
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
Ministry of Tourism and Civil Aviation
ތަފްޞީލު
އެޑްރެސްވެލާނާގެ, އަމީރު އަޙްމަދު މަގު, ހެންވޭރު, މާލެ, ކާފު އަތޮޅު
ފޯނު3022200
ހޮޓްލައިން7223131, 9423131
އީމެއިލްinfo@tourism.gov.mv
ވެބްސައިޓްtourism.gov.mv
ޕޯސްޓް ކޯޑު20096
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން

މުޙައްމަދު އަމީން
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
މުންޢިމް އަނީސް
ޕަރމަނަންޓް ސެކްރެޓަރީ
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (39)
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތުތައް ތަންފީޒުކުރުން.
- ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނު) ތަންފީޒުކުރުމަށް މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.
- ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ހޯދައި، އިންވެސްޓްކުރާ ފަރާތްތަކުން ޝައުގުވެރިވާ ގޮތެއްގެ މަތިން ފަތުރުވެރިކަމުގެ ދާއިރާ ބައްޓަންކުރުން.
- ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި "ޕޮޒިޝަން"ކުރުމާއި "ބްރޭންޑް"ކުރުމަށް ކުރަންޖެހޭ ކަންކަމުގެ އުސޫލުތައް ކަނޑައެޅުން.
- ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ރާވައި ހިންގުން.
- ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި ގެންގުޅެންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި، މިންގަނޑުތައް ކަނޑައެޅުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހުއްދަ ދޫކުރަންޖެހޭ ތަންތަން ރަޖިސްޓަރީކޮށް، ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓަރީކުރާ ތަންތަން ހިންގަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމާއި، އެ ތަންތަނުގެ ދަފުތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފުތަރު ބަލަހައްޓަމުން ގެންދިޔުން.
- ފަތުރުވެރިކަން ތަރައްޤީކުރުމަށް ބިންބިމާއި، ރަށްރަށާއި، ތަންތަން ކުއްޔަށް ދޫކުރާނޭ އުސޫލުތައް ކަނޑައަޅައި، އެ ތަންތަނުގެ ދަފުތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފުތަރު ބަލަހައްޓަމުން ގެންދިޔުން.
- ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ދަފުތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފުތަރު ބަލަހައްޓަމުން ގެންދިޔުން.
- ފަތުރުވެރިކަމުގެ ސިނާއަތަށް މެދުވެރިވެދާނެ ހާދިސާތަކުން ރައްކާތެރިވުމާއި، އެ ފަދަ ހާދިސާއެއް މެދުވެރިވެއްޖެ ހިނދެއްގައި އިންސާނުންގެ ފުރާނަ ސަލާމަތްކުރުމާއި، އެ ފަދަ ހާދިސާއަކުން ލިބިދާނެ މާއްދީ ގެއްލުންތައް ކުޑަކުރުމަށް ޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި، ގައިޑްލައިންތައް ހަދައި ހިންގުން.
- ރާއްޖޭގައި ޑޮމެސްޓިކް ޓޫރިޒަމް ތަރައްޤީކުރުމަށް ކުރަންޖެހޭ ދިރާސާތައްކޮށް، އެކުލަވައިލަންޖެހޭ ޕްލޭންތައް އެކުލަވައިލައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ ޕްލޭންތައް ތަންފީޒުކުރުން.
- މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ.) އަދި މޯލްޑިވްސް އިންޓިގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ.)ގެ މަސައްކަތްތައް ކުރެވެމުންދަނީ، ޓޫރިޒަމްގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުތަކުގެ އަމާޒުތައް ހާސިލުވަމުންދާ ގޮތުގެމަތިންތޯ ބަލައި މޮނިޓަރކުރަމުން ގެންދިޔުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނެވިގޮތަށް ތަރައްޤީކޮށް ފުޅާކުރުމަށް ޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް ރިޕޯޓުތައް އެކުލަވައިލައި، އެ ދިރާސާތަކުގެ އަލީގައި ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ޤައުމީ ތަސައްވުރު އެކުލަވައިލައި، އެ ކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ވިލަރެސްކުރުން.
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތު ތަރައްޤީކޮށް ކުރިއެރުވުމާގުޅޭ ސިޔާސަތު ކަނޑައެޅުން.
- ރާއްޖޭގެ ސަރަހައްދީ ވައިގެބަނދަރުތައް ތަރައްޤީކުރުމާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމާއި، ސަރަހައްދީ ވައިގެބަނދަރުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމުގެ ސިޔާސަތުތައް ކަނޑައެޅުން.
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސިޔާސަތުތައް ތަންފީޒުކުރަމުންދާ ގޮތް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މޮނިޓަރކުރުން.
- ރާއްޖޭގައި އެއަރޕޯޓްތައް ހިންގުމުގެ މިންގަނޑުތައް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކަނޑައަޅައި، އެއަރޕޯޓްތައް ހިންގަމުންގެންދަނީ އެ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން.
- ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓްތައް އެއްބަސްވުމާ އެއްގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރުން.
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދިވެހީންނަށް ހުރި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްކުރުން.
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން.
- ރާއްޖޭގެ ސަރަހައްދުގައި ވައިގެމަގުން ހިންގާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިވުމާއި، އެ ކަންކަން ވިލަރެސްކުރުން.
- އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.)ގެ މަސައްކަތްތައް ކުރެވެމުންދަނީ، ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުތަކުގެ އަމާޒުތައް ހާސިލުވަމުންދާ ގޮތުގެމަތިންތޯ ބަލައި މޮނިޓަރކުރަމުން ގެންދިޔުން.
- މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ބޭނުންވާ ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި، އާންމުކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެ ފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެ ފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެ ފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
- މިނިސްޓްރީގެ މަސައްކަތު ދާއިރާއާގުޅޭ ކަންތައްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާ ޖަމާޢަތް ބައިވެރިކުރުވުމާއި، އެ ފަރާތްތަކުގެ ދައުރު ފުޅާކުރުން.
- މިނިސްޓްރީގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ހިނގަމުންދާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުންނެވެ.
(ހ) މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ މަސައްކަތްތައް
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމާއި، އެ ފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުން.
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ތަޙުޤީޤުތަކުން ހޯދޭ ހޯދުންތަކަށް ބިނާކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގަވާއިދުތައް ހަރުދަނާކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ސަލާމަތީ މައްސަލަތަކާއި ޓްރެންޑްތައް ދެނެގަތުމަށް ދިރާސާތަކާއި ތަޙުލީލުތައްކުރުން.
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކާ ގުޅިގެން ބާއްވަންޖެހޭ އާންމު އަޑުއެހުންތައް އިންތިޒާމުކުރުން.
- ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ތަޙުޤީޤުތަކާ ގުޅިގެން އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރުމާއި، ރިޕޯޓުތައް ޝާއިއުކުރުން.