Child and Family Protection Service

Child and Family Protection Service

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް

Part of Ministry of Health, Family and Welfare

Details

LocationUmar Zahir Office Building, Orchid Maa Hin'gun, Hulhumalé, Malé, Kaafu Atoll
Phone3027576
Hotline1412
Post code23000

Leadership

  • Fazza Fuad

    Lead Child Protection Officer

Social media

Mandate

Mandate (23)

ތިރީގައި މިވަނީ ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 61ވަނަ މާއްދާގެ (ހ)އިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ކުރުމަށް އެ ޤާނޫނުގައި ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތަކެވެ.

  1. އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިންނަށާއި އެ ކުދިންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން.
  2. އެހީތެރިކަން ބޭނުންވެފައިވާ ކުޑަކުދިންގެ މަޞްލަޙަތު ހިމާޔަތްކޮށް، ކުރިއެރުވުން.
  3. ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާ ބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުން.
  4. ކުޑަކުދިންނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި މަދުވެގެން އަންނަނިވި ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުން:
  • ފެމިލީ ކޮންފަރެންސިންގގެ ޚިދުމަތް.
  • ކައުންސެލިންގ އަދި ސަޕޯޓް ސަރވިސްގެ ޚިދުމަތް.
  • ޤާނޫނީ އެހީތެރިކަން.
  • ރީހެބިލިޓޭޝަންގެ ޚިދުމަތް.
  1. މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް ފަރުވާ ދިނުމާގުޅޭ ކަންކަން، ނޭޝަނަލް ޑްރަގް އެޖެންސީއާ ގުޅިގެން ވިލަރެސްކުރުން.
  2. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންނާގުޅޭ ގޮތުން މިނިސްޓަރު ކުރަންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ޢަމަލީ ގޮތުން ކުރުން.
  3. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓަރ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުން.
  4. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނާއި ފޮސްޓަރކުރެވޭ ކުދިންނާގުޅޭ ގޮތުން އެކި ދާއިރާތަކުގެ މެދުގައި އެއްބާރުލުން ގާއިމުކުރުމާއި، އެ އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.
  5. ކުޑަކުދިންގެ ތެރެއިން އެހީތެރިކަން ބޭނުންވެފައިވާ ކުދިންގެ ބޭނުންތަކަށް އަމާޒުކޮށްގެން އެ ކުދިންނަށް ބޭނުންވާ އެހީ ނުވަތަ ޚިދުމަތްތައް ފޯރުކޮށްދިނުން.
  6. އަންނަނިވި ކަންކަމާގުޅޭ މައުލޫމާތު ދަފުތަރުކޮށް ބެލެހެއްޓުން:
  • ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ ކުދިންގެ މައުލޫމާތު.
  • ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ މައުލޫމާތު.
  • ފޮސްޓަރކުރުމަށް ކަނޑައެޅޭ ކުދިންނާއި ފޮސްޓަރކެއަރގައި ތިބޭ ކުދިންގެ މައުލޫމާތު.
  • ކުޑަކުދިން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކުގެ މައުލޫމާތު.
  • ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކުގެ މައުލޫމާތު.
  • ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ އެ ނޫން ވެސް މައުލޫމާތު.
  1. ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ގޮތުން ދިރާސާތައް ކުރުން.
  2. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޓަކައި ކުރެވޭ މަސައްކަތްތައް ރާވައި ހިންގުމަށާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުމަށް ޓަކައި ބޭނުންވާ ތަފާސްހިސާބު އެއްކުރުމާއި އާންމުކުރުން. މި ގޮތުން ކުދިންގެ އުމުރާއި، ޖިންސާއި، ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށާއި، ކުދިން ދިރިއުޅެމުންދާ ނުވަތަ ނިސްބަތްވާ ޖިއޯގްރަފިކް ސަރަހައްދުތަކާއި، އިޖުތިމާއީ އަދި އިގުތިސާދީ ހާލަތްތަކަށް ބަލައި، ޑިސްއެގްރިގޭޓަޑް ޑޭޓާ ނުވަތަ ތަފުސީލީ ތަފާސްހިސާބު އެއްކޮށް، އާންމުކުރުން.

Read the official mandate (PDF)