ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު

National Institute for Maldivian Heritage Research

ނިސްބަތްވާ ތަން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ތަފްޞީލު

އެޑްރެސްޤައުމީ ދާރުލްއާސާރު ބިނާ, ޗާނދަނީ މަގު, މައްޗަންގޮޅި, މާލެ, ކާފު އަތޮޅު
ފޯނު3036999
އީމެއިލްadmin@mach.gov.mv
ޕޯސްޓް ކޯޑު20158

ވެރިން

  • ޢަބްދުއްސަމީޢު ޙަސަން (ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި)

    މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނައިބު

މަސްއޫލިއްޔަތު

މަސްއޫލިއްޔަތު (18)
  1. ދިވެހީންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހީންގެ ޙައްޤުގައި ޚިދުމަތްކުރުމުގެ ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުން.
  2. ދިވެހިވަންތަކަމުގެ ސިފަތަކާއި ތަރިކަތައް ދެމެހެއްޓުމަށް ބޭނުންވާ ޢިލްމުތައް ހޯދައި، އެ ޢިލްމުތައް ދިވެހިރާއްޖެއާއި ދިވެހީންގެ ހާލަތަށް ދޭހަކޮށް ކުރިއެރުވުން.
  3. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާގުޅޭ ޢިލްމީ އަދި ފަންނީ ދިރާސާތައްކުރުމާއި، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު އާންމުކުރުމާއި، އެ މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.
  4. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ބެހޭ ދިރާސާތައް ކުރުމަށް ބޭނުންކުރެވިދާނެ އައު ޓެކްނޯލޮޖީތަކާއި މެތޮޑޮލޮޖީތައް ދެނެގަނެ، ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެ ކަންކަން ތަޢާރުފުކުރުން.
  5. ބޭރުގެ ބަސްބަހުން ލިޔެ އުފައްދާފައި ހުންނަ ޤައުމިއްޔަތާއި ބަހާއި އެހެނިހެން ތަރިކަތަކާގުޅޭ ޢިލްމުތައް ދިވެހިބަހަށް ގެނެސް ދިވެހީންގެ ހާލަތަށް ވެހިކުރުން.
  6. ދިވެހިރާއްޖެއާއި ދިވެހި ޤައުމިއްޔަތާ (ދިވެހިވަންތަކަމާ)ގުޅޭ ގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދާފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން.
  7. ދިވެހިރާއްޖެއާ ދިވެހީންނާގުޅޭ ގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުން.
  8. ޓެކްނޯލޮޖީގެ އެކި މަންސަތަކުގައި ދިވެހިބަހަށް އެކަށީގެންވާ ހައިސިއްޔަތު ހޯދައިދިނުމަށް ޓަކައި ދިރާސާކޮށް، އެ ދިރާސާތަކުން ހޯދޭ ހޯދުންތައް ތަންފީޒުކުރުމަށް މަސައްކަތްކުރުން.
  9. ދިވެހި ޤައުމިއްޔަތު އާލާކުރުމާގުޅޭ ޢިލްމީ ކޮންފަރެންސްތަކާއި ޢިލްމީ މަޝްވަރާތަކާއި މަހާސިންތާތަކާއި ހަރަކާތްތައް، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރާވައި އިންތިޒާމުކުރުން.
  10. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމީ ޕުރޮގުރާމުތައް ފަރުމާކޮށް ހިންގުމާއި، މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން އެ ފަދަ ޕުރޮގުރާމުތައް ހިންގުން.
  11. ސަރުކާރުގެ އިދާރާތަކާއި ތަޢުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުން، ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ޢިލްމު ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތްތަކާއި ޕުރޮގުރާމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ފަދަ ހަރަކާތްތަކާއި ޕުރޮގުރާމުތަކުގައި ބައިވެރިވުން.
  12. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމަށް އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި އިންތިޒާމުކުރުން.
  13. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ޢިލްމުގެ މާއްދާތަކާއި މުގައްރަރުތައް އުފަންކުރުމާއި އެކުލަވައިލުމުގައި ކަމާ ބެހޭ އިދާރާތަކަށް ބޭނުންވާ ޢިލްމީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  14. ދިވެހި ޤައުމިއްޔަތުގެ (ދިވެހިވަންތަކަމުގެ) ބަހާތަކުގެ ޢިލްމީ ކަންކަމުގައި ކަމާ ބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
  15. ދިވެހިރާއްޖޭގެ އިގުތިސާދު ބިނާކުރުމުގައި ދިވެހިވަންތަކަން ގެނެވޭ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމަށް ދިރާސާކޮށް، ކަމާ ބެހޭ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކުރުން.
  16. ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކާގުޅޭ މައުލޫމާތު އާންމުކުރުމާއި، މަސައްކަތްތަކާގުޅޭ އެންތޮލޮޖީތައް ކަނޑައެޅިފައިވާ މުއްދަތުތަކުން ޝާއިއުކުރަމުން ގެންދިޔުން.
  17. ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ކަންކަން އިންތިޒާމުކޮށް، އެ އިސްވަރުގެ އިދާރީ ކަންކަން ބެލެހެއްޓުން.
  18. މަރުކަޒުގެ މަސައްކަތްތަކާ ގުޅިގެން އުފައްދާ ވަރުތަކުގެ މަސައްކަތްތައް އިންތިޒާމުކޮށް، އެ ވަރުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން.

ރަސްމީ މަސްއޫލިއްޔަތު ކިޔާ (PDF)