National Art Gallery

National Art Gallery

ނޭޝަނަލް އާޓް ގެލެރީ

Part of National Centre for the Arts

Details

LocationMuseum Building A, Medhuziyaaraiy Magu, Machchangolhi, Malé, Kaafu Atoll
Post code20158

Leadership

  • Mohamed Ikram

    Minister of State for Arts, Culture and Heritage

Social media

Mandate

  1. ކުރެހުންތެރިންގެ މެދުގައި ތަފާތު މުބާރާތްތަކާއި މައުރަޒުތައް އިންތިޒާމުކޮށް ބޭއްވުމާއި، ރާއްޖެއިން ބޭރުގެ އެކިއެކި މައުރަޒުތަކާއި، ފެއަރތަކާއި މުބާރާތްތަކުގައި ދިވެހި ފަންނާނުންގެ މަސައްކަތްތައް ބައިވެރިކުރުން.
  2. ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތަކާއި، ކުރެހުންތެރިންގެ މައުލޫމާތު، ދިވެހި ކުރެހުންތެރިންނަށް ލިބޭނެ ގޮތް ހަމަޖެއްސުން.
  3. ދިވެހި ކުރެހުންތެރިންގެ މަސައްކަތްތައް، އާންމުކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން.
  4. ދިވެހިރާއްޖޭގެ ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ތަކެތި ހޯދައި އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެ ތަކެތި އާންމުކޮށް މީހުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
  5. ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކުގެ، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދާއި އިސްލާމީ ޤައުމުތަކުގެ ކުރެހުންތެރިކަމުގެ ސަގާފަތުގައި ހިމެނޭ ތަކެތި ހޯދައި، އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެ ތަކެއްޗާ ބެހޭ މައުލޫމާތު ދީ، އެ ތަކެތި އާންމުކޮށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  6. ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށް ޓަކައި ކުރެހުންތެރިކަމުގެ "ރެސިޑެންސީ ޕްރޮގްރާމް"ތައް ރާވައި ހިންގުން.
  7. ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށް ޓަކައި ކުރެހުންތެރިކަމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ކޮމިޝަން" ކޮށްގެން ކުރެހުންތެރިން ލައްވާ މަސައްކަތްތައް އުފެއްދުން.
  8. ކުރެހުންތެރިކަމުގެ ރޮނގުންނާއި ކުރެހުންތެރި މަސައްކަތްތަކުގެ ރޮނގުން އެ ކަންތައްތައް ކުރިއަށްގެންދިއުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް ޓަކައި، ކުރެހުންތެރިންގެ މެދުގައި މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން.
  9. ރާއްޖޭގެ ކުރެހުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުރެހުންތެރިކަމުގެ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި، ދިވެހި ކުރެހުންތެރިންގެ މެދުގައި ގުޅުންބަދަހިކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  10. ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ފަންނާނުންގެ ދާއިރާއަކީ މި ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ފަންނާނުންނަށާއި، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް މާލީ ކުރިއެރުން ގެނެސްދޭ ދާއިރާއަކަށް ހެދުން.

Read the official mandate (PDF)