މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް

މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް

Maldives Hydrographic Service

ނިސްބަތްވާ ތަން ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ތަފްޞީލު

އެޑްރެސްބަންޑާރަކޮށި, އަމީރު އަޙްމަދު މަގު, ހެންވޭރު, މާލެ, ކާފު އަތޮޅު
ފޯނު3322601
ޕޯސްޓް ކޯޑު20126

ވެރިން

  • ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް

    ހެޑް އޮފް މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް

މަސްއޫލިއްޔަތު

  1. ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، އެއާގުޅޭ މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
  2. މެރިން ސްޕޭޝަލް ޑޭޓާ އިންފްރާސްޓްރަކްޗަރ (އެމް.އެސް.ޑީ.އައި.) ގާއިމުކޮށް ބެލެހެއްޓުން.
  3. ސަރުކާރުގެ އިދާރާތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސަރވޭތަކުގެ މައުލޫމާތު ހޯދައި، އެ މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
  4. ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މައުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.
  5. ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް އާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިޢުކޮށް އަދާހަމަކުރުން.
  6. ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ފަދަ މައުލޫމާތު އާންމުކުރުން.
  7. ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކާއި ޖަމުޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި، ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  8. ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދުމަށް މަސައްކަތްކުރުން.
  9. ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  10. އިޑްރޯގްރަފީއާ ގުޅުންހުރި ކަންތައްތަކުގައި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން.

ރަސްމީ މަސްއޫލިއްޔަތު ކިޔާ (PDF)