މޯލްޑިވިއަން ބްލަޑް ސަރވިސަސް

ތަފްޞީލު

އެޑްރެސްއޮރެންޖް ހިޔާ, ގުލްޒާރުމާ ހިނގުން, ހުޅުމާލެ, މާލެ, ކާފު އަތޮޅު
ފޯނު3350155
ހޮޓްލައިން7333645
އީމެއިލްmbs@health.gov.mv
ޕޯސްޓް ކޯޑު23000

ވެރިން

  • އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް (ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި)

    ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ

ސޯޝަލް މީޑިއާ

މަސްއޫލިއްޔަތު

މޯލްޑިވިއަން ބްލަޑް ސަރވިސަސްއަކީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިފައިވާ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑުން ބަލަހައްޓަމުންދާ އިދާރާއެކެވެ. އެ އިދާރާގެ މަސައްކަތްތައް ތިރީގައި މި ވަނީއެވެ.

  1. ސެންޓްރަލް ބްލަޑް ބޭންކާއި ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގައި ބަޔާންކުރާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ ހިންގައި ބެލެހެއްޓުމާއި، އެ ތަންތަނުގެ އިދާރީ، ޓެކްނިކަލް އަދި ކްލިނިކަލް ކަންތައްތައް ރާވައި ހިންގުން.
  2. ރާއްޖޭގައި ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް، މި ނިޒާމުގެ ދަށުން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
  3. ރާއްޖޭގައި ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ފޯރުކޮށްދިނުމަށް ޓަކައި ކުރަންޖެހޭ ތަޙުލީލުތައް ކުރުން.
  4. ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމަށް ޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕުރޮގުރާމުތައް ހިންގުން.
  5. ލޭ އެޅުމުގައި ދިމާވެދާނެ ނުރައްކާތައް ހޯދައި، އެ ކަންކަން ހައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  6. ރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ތަފާސްހިސާބު ބެލެހެއްޓުމާއި، އެ ކަންކަމާގުޅޭ ދިރާސާ ރިޕޯޓްތައް އެކުލަވައިލައި އާންމުކުރުން.
  7. ރާއްޖޭގައި ގާއިމުކޮށްފައިވާ ޔުނިވަރސިޓީތަކާއި، ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކާގުޅޭ ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުގެ ނަތީޖާތައް އާންމުކުރުން.
  8. ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 16ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ތެލަސީމިއާ ފަންޑު ހިންގައި ބެލެހެއްޓުން.
  9. ލޭ ހަދިޔާކުރުމާ ބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް، ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕުރޮގުރާމުތައް ރާވައި ހިންގުން.
  10. ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ގޮތުންނާއި، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސްއާގުޅޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ތެލަސީމިއާ ޕޭޝަންޓުންގެ އެންމެހައި ކަންތައްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އިންތިޒާމުކޮށް ބެލެހެއްޓުން.

ރަސްމީ މަސްއޫލިއްޔަތު ކިޔާ (PDF)