
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ
Ministry of Finance and Public Enterprises
ތަފްޞީލު
ވެރިން

ޙަސަން ޒަރީރު
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
އަޙްމަދު ސިރާޖް
ޕަރމަނަންޓް ސެކްރެޓަރީ
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (99)
- ދައުލަތުގެ ބަޖެޓާއި، އާމްދަނީއާއި، ޚަރަދާއި ދަރަންޏާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުން.
- ދައުލަތުގެ މެދުރާސްތާގެ ފިސްކަލް ޕޮލިސީ ތަންފީޒުކުރުމަށް ޓަކައި ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) ތަންފީޒުކުރުމާއި، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ތަންފީޒުކުރުން.
- ޤާނޫނު ނަންބަރު 2021/16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު)ގެ ދަށުން ކަނޑައަޅާ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ސިޔާސަތުތައް ތަންފީޒުކުރުން.
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްޤީކުރުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތު ކަނޑައަޅައި ހިންގުން.
- ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތަށް ހިނގާނެކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީ، އަދި ވޭތުވެދިޔަ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތަށް ލިބުނު އާމްދަނީ ހިމެނޭ ގޮތަށް ބަޖެޓު އެކުލަވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
- ދައުލަތުގެ އާމްދަނީއާއި ޚަރަދުތައް މެދުރާސްތާއަށް ބިނާކޮށް ދެމެހެއްޓެނިވިގޮތެއްގެ މަތިން ރާވައި ބެލެހެއްޓުން.
- ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމަށް ދައުލަތުގެ އޮފީސްތަކަށް ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުމާއި، އެ އޮފީސްތަކާ ގުޅިގެން ދައުލަތުގެ ބަޖެޓު އެކުލަވައިލުން.
- ދައުލަތުގެ އާމްދަނީގެ ސިޔާސަތު އެކުލަވައިލުމާއި ދިރާސާކުރުމާއި، ޓެކްސް އާމްދަނީގެ ބިންގާ ފުޅާކުރުމަށް ބޭނުންވާ ލަފައާއި މަޝްވަރާ ކަމާ ބެހޭ ފަރާތްތަކަށް ދިނުން.
- ދައުލަތުގެ އާމްދަނީގެ ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް ބަލައި ދިރާސާކޮށް، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުން.
- ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ދެފުށް ފެންނަ ހާމަކަންބޮޑު ގޮތެއްގައި ކުރުން.
- ދައުލަތުން ސޮއިކުރާ ބައިނަލްއަގުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން، ދައުލަތުގެ އާމްދަނީއަށް އަސަރުކުރާނެކަމަށް ބެލެވޭ މުޢާހަދާތަކާއި އެއްބަސްވުންތަކާއި، ދިވެހިރާއްޖޭގެ އިގުތިސާދާއި މާލީ ކަންތައްތަކާ ގުޅުންހުރި މުޢާހަދާތަކާއި އެއްބަސްވުންތަކާގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކަށް ފަންނީ ލަފާދިނުން.
- ބޭރުގެ ޤައުމުތަކުން ދޭ ލޯނާއި ކްރެޑިޓާއި ހިލޭ އެހީގެ ފައިސާއާގުޅޭ އެއްބަސްވުންތަކާ ބެހޭ މަޝްވަރާތައްކުރުމާއި، އެ ފަދަ އެއްބަސްވުންތައް އެކުލަވައިލުން.
- ސަރުކާރުގެ ފަރާތުން އެކުލަވައިލަންޖެހޭ ޓެކްސްގެ ނިޒާމާގުޅުންހުރި މުޢާހަދާތަކާއި އެއްބަސްވުންތަކާއި، މާލީ ކަންތައްތަކާ ގުޅުންހުރި މުޢާހަދާތަކާއި އެއްބަސްވުންތައް އެކުލަވައިލުން.
- ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ދައުލަތަށް ހޯދާ އެންމެހައި ދަރަނީގެ މިންގަނޑުތައް ކަނޑައަޅައި، ދަރަނި ހޯދާނެ އުސޫލާތަކާއި ސްޓްރެޓަޖީތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މި ކަންތައްތައް ތަންފީޒުކުރުން.
- ބޭރު ޤައުމުތަކުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދޭ ލޯނާއި، ހިލޭ އެހީގެ ފައިސާ ޚަރަދު ކުރަނީ މި ފައިސާ ޚަރަދުކުރުމާ ބެހޭގޮތުން އެ އެހީތައް ދޭ ފަރާތްތަކުން އެކުލަވައިލައިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން.
- ދައުލަތުގެ މުއައްސަސާތަކުން ދައުލަތުގެ ނަމުގައި ބޭރު ޤައުމުތަކުންނާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނަގާ ލޯނުތަކާއި ހިލޭ އެހީގެ ހިސާބު ބެލެހެއްޓުން.
- ސަރުކާރުން އެކި ފަރާތްތަކަށް ދޫކުރުމަށް ކަނޑައަޅާ ލޯނުތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ދޫކުރުމާއި، އެ ލޯނުތަކާ ބެހޭ ހިސާބުތައް ބެލެހެއްޓުން.
- ދައުލަތުން ހޯދާ އެންމެހައި ދަރަނިތައް ދިރާސާކޮށް، ލޯނު އަދާކުރުމުގެ ބުރަ އިތުރުވާ މިންވަރާއި އެ ކަމުން ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރު ދިރާސާކުރުން.
- ޕަބްލިކް ސެކްޓަރއާއި ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސޮވެރިން ގެރެންޓީއަށް އެދި ހުށަހަޅާ މަޝްރޫޢުތަކުގެ ޑިއު ޑިލިޖެންސް ހެދުމާއި ސޮވެރިން ގެރެންޓީ ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި އެ ކަމާ ބެހޭ ހިސާބުތައް ބެލެހެއްޓުން.
- ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އެކްސްޓަރނަލް ރިސޯސަސް މޮބިލައިޒޭޝަނާ ބެހޭ ސްޓްރެޓަޖީތައް ކަނޑައަޅައި ތަންފީޒުކުރުން.
- ދޭދޭ ޤައުމުތަކުންނާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެހީ ދިނުމުގައި ގެންގުޅޭ ސިޔާސަތުތަކާއި ހިންގާ ހަރަކާތްތައް ބަލައި ދިރާސާކޮށް، އެ ފަދަ ފަރާތްތަކުން ރާއްޖޭގެ ތަރައްޤީއަށް ލިބިދާނެ އެހީތެރިކަމަކީ ކޮބައިތޯ ބަލައި، އެ ފަދަ އެހީތައް ހޯދުން. އަދި، އެ ފަދަ އެހީގެ ފުރުޞަތުތައް ފުރިހަމައަށް ބޭނުންކުރުމަށް ޓަކައި ކަމާ ބެހޭ އިދާރާތަކަށް ބޭނުންވާ ލަފައާއި މަޝްވަރާ ދިނުން.
- ބޭރުގެ އެކިއެކި މާލީ އިދާރާތަކުން ރާއްޖޭގެ އަމިއްލަ ފަރާތްތަކަށް ލޯނު ލިބޭނެ ފުރުޞަތުތައް ހުރިތޯ ދިރާސާކުރުމާއި، އެ ފަދަ ފުރުޞަތުތައް ހޯދައިދިނުމަށް މަގުފަހިކޮށްދިނުން.
- ބައިނަލްއަގުވާމީ މާލީ އިދާރާތަކާ ގުޅުން ބަދަހިކުރުމާއި، އެ ފަދަ ގުޅުންތައް ބަދަހިކުރުމާގުޅޭ ގޮތުން ރާއްޖެއިން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ސަރުކާރުގެ އިދާރާތަކުން އެ އަހަރަކަށް ހުށަހަޅާ ތަރައްޤީގެ މަޝްރޫޢުތައް (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
- ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހިންގާ މަޝްރޫޢުތަކަށް ދެމެހެއްޓެނިވި އަދި ހަމަހަމަ ގޮތެއްގައި ދައުލަތުގެ ވަސީލަތްތައް ބެހިގެންދޭތޯ ބެލުން.
- ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކާއި މަސައްކަތްތަކާއި، ޚާއްޞަ ގޮތެއްގައި ސަރުކާރުން ހިންގާ "މެގަ" ޕްރޮޖެކްޓްތަކުގެ މާލީ ކަންކަން ހިނގާނުހިނގާ ގޮތް މޮނިޓަރކޮށް، ރިވިއުކޮށް ބެލެހެއްޓުން.
- ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަ، ދައުލަތުގެ މިލްކުގައިވާ އެންމެހައި ބިންތަކާއި ހަރުމުދަލުގެ ދަފްތަރެއް އެކުލަވައިލައި، އެ ދަފްތަރު ބެލެހެއްޓުން.
- ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަ، ދައުލަތުގެ މިލްކުގައިވާ އެންމެހައި ބިންތަކާއި ހަރުމުދަލުގެ އަގު ކަނޑައެޅުން.
- ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަ، ދައުލަތުގެ މިލްކުގައިވާ އެންމެހައި ބިންތަކާއި ހަރުމުދަލުގެ ތެރެއިން ވަކި ފަރާތަކާ ހަވާލުނުކޮށް ހުންނަ ތަކެތި ބަލަހައްޓާނެ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމު ހިންގުން.
- ދައުލަތުގެ މުދާ ގަނެވެނީ، އަދި ބެލެހެއްޓެނީ، އަދި ބޭނުންކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ޔަގީންކުރުން.
- ދައުލަތުގެ މުދަލެއް އެހެން ފަރާތަކަށް ދިނުމާއި ވިއްކުމާއި ކުއްޔަށްދިނުމާއި ދޫކުރުމާއި ރަހުނު ކުރުމާއި ނައްތާލުމުގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ޢަމަލުކުރުމާއި، އެ ޤާނޫނާއި ގަވާއިދަށް ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަމުންދޭތޯ ޔަގީންކުރުން.
- ކަނޑުން ހޮވާ ތަކެއްޗާއި ލަނގުވާ ތަކެއްޗާއި، ބިން ކޮންނަނިކޮށް ނެގޭ ތަކެއްޗާ މެދު ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ބިމުން ހޯދާ ތެލާއި ގޭހާއި މައުދަނާއި، ޖަވާހިރު ފަދަ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ކަނޑައެޅުން.
- މީހުންގެ އަމިއްލަ ބިންތަކާއި މުދާ އާންމު ބޭނުމަށް ޓަކައި ދައުލަތަށް ކޮންމެހެން ނަގަންޖެހިއްޖެ ނަމަ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލެއް ދިނުމަށްފަހު މި ފަދަ ބިންތަކާއި މުދާ ދައުލަތަށް ނެގުން.
- ދައުލަތުގެ ޕެންޝަން ޙައްޤުވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން، ޕެންޝަން ދިނުމަށް ބޭނުންވާ ފައިސާ، ޕެންޝަން ޙައްޤުވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ ޤާނޫނުން ހަވާލުކޮށްފައިވާ މުއައްސަސާތަކަށް ފޯރުކޮށްދިނުމާއި، ޕެންޝަން ފަންޑު ދިރުވައި ދެމެހެއްޓެނިވި ގޮތެއްގައި އެ ފަންޑު ހިންގުމަށް ބޭނުންވާ ލަފައާއި މަޝްވަރާ ޕެންޝަން ފަންޑު ބަލަހައްޓާ އިދާރާއަށް ދިނުން.
- ދައުލަތުގެ ފައިސާއާއި، ދައުލަތުގެ ފައިސާއާ ބެހޭ ހިސާބާއި، އެ ހިސާބުގެ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ނިޒާމު ހިންގައި ބެލެހެއްޓުން.
- ދައުލަތުގެ ފައިސާ ބަލައިގަތުމުގައާއި ބެލެހެއްޓުމުގައާއި ފައިސާ ޚަރަދު ކުރުމުގައާއި އިންވެސްޓްކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ޢަމަލުކުރަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން.
- ދައުލަތުގެ ފައިސާއާއި ދައުލަތުގެ ފައިސާއާ ބެހޭ ހިސާބާއި، އެ ހިސާބުގެ ލިޔެކިއުންތައް ބެލެހެއްޓުމުގައި ދައުލަތުގެ އިދާރާތަކަށް ދޭންޖެހޭ އިރުޝާދާއި ލަފާ ދިނުން.
- ދައުލަތުގެ ހިސާބުތައް ތައްޔާރުކޮށް، ކޮންމެ އަހަރެއް ނިމުމުގެ ކުރިން، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށާއި ކަމާ ބެހޭ އިދާރާތަކަށް ފޮނުވުން.
- ދައުލަތުގެ ޕްރޮކިއުމަންޓާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމާއި، ޕްރޮކިއުމަންޓްގެ ކަންތައްތައް ހިންގާނެ ގަވާއިދުތަކާއި އުސޫލުތަކާއި ގައިޑްލައިންތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކާ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ ކަންތައްތައް ހިނގާތޯ ބެލުން.
- ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމާއި، މަރާމާތުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއް ގާއިމުކުރުން.
- ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާ އަންދާސީ ހިސާބުތައް ދިރާސާކޮށް، އެ ހުށަހެޅުންތައް ވަޒަންކުރެވޭނެ ދެފުށް ފެންނަ، ހާމަކަންބޮޑު ނިޒާމެއް ގާއިމުކޮށް ހިންގުން.
- ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި ޚިދުމަތާއި، އޮފީސްތަކުން ކުރާ އިމާރާތާއި މަރާމާތުގެ މަސައްކަތްތަކުގެ ތެރެއިން، ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅާ ކަންތައްތަކާގުޅޭ ގޮތުން އެ ބޯޑުން ނިންމާ ނިންމުންތަކާ ބެހޭ މައުލޫމާތު، ކަމާ ބެހޭ އޮފީސްތަކަށް އެންގުމާއި މި ކަންކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމު ހަރުދަނާކުރުމަށް ޓަކައި އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އިލެކްޓްރޯނިކް ޕްރޮކިއުމެންޓް (އީ-ޕްރޮކިއުމެންޓް)ގެ ނިޒާމެއް ގާއިމުކޮށް ހިންގުން.
- ދައުލަތުގެ އޮފީސްތަކަށް ހޯދާ މުދަލާއި ޚިދުމަތާއި، އަދި އޮފީސްތަކުން ކުރާ އިމާރާތާއި މަރާމާތުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ބެލެހެއްޓުމާއި، އެ މައުލޫމާތު ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ފޯރުކޮށްދިނުން.
- ދައުލަތުގެ ޕްރޮކިއުމަންޓާ ބެހޭ ކަންތައްތައް ހަރުދަނާކުރުމާ ބެހޭ ގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ލަފައާއި މަޝްވަރާ ދިނުން.
- ސަރުކާރުގެ މިލްކުގައިވާ ދައުލަތުގެ ވިޔަފާރި ތަންތަނާއި، އެ ތަންތަނުގެ މިލްކުގައިވާ އެއްޗެހި ޕްރައިވަޓައިޒްކުރުމާއި، ކޯޕަރަޓައިޒްކުރުމާއި، މޮނިޓަރކުރުމާއި، އިވެލުއޭޓްކުރުމާއި ދައުލަތުގެ ވިޔަފާރި ތަންތަނުން ހިއްސާ އާންމުކޮށް ވިއްކުމާގުޅޭ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުން.
- ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުގެ އިގުތިސާދީ އަދި އިޖުތިމާއީ ސިޔާސަތުތަކާ އެއްހަމަވާނެ ގޮތަށް އެ ތަންތަނުގެ ހިންގުން ބައްޓަންކުރުމާގުޅޭ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުން.
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސައިދީ އެ ފައިސާ ކުންފުނިތަކަށް ދޫކުރުމާއި، އެ ކަންކަމާގުޅޭ އިދާރީ މަސައްކަތްތައް އިންތިޒާމުކުރުން.
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޑްގެ ސިޔާސަތުތަކާގުޅޭ ގޮތުން ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުގެ ފަރާތުން އެ ކުންފުނިތަކަށް ދޭންޖެހޭ ލަފައާއި އިރުޝާދުދިނުން.
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާދާރުންގެ އާންމު ޖަލްސާތަކަށް ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުގެ ފަރާތުން ހާޒިރުވާނެ ފަރާތްތައް ހަމަޖެއްސުމާއި، އެ ފަދަ ޖަލްސާތަކުގައި ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުގެ ފަރާތުން ނިންމުންތައް ނިންމުމާއި، އެ ނިންމުންތައް ޖަލްސާއަށް ހުށަހެޅުން.
- ސަރުކާރުގެ އެކިއެކި އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެދުގައި އުފެދޭ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި ހިއްސާދާރުގެ ހައިސިއްޔަތުން މެދުވެރިއެއްގެ ދައުރު އަދާކުރުން.
- ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިނޭންސް، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ހޯދުން.
- ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ބޭރުގެ އެހީ ބޭނުންވާ މަޝްރޫޢުތަކުގެ ޕައިޕްލައިން އެކުލަވައިލުމާއި، ބޭރުގެ އެހީގެ ފުރުޞަތުތައް ފުރިހަމައަށް ބޭނުންކުރުމަށް ޓަކައި ކަމާ ބެހޭ ދާއިރާތަކަށް ލަފަޔާއި މަޝްވަރާ ދިނުން.
- ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ދައުލަތުގެ އިދާރާތަކުން ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
- އދ.އާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުން ރާއްޖޭގައި ހިންގާނެ ތަރައްޤީގެ މަސައްކަތްތައް ކަނޑައަޅައި، ކަމާ ބެހޭ ދާއިރާތަކާ ގުޅިގެން އެ މަސައްކަތްތައް ރާވައި ހިންގުން.
- އދ.އިން ކަނޑައަޅައިފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް)އާ ބެހޭ ސަރުކާރުގެ ފޯކަލް ޕޮއިންޓުގެ ދައުރު އަދާކުރުމާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މި މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، މި ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ބަލައި، ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
- ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދިނުމާ ބެހޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދީ، އެ ކަމާ ބެހޭ މައުލޫމާތު ބެލެހެއްޓުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ދަށުންނެވެ.
(ހ) ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓޭރިއަޓް
(ށ) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓް
(ނ) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
(ރ) މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ
(ހ) ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓޭރިއަޓުގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު)ގެ ދަށުން އުފެދިފައިވާ ނޭޝަނަލް ޕޭ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށް އެ ކޮމިޝަނަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
(ށ) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓުގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު)ގެ ދަށުން އުފެދިފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެ ބޯޑަށް ބޭނުންވާ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
(ނ) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސައްކަތްތައް
ޤާނޫނު ނަންބަރު 2021/16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު)ގެ 4ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
- ދިވެހިރާއްޖޭގައި ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި ބޭނުންކުރުމުގައި އެއްހަމަ މިންގަނޑުތަކެއް ބޭނުންކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޢަމަލުކުރާނެ މިންގަނޑުތަކެއް އެކުލަވައިލުން.
- ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ތަފާސްހިސާބު ބޭނުންކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ފެންވަރު ހިފެހެއްޓުން.
- ރަސްމީ ތަފާސްހިސާބަކީ ދީމިޤްރާޠީ މުޖުތަމަޢެއް ތަރައްޤީކުރުމުގައި ލާޒިމު ވަސީލަތެއްކަމުގައި ބަލައި، ދިވެހިރާއްޖޭގެ އިގުތިސާދީ، އިޖުތިމާއީ އަދި ތިމާވެށްޓާއި، އާބާދީއާ ބެހޭ ތަފާސްހިސާބުގެ އަލީގައި ޤައުމުގެ ހާލަތު ވަޒަންކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ތަފާސްހިސާބު އެކުލަވައިލައި، ފަސޭހައިން ބޭނުންހިފޭނެ ފަދަ ގޮތެއްގައި، ވަކިފަރާތަކަށް ނުޖެހި، އެއްހަމައެއްގައި އެ މައުލޫމާތު އާންމުކޮށް ފޯރުކޮށްދިނުން.
- ތަފާސްހިސާބުގެ ޤައުމީ ނިޒާމުން ފޯރުކޮށްދޭ ތަފާސްހިސާބަކީ އިތުބާރުހުރި ތަފާސްހިސާބަށް ހެދުމަށް ޓަކައި، ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުގައި ތަފާސްހިސާބު އެއްކޮށް، ރައްކާކޮށް، އަދި އާންމުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބައިނަލްއަގުވާމީ ފެންވަރުގައި ޤަބޫލުކުރެވޭ ހަމަތަކާ އެއްގޮތަށް އެކުލަވައިލުން.
- ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި، ދިވެހިރާއްޖޭގެ ތަރައްޤީ ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާ ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ޤައުމީ ފެންވަރުގައި ބޭނުންވާ މުހިންމު ސަރވޭތައް ކުރުމާއި، ތަފާސްހިސާބު އެކުލަވައިލުމުގައި ބޭނުންކުރާނެ ކްލެސިފިކޭޝަން ނުވަތަ ކޯޑިންގ ސިސްޓަމްތައް އެކުލަވައިލުން.
- ފަޤީރުކަމާއި ދިރިއުޅުމުގެ ހާލަތުގެ ނާޒުކުކަމާ ބެހޭ ތަފާސްހިސާބު އެއްކޮށް، އަދި ބެލެހެއްޓުން.
- ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްޤީގެ ދުވެލި ވަޒަންކުރުމަށް ބޭނުންވާ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑާއި، ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި.) ފަދަ މުހިންމު އިގުތިސާދީ ތަފާސްހިސާބު އެއްކޮށް، އެކުލަވައިލައި އާންމުކުރުން.
- ސަރުކާރާއި ދައުލަތުގެ އެކި އިދާރާތަކުން ރަސްމީ ތަފާސްހިސާބު އަދި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވައިލުމަށް ކުރެވޭ ސަރވޭތައް ރަޖިސްޓަރީކޮށް، އެ ރަޖިސްޓަރީ ބެލެހެއްޓުން.
- ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓަކައި، ދިވެހިރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާޢީ ސިޔާސަތުތައް ކަނޑައެޅުމަށާއި އެ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ ރަސްމީ ތަފާސްހިސާބާއި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް، ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އެއްކޮށް، ބަލަހައްޓައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ދިވެހިރާއްޖޭގެ ލޭބަރ މާކެޓާ ބެހޭ ސަރވޭތައްކުރުމާއި، ލޭބަރ މާކެޓާ ބެހޭ ތަފާސްހިސާބު އެއްކޮށް، އެކުލަވައިލައި، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު އާންމުކުރުން.
- ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤައުމީ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި ހިއްސާވެ އެހީތެރިވުމުގެ ގޮތުން، ދޭދޭ ޤައުމުތަކުގެ މެދުގައާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު ތަފާސްހިސާބުގެ ރޮނގުން ގުޅުން ގާއިމުކުރުން.
- ޤައުމީ ފެންވަރުގައި ކޮންމެހެން ބޭނުންވާ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެ ކަމަކާ ގުޅުންހުރި އިދާރާއެއް މެދުވެރިކޮށް އެއްކޮށް، އަދި ބެލެހެއްޓުމުގެ ކަންކަން ވިލަރެސްކުރުން.
- ޤައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތައް އެކުލަވައިލައި، އަދި ތަންފީޒުކުރުން.
- ޤައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތަކަށް ބިނާކޮށް ޤައުމީ ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމް ތައްޔާރުކުރުމާއި، ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އުފައްދަންޖެހޭ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ކަނޑައަޅައި، ޑިސެމިނޭޝަން ޕޮލިސީއާއި އެޑްވާންސް ރިލީޒް ކަލަންޑަރާ އެއްގޮތަށް އާންމުކުރުން.
- ދިވެހިރާއްޖޭގެ ތަފާސްހިސާބާ ބެހޭ މައުލޫމާތު ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން.
- ތަފާސްހިސާބުގެ ޤައުމީ ނިޒާމު ތަރައްޤީކުރުމަށް ޓަކައި ތަފާސްހިސާބުގެ ދާއިރާއިން މީހުން ބިނާކުރުން.
- ރަސްމީ ތަފާސްހިސާބު ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުން.
- ރަނގަޅުނޫން ގޮތުގައި، ނުވަތަ މާނަ އޮޅޭގޮތަށް ތަފާސްހިސާބު ބޭނުންކުރާ ނަމަ އެ ކަންކަން އިޞްލާޙުކުރާނެގޮތުގެ ލަފާދިނުން.
- ތަފާސްހިސާބާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުން.
- ތަފާސްހިސާބު އެއްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމާއި އާންމުކުރުމާގުޅޭ ގަވާއިދުތައް ހަދައި ހިންގުން.
- ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށް ޓަކައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ބަލަހައްޓާ ރަސްމީ ތަފާސްހިސާބު އެއްކޮށް، އަދި އެކުލަވައިލުމަށް އެއްވެސް އިދާރާއަކުން ނުކުޅެދޭ ފަދަ ހާލަތްތަކުގައި، ބިއުރޯގެ ފަރާތުން އެ ކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ޤާނޫނު ނަންބަރު 2021/16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ބިއުރޯގެ މަގުސަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
(ރ) މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ މަސައްކަތްތައް
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއާ ގުޅިފައިވާ، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ. މި އޮތޯރިޓީގެ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
- ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު)ގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުން.
- ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ދުނިޔޭގެ މާލީ ބާޒާރުތަކަށް އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތައް ދެނެގަތުމާއި، އެ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.
- ދިވެހިރާއްޖޭގެ މާލީ ބާޒާރުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ކުރިއަރުވައި، އެ ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް، ޤާނޫނުތަކާއި އިދާރީ އަދި ރެގިއުލޭޓަރީ އޮނިގަނޑުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާގުޅޭ ގޮތުން ދިރާސާ ކުރުން.