮށް ހިންގުން.
- ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްޤީއާއި އިޖުތިމާއީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނޭ ގޮތެއްގެ މަތިން، އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ޚިދުމަތްތައް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ފޯރުކޮށްދިނުމާއި، ސަރުކާރުގެ ކޮމްޕިޔުޓަރ ވިޔުގައާއި އެހެނިހެން ނެޓްވޯކްތައް ބަލަހައްޓައި ހިންގުން.
- ދައުލަތުގެ އިދާރާތަކުގައި ބޭނުންކުރާ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާ ގުޅުންހުރި އެންމެހައި ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ސްޓެންޑަރޑައިޒްކުރުމަށް ޓަކައި އެ ކަންކަމާ ގުޅުންހުރި އެންމެހައި މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތައް ތަންފީޒުކުރުމަށް ބޭނުންވާ ގައިޑްލައިންތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ތައްޔާރުކުރުން.
- ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުން ހުށަހަޅާ "އިންފޮމޭޝަން ސިސްޓަމް ޕްލޭން"ތައް ބަލައި، އެ ޕްލޭންތައް ހިންގުމުގެ ހުއްދަ ދިނުން.
- ދައުލަތުގެ އިންފޮމޭޝަން ސިސްޓަމްތައް ތަރައްޤީކޮށް ހިންގައި ބެލެހެއްޓުމަށް ޓަކައި އެ ސިސްޓަމްތައް ސާރވޭކުރުމާއި، އެ ސިސްޓަމްތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ޓަކައި ބިޒްނަސް ޕްރޮސެސްތައް ރީއިންޖިނިއަރކުރުމަށް ލަފާދިނުން.
- ރައްކާތެރިކަމާއެކު ދައުލަތުގެ އެންމެހައި ޑޭޓާ ބަލަހައްޓައި ޕްރޮސެސްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުމަށް ޓަކައި "ނޭޝަނަލް ސޮވެރިން ކްލައުޑް" ގާއިމުކުރުމާއި، ޑޭޓާ ރިކަވަރީގެ ނިޒާމުތައް ގާއިމުކުރުމާއި، ގައުމީ ޑޭޓާ ސެންޓަރުގެ މަސައްކަތްތައް ތަރައްޤީކޮށް ހަރުދަނާކުރުން.
- ނޭޝަނަލް ކްލައުޑް ސްޕޭސް ޓެކްނޯލޮޖީ ބޭނުންކުރުމުގެ މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރުމާއި، ނޭޝަނަލް ކްލައުޑް ސްޕޭސް ޓެކްނޯލޮޖީ ބޭނުންކުރެވެނީ އެ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- ދައުލަތުގެ ޑިޖިޓަލް ޚިދުމަތްތައް ގާއިމުކުރުމަށް ބޭނުންވާ ދަފުތަރުތަކާއި (ޑޭޓާ ރެޖިސްޓްރީތަކާއި) އެ ދަފުތަރުތަކުގެ އަސާސީ އަސްލާއި (ސިންގަލް ސޯސް އޮފް ޓްރުތްއާއި) އެ ދަފުތަރުތަކުގެ ބެލެނިވެރި އިދާރާތައް ކަނޑައަޅައި އާންމުކުރުން.
- ބައިނަލްއަގުވާމީ ޑިޖިޓަލް އައިޑެންޓިޓީ މިންގަނޑުތަކާ އެއްގޮތަށް، ރާއްޖޭގެ ޤައުމީ "ޑިޖިޓަލް އައިޑެންޓިޓީ" ގެ ނިޒާމު ގާއިމުކޮށް، ހިންގައި ބެލެހެއްޓުން.
- ދައުލަތުގެ އިދާރާތަކުގެ މެދުގައި ފަސޭހަކާމާއެކު ޑޭޓާ ހިއްސާކުރުމަށް "އިންޓަރ-އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމް"އެއް ގާއިމުކޮށް، ހިންގައި ބެލެހެއްޓުން.
- ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހަލުއިކުރުމަށް ޓަކައި މޯލްޑިވްސް ޑިޖިޓަލް ސަރވިސްއިން ބޭނުންކުރަން ކަނޑައަޅާ ސިސްޓަމްތައް ހިންގައި ބެލެހެއްޓުން.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާ އެއާ ގުޅިފައިވާ ސިނާއީ މަސައްކަތްތައް ރާއްޖޭގައި ތަރައްޤީކޮށް ހަލުއިކުރުމަށް ޓަކައި، ދައުލަތުގެ ދާއިރާތަކާއި އިންފޮމޭޝަން ޓެކްނޯލޮޖީގެ އިންޑަސްޓްރީ ބައިވެރިކޮށްގެން ކަމާ ބެހޭ ސިޔާސަތުތަކަށާއި ޓެކްނޯލޮޖީއަށް އަންނަ ބަދަލުތައް ދިރާސާކުރުމާއި، އެ އާގުޅިފައިވާ ސިނާއީ މަސައްކަތްތައް ތަރައްޤީކުރުމުގެ ކަންކަން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
- ދައުލަތުގެ އިދާރާތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި ޓެކްނޯލޮޖީ ބޭނުންކުރުން ފުޅާކޮށް ހަރުދަނާކުރުމަށް ޓަކައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ ޓެކްނޯލޮޖީގެ ޚިދުމަތްދޭ ކުންފުނިތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރުން.
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާއި ޑިޖިޓަލް ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖޭގައި ތައުލީމާއި މައުލޫމާތާއި ވިޔަފާރި ކުރިއެރުވުމަށް މަގުފަހިކޮށްދިނުމާއި، އެ ކަންކަމާގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކަށް މަޝްވަރާއާއި ފަންނީ ލަފާދިނުން.
- ތައުލީމުދޭ މަރުކަޒުތަކާއި ގުޅިގެން، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާއި ޑިޖިޓަލް ޓެކްނޯލޮޖީގެ ދާއިރާއިން އީޖާދީ ކަންތައްތައް ރާއްޖެއަށް ތަޢާރުފުކޮށް ފުޅާކުރުމަށް މަސައްކަތްކުރުން.
- ޓެކްނޯލޮޖީގެ ސިނާއަތުގައި އީޖާދީ ގޮތްތައް ހޯދައި ދިރާސާކުރުމަށް ގާއިމުކުރެވޭ އިނޮވޭޝަން ހަބްގެ މަސައްކަތްތައް، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު، ބައްޓަންކޮށް ބެލެހެއްޓުން.
- ދިވެހިރާއްޖޭގައި ޓެކްނޯލޮޖީގެ ޚިދުމަތްތައް ކުރިއެރުވިދާނެ ގޮތްތަކާއި، ދިވެހިރާއްޖޭގެ ޓެކްނޯލޮޖީގެ ޚިދުމަތްތައް ބޭރު ދުނިޔެއަށް ފުޅާކުރެވެން ހުރި ފުރުޞަތުތައް ދިރާސާކުރުން.
- ކުރިއަރަމުން އަންނަ ޓެކްނޯލޮޖީތަކާއި (އިމަރޖިންގ ޓެކްނޮލޮޖީސް) ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދައުލަތުގެ މުވައްޒަފުންނާއި ރައްޔިތުން ހޭލުންތެރިކުރުމުވުގެ ޕުރޮގުރާމުތައް ހިންގުން.
- ދައުލަތުގެ އިދާރާތަކަށާއި އަމިއްލަ ފަރާތްތަކަށް އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ލަފައާއި މަޝްވަރާދިނުން.