
މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް އޮފީސް
South Maalhosmadulu Biosphere Reserve Office
ނިސްބަތްވާ ތަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
ތަފްޞީލު
އެޑްރެސްބ. އަތޮޅު އަތޮޅުގެ, ޔޫސުފް ކަލޭފާނު މަގު, އޭދަފުށި, ބާ އަތޮޅު
ފޯނު6608466
އީމެއިލްinfo@broffice.gov.mv
ވެބްސައިޓްbroffice.gov.mv/en/#
ޕޯސްޓް ކޯޑު6080
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން
އިބްރާހީމް ނަޢީމް
ޑިރެކްޓަރ ޖެނެރަލް
މަސްއޫލިއްޔަތު
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް ހިމާޔަތްކޮށް ބެލެހެއްޓުމާ ބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަމިއްލަ ވިޔަފާރިތަކާއި ކަމާގުޅޭ އެހެން ފަރާތްތައް ބައިވެރިކުރުވުން.
- މާޅޮސްމަޑުލު ދެކުނުބުރީ ކޮންޒަރވޭޝަން ފަންޑާ ގުޅިގެން ބަޔޮސްފިޔަރ ރިޒަރވް ހިމާޔަތްކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫޢުތަކާއި، ލައިވްލިހުޑް ސަޕޯޓް ޕްރޮޖެކްޓްސް އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވްއާ ބެހޭ މައުލޫމާތު އެއްކުރުމާއި، ކަމާ ބެހޭ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކުރުމާއި، މި ރިޒަރވްގައި ކުރެވެންހުރި ދިރާސާތައް ބަލައި، އެ ފަދަ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުން.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވްގެ މޮނިޓަރިންގ އަދި ރިސަރޗްގެ ކަންތައްތައް ރާވައި ހިންގުމާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވްއާގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން.