
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ
Maldives National Skills Development Authority
ނިސްބަތްވާ ތަން ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ
ތަފްޞީލު
އެޑްރެސްޢުމަރު ޒާހިރު އޮފީސް އިމާރާތް, އޯކިޑުމާ ހިނގުން, ހުޅުމާލެ, މާލެ, ކާފު އަތޮޅު
ފޯނު3026600
އީމެއިލްinfo@mnsda.gov.mv
ވެބްސައިޓްmnsda.gov.mv
ޕޯސްޓް ކޯޑު23000
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން
ޑޮކްޓަރ ޒަހުރާ މުޙައްމަދު
ޗީފް އެގްޒެކެޓިވް އޮފިސަރ
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (16)
ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 52ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މި ވަނީއެވެ.
- ވަޒީފާތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތައް ކަނޑައަޅައި، އެ ފަދަ ތަމްރީނު ޕުރޮގުރާމުތަކުގެ ސިޔާސަތުތައް އެކަށައެޅުން.
- އެޕްރެންޓިސްޝިޕް ނިޒާމު ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމާއި، އެޕްރެންޓިސްޝިޕް ޕުރޮގުރާމުތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ މައުލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޕުރޮގުރާމުތަކުގައި ތަމްރީނުދޭ ފަރާތްތަކާއި، އެޕްރެންޓިސްޝިޕް ޕުރޮގުރާމު ހިންގުމުގައި ބައިވެރިވާ ވަޒީފާ ދޭ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން.
- އެމްޕްލޯޔަރ ބޭސްޑް ޓްރެއިނިންގ ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމާއި، އެ ޕުރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ މައުލޫމާތު އެއްކޮށް، ރައްކާކުރުމާއި، އެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ރަސްމީ ނިޒާމެއްގެ ތެރެއިން ދެވޭ ސަނަދެއް ނެތި އެއް ބާވަތެއްގެ މަސައްކަތުގައި ދެމިތިބޭ މުވައްޒަފުންނަށް މަތީ ހަރުފަތަކަށް ވާސިލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމުގެ ތެރެއިން ރިކޮގްނިޝަން އޮފް ޕްރަޔަރ ލަރނިންގ ނިޒާމެއް ގާއިމުކޮށް އެ ނިޒާމު ތަންފީޒުކުރުން.
- މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް ބޭނުންވާނެ ކޮމްޕިޓެންސީ ސްޓޭންޑަރޑްތައް އެކުލަވައިލުމާއި، ޓްރެއިނިންގ މެޓީރިއަލް އުފެއްދުމާއި، އެ ތަކެތި މުރާޖާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގައި ބަޔާންކުރާ މިންގަނޑާއި ދަރިވަރުން ހާސިލުކުރަންޖެހޭ ފެންވަރު ވަޒަންކުރާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން، ހުނަރު ހާސިލުވެފައިވާ މިންވަރު ދެނެގަތުމުގެ އިމްތިޙާނުތައް ކުރިއަށްގެންދިއުން.
- ދިވެހިރާއްޖޭގެ ސަރަޙައްދުތަކާއި ރަށްރަށުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި، ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކުރުމަށް ޓަކައި އެ ފަންނުތައް ފާހަގަކޮށް، އެ ދާއިރާތަކުން މީހުން ތަމްރީނުކުރަންޖެހޭ މިންވަރާއި ފެންވަރު ކަނޑައެޅުން.
- މަސައްކަތުގެ ތަޢުލީމާއި ތަމްރީނުދޭ ފަރާތްތަކާއި އިމްތިޙާނުދޭ ފަރާތްތަކުގެ ދަފުތަރު އެކުލަވައިލުމާއި ބެލެހެއްޓުމުގެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރުން.
- ފަންނީ މާހިރުންގެ ޕެނަލްތައް އެކުލަވައިލުމާއި، އެ ޕެނަލްތަކުގެ ފަންނީ އެހީގައި ކޮންޕިޓެންސީ ސްޓޭންޑަރޑްތައް ތައްޔާރުކޮށް ސެކްޓަރ ކައުންސިލްތަކަށް ހުށަހަޅައި ފާސްކުރުން.
- މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރޭގައި ހިންގާ ތަމްރީނުތަކާއި ޕުރޮގުރާމުތަކާގުޅޭ ގޮތުން އެކި ފަރާތްތަކަށް ފަންނީ ލަފާދިނުން.
- ވަޒީފާދޭ ފަރާތްތަކާއި، ދަރިވަރުންނާއި، ސަރުކާރާއި ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމެއް ގާއިމުކުރުން.
- މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ޕުރޮގުރާމުތަކާ ބެހޭ މައުލޫމާތު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދީ، ތަމްރީނުދޭނެ ފަރާތްތަކާއި، ތަމްރީނު ލިބިގަންނަ ފަރާތްތައް ހޯދުމަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުން.
- ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމު ފަރުމާކޮށް އެ ނިޒާމުގެ ފެންވަރު ހިފެހެއްޓުން.
- މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.