
އިސްރަށްވެހިންގެ ނާދީ - މާލެ
Senior Citizens' Centre - Malé
ނިސްބަތްވާ ތަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
ތަފްޞީލު
އެޑްރެސްނާދީތަމައްދުން, އަމީރު އަޙްމަދު މަގު, ހެންވޭރު, މާލެ, ކާފު އަތޮޅު
ޕޯސްޓް ކޯޑު20077
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން
ޢާއިޝަތު ޢަލީ ރަޝީދު
އެސިސްޓެންޓް ޑިރެކްޓަރ
މަސްއޫލިއްޔަތު
- މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި، އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އިންތިޒާމުތައް ހަމަޖައްސައިދިނުން.
- އިސްރަށްވެހިންނަށް ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ޕުރޮގުރާމުތައް ރާވައި ހިންގުން.
- އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށާއި ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވުމަށް ހޭލުންތެރިކުރުމަށާއި، ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުން.
- އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ފޯރުކޮށްދޭ އާންމު ޚިދުމަތްތައް ހޯދުމުގައި ބޭނުންވާ އެހީތެރިކަން އިސްރަށްވެހިންނަށް ފޯރުކޮށްދިނުން.