
National Careers Service
ނޭޝަނަލް ކެރިއަރސް ސަރވިސް
Part of Ministry of Homeland Security, Labour and Technology
Details
LocationAmin Avenue Oak, Reethigas Magu, Hulhumalé, Malé, Kaafu Atoll
Phone3333140
Hotline1475, 1500
Emailinfo@ncs.gov.mv
Websitemycareer.gov.mv/en
Post code23000
LocationOpen in Google Maps
Leadership
Shaheeda Ali
Deputy Minister of Homeland Security, Labour and Technology
Social media
Mandate
- ވަޒީފާދޭ ފަރާތްތަކާއި، ދިވެހީންކުރެ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތައް ރާވައި ހިންގުން.
- ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އަދާކުރެވިދާނެ ވަޒީފާގެ ފުރުޞަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ކުރާނެ ސްކިލްޑް އަދި ސެމީ-ސްކިލްޑް މަސައްކަތްތައް ދަސްކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އެކިއެކި ވަޒީފާތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި، ހުނަރުވެރިކަން ދަސްކުރުމުގެ ފުރުޞަތުތައް ބޭނުންކުރުމުގައި އެހީތެރިވުން.
- މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި، އިރުޝާދުދެވޭނެ ގޮތްތައް ރާވައި ހިންގުން.
- މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހީން، އާމްދަނީ ލިބޭފަދަ މަސައްކަތެއް ކުރުމަށް ބާރު އެޅުމަށާއި، މަސައްކަތަށް އަހުލުވެރިކުރުމަށް ޓަކައި ޕުރޮގުރާމުތައް ރާވައި ހިންގުން.
- ސްކޫލްތަކުގައި ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ދިނުމުގެ ނިޒާމެއް ސްކޫލްތަކާ ގުޅިގެން ގާއިމުކޮށް، ސްކޫލް ދަރިވަރުންނަށް ކެރިއަރ ގައިޑެންސްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުން.
- ވަޒީފާގެ ފުރުޞަތުތަކާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތައް ރާވައި ހިންގުން.
- ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާ ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ވަޒީފާ ދޭ ފަރާތްތަކާއި އަމިއްލަ ޖަމުޢިއްޔާތަކާ ގުޅިގެން އެމްޕްލޯއިމަންޓް ސަރވިސަސް ފުޅާކުރުމަށް މަސައްކަތްކުރުން.