South Maalhosmadulu Biosphere Reserve Office

South Maalhosmadulu Biosphere Reserve Office

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް އޮފީސް

Part of Ministry of Climate Change, Environment and Energy

Details

LocationBaa Atholhu Atholhuge, Yoosuf Kaleyfaanu Magu, Eydhafushi, Baa Atoll
Phone6608466
Post code6080

Leadership

  • Ibrahim Naeem

    Director General

Mandate

  1. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް ހިމާޔަތްކޮށް ބެލެހެއްޓުމާ ބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން.
  2. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
  3. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަމިއްލަ ވިޔަފާރިތަކާއި ކަމާގުޅޭ އެހެން ފަރާތްތައް ބައިވެރިކުރުވުން.
  4. މާޅޮސްމަޑުލު ދެކުނުބުރީ ކޮންޒަރވޭޝަން ފަންޑާ ގުޅިގެން ބަޔޮސްފިޔަރ ރިޒަރވް ހިމާޔަތްކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫޢުތަކާއި، ލައިވްލިހުޑް ސަޕޯޓް ޕްރޮޖެކްޓްސް އެކުލަވައިލުމުގައި ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  5. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވްއާ ބެހޭ މައުލޫމާތު އެއްކުރުމާއި، ކަމާ ބެހޭ ފަރާތްތަކާ އެ މައުލޫމާތު ހިއްސާކުރުމާއި، މި ރިޒަރވްގައި ކުރެވެންހުރި ދިރާސާތައް ބަލައި، އެ ފަދަ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުން.
  6. މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވްގެ މޮނިޓަރިންގ އަދި ރިސަރޗްގެ ކަންތައްތައް ރާވައި ހިންގުމާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވްއާގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން.

Read the official mandate (PDF)