ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް

ތަފްޞީލު

އެޑްރެސްއެދުރުހިޔާ, ފަޅުމަތީ މަގު, ގަލޮޅު, މާލެ, ކާފު އަތޮޅު
ފޯނު3041551
އީމެއިލްinfo@qad.gov.mv
ވެބްސައިޓްqad.gov.mv
ޕޯސްޓް ކޯޑު20369

ވެރިން

  • ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަން (ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި)

    މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

ސޯޝަލް މީޑިއާ

މަސްއޫލިއްޔަތު

  1. އިސްކޫލުތަކާއި ކިޔަވައިދޭ އެ ނޫން ވެސް ތަންތަން ހިންގަނީ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމަށް ޓަކައި، އެ ތަންތަން ގަވާއިދުން ބަލައި ފާސްކޮށް، ކަންކަން އިޞްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2. އިސްކޫލުތަކާއި ކިޔަވައިދޭ އެ ނޫން ވެސް ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް މުވައްޒަފުން ޢަމަލުކުރޭތޯ ނިޒާމީ ފެންވަރެއްގައި ބެލުން.
  3. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން، އިސްކޫލުތަކާއި ކިޔަވައިދޭ އެ ނޫން ވެސް ތަންތަނުން ތަޢުލީމު ފޯރުކޮށްދޭ ފެންވަރު ބަލައި މިންކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު އެކަށައަޅައި އާންމުކުރުން.
  4. ތަޢުލީމީ ދާއިރާގެ އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަދުރަސީ ތަޢުލީމީ ނިޒާމުގެ ފެންވަރު ކަށަވަރުކުރުމާ ގުޅުން ހުރި މަސައްކަތްތައް ހިނގަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.
  5. ރާއްޖޭގެ މަދުރަސީ ތަޢުލީމީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، އެ ދިރާސާތަކުގެ ހޯދުންތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

ރަސްމީ މަސްއޫލިއްޔަތު ކިޔާ (PDF)