Maldives Marine Research Institute

Maldives Marine Research Institute

މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް

Part of Ministry of Fisheries, Agriculture and Ocean Resources

Details

LocationWhite Wave, Moonlight Hin'gun, Henveyru, Malé, Kaafu Atoll
Phone3322242
Websitemrc.gov.mv
Post code20025

Leadership

  • Dr Amzath Ahmed

    Minister of State for Fisheries, Agriculture and Ocean Resources

Mandate

Mandate (15)
  1. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުން އިޤުތިޞާދީ ނަފާ ހޯދުމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ތަރައްޤީކުރުމުގެ ބޭނުމަށް، ރާއްޖޭގެ ކަނޑު، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ މާޙައުލުތަކާއި، އެ މާޙައުލުތަކުގައި އުޅޭ ދިރުންތަކާގުޅޭ ސައިންޓިފިކް މައުލޫމާތު އެއްކުރުމަށް ޓަކައި ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރުން.
  2. ރާއްޖޭގެ ކަނޑު، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ މާޙައުލުތަކުގައި ހިމެނޭ ޤުދުރަތީ ވަސީލަތްތަކުގެ ނަމޫނާ ނަގައި، އެއްކޮށް، ކެޓަލޮގްކޮށް، ރިފަރެންސް ކަލެކްޝަނެއްގެ ގޮތުގައި ބަލަހައްޓައި، އެ ކަންކަމާގުޅޭ މައުލޫމާތު އާންމުކުރުން.
  3. މަސްވެރިކަމާއި މެރިކަލްޗަރ ސިނާއަތާގުޅޭ ކަނޑުގެ ދިރުންތަކާއި، ކަނޑުގެ މާޙައުލުގެ ދުޅަހެޔޮކަމަށް މުހިންމު ކަނޑުގެ ދިރުންތައް، ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާކަމަށް، ނުވަތަ ނެތިހިނގައިދާނެކަމަށް ލަފާކުރެވިއްޖެ ނަމަ، އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  4. ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާކަމަށް، ނުވަތަ ނެތިހިނގައިދާނެކަމަށް ލަފާކުރެވޭ ދިރުންތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށް ޓަކައި، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުން.
  5. ދިވެހިރާއްޖޭގައި ކުރެވޭ ތަފާތު ބާވަތް ބާވަތުގެ މަސްވެރިކަން ކުރެވެނީ އެ މަސައްކަތްތަކުގައި ހިފާ ބާވަތްތަކުގެ އާބާދީއަށާއި އެ ތަކެތީގެ މާޙައުލަށް ގެއްލުންނުވާ ގޮތަކަށްކަމާއި، އެ ބާވަތްތައް ހިފެނީ، އެ ބާވަތްތަކަށް ގެއްލުންނުވާ މިންވަރަށްކަން ޔަގީންކުރުމަށް ކުރަންޖެހޭ ދިރާސާތައް ކޮށް، އެ ދިރާސާތަކުގެ އަލީގައި މަސްވެރިކަމުގެ ވުޒާރާއަށް ފަންނީ ލަފާދިނުމާއި، މަސްވެރިކަމުގެ ދާއިރާއިން އެއްކުރެވޭ ތަފާސްހިސާބަކީ ބުނެވިދިޔަ ކަންކަމަށް އެކަށޭނަ މައުލޫމާތަކަށް ހެދުމަށް ބޭނުންވާ ލަފާދިނުން.
  6. ރާއްޖޭގެ ކަނޑުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭކަން ކަށަވަރުކުރުމަށް ޓަކައި، މާހައުލީ ނިޒާމާ ގުޅުވައިގެން މި ވަސީލަތްތައް މެނޭޖްކުރުމަށް (އިކޯސިސްޓަމް ބޭސްޑް މެނޭޖްމަންޓް) ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތު ފޯރުކޮށްދިނުން.
  7. ރާއްޖޭގައި މެރިކަލްޗަރގެ ސިނާއަތެއް ގާއިމުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މެރިކަލްޗަރގެ ދާއިރާ ތަރައްޤީކުރާނެ ގޮތުގެ ފަންނީ ލަފާދިނުން.
  8. ރާއްޖޭގެ ފަރުތަކަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ފަރުތައް ބެލެހެއްޓުމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުން.
  9. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުގެ އެހެނިހެން މުއްސަނދިކަން ތަރައްޤީކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި، މިނިސްޓްރީއަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  10. މަސްވެރިކަމާއި މެރިކަލްޗަރއާއި ކަނޑުން އިގުތިސާދީ ނަފާ ހޯދުމާ ގުޅުންހުރި ސިނާއަތްތަކާގުޅޭ ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ، މި ދާއިރާއިން ސައިންސް ކުރިއަރުވައި، މިފަދަ ޖަމުޢިއްޔާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
  11. ރާއްޖޭގެ ކަނޑު، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ މާޙައުލުތަކާއި، އެ މާޙައުލުތަކުގައި އުޅޭ ދިރުންތަކާގުޅޭ ގޮތުން، އިންސްޓިޓިއުޓުން ކުރިއަށް ގެންދާ ސައިންޓިފިކް ދިރާސާތަކާއި، އެ ދިރާސާތަކަށް ކަނޑައަޅާ ޕްރޮޓޮކޯލްތަކަށް އާންމުން އަހުލުވެރިކުރުމަށް ޓަކައި، ތަމްރީނު ޕުރޮގުރާމުތައް ހިންގުން.
  12. ރާއްޖޭގެ ކަނޑު، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ މާޙައުލުތަކާއި، އެ މާޙައުލުތަކުގައި އުޅޭ ދިރުންތަކާގުޅޭ ގޮތުން، އާންމު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކަތްކުރުން.
  13. މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާތަކުން ފަންނުވެރިން ތަމްރީނުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުން.
  14. ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ކުރާ ކަނޑުގެ މާޙައުލާގުޅޭ ދިރާސާތަކުން އެއްކުރާ މައުލޫމާތާއި ޑޭޓާތައް ޖަމާކޮށް، އެ ތަކެތި ބެލެހެއްޓުން.
  15. ރާއްޖޭގެ ކަނޑު، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ މާޙައުލުތަކާއި، އެ މާޙައުލުތަކުގައި އުޅޭ ދިރުންތަކާގުޅޭ ގޮތުން ކުރާ ދިރާސާތަކުގެ މައުލޫމާތު އާންމުކުރުން.

Read the official mandate (PDF)