
Embassy of the Republic of Maldives in the Kingdom of Thailand
ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
Part of Ministry of Foreign Affairs
Details
Leadership

Fuwad Thowfeek
Ambassador of the Republic of Maldives to the Kingdom of Thailand
Social media
Mandate
Mandate (25)
- ތައިލެންޑްގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
- ތައިލެންޑަށް ޒިޔާރަތް ކުރާ ދިވެހިންނާ ތައިލެންޑްގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
- ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ދެމެހެއްޓުމަށާއި، ދިވެހި ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާރިޖީ ދާއިރާއިން ކުރަންޖެހޭކަންކަން، ތައިލެންޑް ސަރުކާރާއި، ތައިލެންޑުގެ އަމިއްލަ ފަރާތްތަކާ، މިނިސްޓްރީގެ މަޝްވަރާގެ މަތިން ކުރުން.
- މިނިސްޓްރީން އަންގާގޮތެއްގެ މަތިން، ސަރުކާރުގެ ކަމާބެހޭ ސިޔާސަތުތަކާއެއްގޮތަށް ތައިލެންޑުގައި ހުންނަ އ.ދ.ގެ އޮފީސްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
- ތައިލެންޑުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި ތައިލެންޑުގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ރާއްޖޭގެ އިންވެސްޓަރުންނަށްދީ، ރާއްޖޭގެ އިންވެސްޓަރުންނަށް ތައިލެންޑުގައި ހުރި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކުކުރެވެންހުރި މަސައްކަތްތައް ކުރުން.
- ތައިލެންޑް ސަރުކާރުގެ އިސްފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، ޚަބަރު ފަތުރާ ފަރާތްތަކާއި، ތައިލެންޑުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުންތައް ދެމެހެއްޓުން.
- ތައިލެންޑުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އެކި އެކި ކަންކަމުގައި އިސްނަގައި ބައިވެރިވެ، ތައިލެންޑުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި އެހީތެރިވުން.
- ތައިލެންޑުގައި ދިވެހި ދައުލަތް ތަމްސީލުކުރާ އެންމެ އިސްފަރާތުގެ ޙައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފްލާތަކާއި އިގުތިސާދީ/ވިޔަފާރީގެ ޙަފްލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަހަތުތައް ކުރިއެރުވުމަށް އެ ފުރުޞަތުތައް ބޭނުންކުރުން.
- ތައިލެންޑު ސަރުކާރުންނާއި ރާއްޖެބައިވެރިވާ އެކިއެކި ޖަމާޢަތްތަކުން ތައިލެންޑުގައި ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީން ދެއްވާ އިރުޝާދުގެދަށުން ރާއްޖެ ތަމްސީލުކުރުން.
- ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ތައިލެންޑުން ހޯދުމަށް އިސްނަގައިގެން މަސައްކަތް ކުރުމާއި، ދިވެހި ސަރުކާރުން ތައިލެންޑު ސަރުކާރަށް ހުށަހަޅާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ކުރުން.
- ތައިލެންޑު ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ތައިލެންޑުގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ދިވެހި ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ދިވެހި ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށް ދިނުމުގައި އެހީތެރިވެ ދިނުން.
- ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ތައިލެންޑުން ހޯދުމަށް މަސައްކަތް ކުރުން.
- ތައިލެންޑުގައި ހާލުގައި ޖެހިގެން އެހީއަށް އެދޭ ދިވެހިންގެ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
- ތައިލެންޑުގައި އުފަންވާ ދިވެހިކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިޔުމަންޓު ދޫކުރުން.
- މިނިސްޓްރީން އަންގަވައިފި ހިނދެއްގައި، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ތައިލަންޑަށް އެތެރެވިތޯ ނުވަތަ ނޫންތޯ ތައިލެންޑުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތް ކުރުން.
- ރަސްމީ ދަތުރުފުޅެއްގައި ތައިލަންޑަށް ވަޑައިގަންނަވާ، ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ޕްރޮޓްކޯލް ޚިދްމަތް ފޯރުކޮށް ދިނުން.
- ދިވެހިރާއްޖޭގެ މިނިވަންދުވަސް ތައިލެންޑުގައި ފާހަގަކުރުން.
- އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
- ތާރީޚަށްޓަކައި އަދި އެނޫންވެސް ގޮތަކުން ބޭނުންވެދާނެ ކަމަށް ފެންނަ އެމްބަސީގެ ލިޔުންތަކާއި ތަކެތި އާކައިވްކޮށް، އެތަކެތި ބެލެހެއްޓުން.
- ސަރުކާރުގެ ފަރާތްތަކުން ތައިލެންޑުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލް އަޤްވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
- ތައިލެންޑުގައި ހިނގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި އެނޫންވެސް މުހިންމު ކަމަށް އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓް ލަސްނުކޮށް މިނިސްޓްރީއަށް ފޮނުވުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ތައިލެންޑްގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
- ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ތައިލެންޑުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
- ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.