
ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ
National Cyber Security Agency
ނިސްބަތްވާ ތަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ތަފްޞީލު
އެޑްރެސްމޯލްޑިވްސް ޑިޖިޓަލް ސަރވިސް, ކަލާފާނު ހިނގުން, ހެންވޭރު, މާލެ, ކާފު އަތޮޅު
ވެބްސައިޓްhub.ncsa.gov.mv
ޕޯސްޓް ކޯޑު20064
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން
ޑޮކްޓަރ އަޙްމަދު ނައުފަލް ޢަބްދުލްހާދީ
ޗީފް އެގްޒެކެޓިވް އޮފިސަރ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (16)
- ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން.
- ސައިބަރ ވެށީގައި ހިނގަމުންދާ ކަންކަން ދިރާސާކޮށް، ދައުލަތަށް ނުރައްކާވެދާނެ ސައިބަރ ހަމަލާތައް ދުރާލައި ދެނެގަނެ، މި ފަދަ ހަމަލާތަކާ ބެހޭ މައުލޫމާތު ދައުލަތުގެ ސަލާމަތީ މުއައްސަސާތަކާ ހިއްސާކުރުމާއި، މި ފަދަ ހަމަލާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
- ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ސެކިއުރިޓީ ހަމަލާތަކާއި ހާދިސާތަކުގައި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މި ފަދަ ހަމަލާތަކުގެ ސަބަބުން އިތުރު ގެއްލުންތައް ވިޔަނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އިދާރާތަކުގެ މުހިންމު މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ އިދާރާތަކަށް ފޯރުކޮށްދިނުމާއި، އެ އިދާރާތަކަށް ބޭނުންވާ ސެކިއުރިޓީ ޓޫލްސް އަދި އާލާތްތައް ވަގުތީ ގޮތުން ފޯރުކޮށްދިނުން.
- ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ހަމަލާތައް ދީފައިވާގޮތްތައް ދެނެގަތުމަށް ތަޙުޤީޤުކުރުމާއި، އެ ހަމަލާތަކުން ލިބޭ ގެއްލުންތައް ވަޒަންކުރުން.
- ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ހަމަލާތައް ހިންގާފައިވާގޮތް ދެނެގަތުމަށާއި އެ ހަމަލާތައް ދިން ފަރާތްތައް ދެނެގަތުމަށް ތަޙުޤީޤީ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާ ވެބްސައިޓްތަކާއި، ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް ފަރުމާކުރާ އިންފޮމޭޝަން ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި، ޑޭޓާބޭސްތައް ފަދަ އުފެއްދުންތަކުގައި ބޭނުންކުރާނެ ސެކިއުރިޓީ ސްޓޭންޑަރޑްތައް ކަނޑައަޅައި އަދާހަމަކޮށް ޝާއިޢުކުރަމުން ގެންދިޔުން.
- ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާ ވެބްސައިޓްތަކާއި، ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް ތައްޔާރުކުރާ އިންފޮމޭޝަން ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި، ޑޭޓާބޭސްތަކާއި މި ނޫން ވެސް އޮންލައިންކޮށް ޕަބްލިޝްކޮށްފައިވާ ޚިދުމަތްތައް މޮނިޓަރކުރުމާއި، އެ ޓޫލްތަކުގެ ސެކިއުރިޓީ އެސެސްމަންޓްތައް ހެދުމާއި، އެ އެސެސްމަންޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް އެންގުމާއި، އެ މައްސަލަތައް ޙައްލުކުރުމުގައި އެ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ސަރުކާރުގެ އިދާރާތަކުގެ ނެޓްވޯކް އަދި ސާރވަރ އިންފްރާސްޓްރަކްޗަރގެ ސައިބަރ ސެކިއުރިޓީއާ ބެހޭ އެސެސްމަންޓްތައް ހެދުމާއި، އެ އެސެސްމަންޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް އެންގުމާއި، އެ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ސައިބަރ ނުރައްކާ (ތްރެޓްސް)ތަކާއި ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ އިދާރާތަކުން ގެންގުޅޭ މިންގަނޑުތައް ބަލައި ދިރާސާކޮށް، އެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގައި ސައިބަރ ސެކިއުރިޓީއާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބައްޓަންކުރުން.
- ޤައުމީ ނެޓްވޯކް ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު ގާއިމުކުރުމާއި، ޤައުމީ ސައިބަރ ސެކިއުރިޓީ އިންސިޑެންޓް ރެސްޕޯންސް ޓީމު ގާއިމުކޮށް، މި ޓީމުގެ އޮޕަރޭޝަނަލް ކޭޕެބިލިޓީ މަތީފެންވަރެއްގައި ދެމެހެއްޓުން.
- ސައިބަރ ސެކިއުރިޓީއާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރު ވިލަރެސްކުރުމާއި، ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމާއި، ދިވެހިރާއްޖެ ބައިވެރިވާ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ ފަހުމުނާމާތަކާއި މުއާހަދާތަކުގައިވާ ކަންކަން ތަންފީޒުކުރުން.
- ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެކުލަވައިލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި އާންމުކުރުން.
- ސައިބަރ ނުރައްކާ (ތްރެޓްސް)ތަކުން ރައްކާތެރިވެ ތިބުމާއި ސައިބަރ ހަމަލާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ސައިބަރ ސެކިއުރިޓީއާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެންމެ ފަހުގެ ސައިބަރ ނުރައްކާ (ވަލްނަރަބިލިޓީސް)ތަކާއި އެކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރިކުރުވުން.
- ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއަށް ފަންނީ މީހުން ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.
- ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ޢިލްމީ ދިރާސާކޮށް، ދިރާސާ ކަރުދާސް ލިޔެ ޝާއިޢުކުރުން.