
Addu Equatorial Hospital
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
Details
LocationKan'bihaa Magu, Hithadhoo, Addu City, Seenu Atoll
Phone6885046
Hotline1632
Emailinfo@aeh.gov.mv
Websiteaeh.gov.mv
Post code19020
LocationOpen in Google Maps
Leadership
Dr Ahmed Adeel Naseer
Chief Executive Officer
Social media
Mandate
- ރައްޔިތުންނަށް ބޭނުންވާ ޑޮކްޓަރީ ބޭސްފަރުވާ ދިނުމުގެ ކަންތައް ޓަރޝަރީ ފެންވަރުގައި ފޯރުވައިދީ، އެ ކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައި، ޚިދުމަތް ތަރައްޤީކުރުން.
- ބަލިތައް ދެނެގަތުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ލެބޯޓަރީގެ ޚިދުމަތްތަކާއި، ރިހެބިލިޓޭޝަންގެ ޚިދުމަތް ތަރައްޤީކޮށް ޚިދުމަތްފޯރުވައިދިނުން.
- މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، އާންމު ޞިއްޙަތަށް ނުރައްކާވާ ފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް ދޭންޖެހޭ ބޭސްފަރުވާގެ ކަންތައް (ވެކްސިން ދިނުމާއި، ޚާއްޞަ ބަލިބައްޔަށް ފަރުވާދޭ ކްލިނިކްތައް ހިންގުން ފަދަ ޕުރޮގުރާމުތައް) ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ފޯރުވައިދީ، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން ހިންގާ ޕުރޮގުރާމުތަކަށް އެހީތެރިވެދިނުން.
- ސަރަހައްދީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ހިންގާ ހޮސްޕިޓަލްތަކުގައި، މޯބައިލް ފޯނުގެ ޒަރީއާއިންނާއި އިންފޮރމޭޝަން ޓެކްނޯލޮޖީގެ ޒަރީއާއިން، ޚާއްޞަ ބަލިތަކަށް ފަރުވާދޭ ސްޕެޝަލިސްޓުންގެ ޚިދުމަތްފޯރުވައިދިނުން.
- ޤުދުރަތީ ގޮތުން ނުވަތަ އެހެން ގޮތަކުން ވެސް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ރާވައި، ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެ ފަދަ ހާދިސާތަކުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ގިއުގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ސަރުކާރުގެ އެހީގެ ދަށުން ބޭސްފަރުވާ ކޮށްދިނުމަށް އެދޭ މީހުންނާ ބެހޭ ކަންތައްތަކުގައާއި ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންނާ ބެހޭ ގޮތުން، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ލަފަޔާއި އެހީ ފޯރުވައިދިނުން.
- ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށާއި، ޞިއްޙީ ޚިދުމަތުގައި ހަރަކާތްތެރިވާ މީހުންނަށް ޢަމަލީ ތަމްރީނާއި ތަޖުރިބާ ލިބިދިނުމުގެ މަގުފަހިކޮށްދީ، ސަރުކާރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
- ހޮސްޕިޓަލުން ޚިދުމަތްފޯރުވައިދެވޭ މީހުންގެ ރެކޯޑްތަކާއި، ސަރވޭލަންސަށް ބޭނުންވާ މައުލޫމާތުތައް ބަލަހައްޓައި، ރިޕޯޓްކުރުން.
- މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ޞިއްޙީ ޚިދުމަތްފޯރުކޮށްދިނުމާގުޅޭ އެންމެހައި މަސައްކަތްތައް ތަންފީޒުކުރުމަށް ޓާރޝަރީ ފެންވަރުގައި ހަރަކާތްތެރިވުން.