
Department of Inclusive Education
ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން
Part of Ministry of Education, Higher Education and Skills Development
Details
LocationI'zzudhdheen Building, Rah Dhebai Hin'gun, Machchangolhi, Malé, Kaafu Atoll
Phone3041616
Emailinfo@ied.gov.mv
Websiteied.gov.mv/en
Post code20373
LocationOpen in Google Maps
Leadership
Dr Aishath Wadheefa
Minister of State for Education, Higher Education and Skills Development
Social media
Mandate
- ޤައުމީ މަންހަޖާ އެއްގޮތަށް ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ދެވޭ ތަޢުލީމު ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ޕުރޮގުރާމުތައް ފަރުމާކޮށް، ރާވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އިސްކޫލުތަކަށް ފޯރުކޮށްދިނުން.
- ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން، ތަޢުލީމާއި ތަމްރީނުގެ ހަމަހަމަ ފުރުޞަތުތައް ހުރިހައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް، އިންކްލޫސިވް އެޑިޔުކޭޝަންގެ މިންގަނޑުތަކާއި އެއްގޮތަށް އުނގަންނައިދިނުމަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ގާއިމުކުރުން.
- 'އާރލީ އިންކްލޫޝަން' އަދި 'އާރލީ އިންޓަވެންޝަން' ގެ ޕުރޮގުރާމުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހަރުދަނާ 'ރެފަރަލް' ނިޒާމެއް ގާއިމުކުރުމާއި، އެ ޕުރޮގުރާމުތައް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން އިސްކޫލުތަކަށް ފޯރުކޮށްދިނުން.
- އިންކުލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ރާއްޖޭގައި ހިންގާ ތަޢުލީމާއި ތަމްރީނުގެ ޕުރޮގުރާމުތައް ހިނގާ ގޮތް ބަލައި ވަޒަންކޮށް ދޭންޖެހޭ ފަންނީ ލަފާދިނުން.
- އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ޓީޗަރުންނާއި ފެސިލިޓޭޓަރުން ތަމްރީނުކުރުމާއި، މި ފަރާތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުތައް ދާއިމީ ގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ގޮތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ތަންތަން ފަރުމާކުރުމަށް ބާރުއެޅުން.
- ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އުނގެނުމަށް އެޅޭ ހުރަސްތައް ކުޑަކުރުމަށާއި ޝާމިލުކުރުމުގެ ސަގާފަތެއް އުފެއްދުމަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ މުއައްސަސާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ އެކު މަސައްކަތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
- އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމާ ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.