Maldives International Financial Services Authority

Maldives International Financial Services Authority

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ

Part of Ministry of Finance and Public Enterprises

Details

LocationVelaanaage, Ameeru Ahmed Magu, Henveyru, Malé, Kaafu Atoll
Post code20096

Leadership

  • Dato' Iskandar Mohamed Nuli

    Chief Executive Officer

Mandate

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއާ ގުޅިފައިވާ، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ. މި އޮތޯރިޓީގެ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

  1. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު)ގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުން.
  2. ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ދުނިޔޭގެ މާލީ ބާޒާރުތަކަށް އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތައް ދެނެގަތުމާއި، އެ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.
  4. ދިވެހިރާއްޖޭގެ މާލީ ބާޒާރުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ކުރިއަރުވައި، އެ ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް، ޤާނޫނުތަކާއި އިދާރީ އަދި ރެގިއުލޭޓަރީ އޮނިގަނޑުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާގުޅޭ ގޮތުން ދިރާސާ ކުރުން.

Read the official mandate (PDF)