
Embassy of the Republic of Maldives in the People's Republic of China
ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
Part of Ministry of Foreign Affairs
Details
Websitemdvmission.gov.mv/cn
LocationOpen in Google Maps
Leadership

Dr Fazeel Najeeb
Ambassador of the Republic of Maldives to China
Social media
Mandate
Mandate (22)
- ޗައިނާގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
- ޗައިނާއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ޗައިނާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
- ޗައިނާގެ ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ޗައިނާގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
- ޗައިނާގައި ހިނގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމުކަމަށް ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
- ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ޗައިނާގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމާއި، އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ރާއްޖޭގެ އިންވެސްޓަރުންނަށް ޗައިނާގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ޗައިނާގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
- ޗައިނާގައި، ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުންކުރުން.
- ރާއްޖޭގެ މިނިވަންދުވަސް ޗައިނާގައި ފާހަގަކުރުން.
- ޗައިނާގެ ސަރުކާރުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
- ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޗައިނާގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
- ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތްކުރުން.
- ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
- ތާރީޚަށްޓަކައި އަދި އެނޫންވެސްގޮތަކުން ބޭނުންވެދާނެ ކަމަށް ފެންނަ ލިޔުންތަކާއި ތަކެތި، އާކައިވްކޮށް، އެތަކެތި ބެލެހެއްޓުން.
- ސަރުކާރުގެ ފަރާތްތަކުން ޗައިނާއަށާއި، ޗައިނާގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
- ރަސްމީ ދަތުރުފުޅުތަކުގައި ޗައިނާއަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށް ދިނުން.
- މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ޗައިނާއަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތް ކުރުން.
- ޗައިނާގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
- ޗައިނާގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެ ދިނުން.
- ޗައިނާގެ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ޗައިނާގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެ ދިނުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ޗައިނާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
- ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ޗައިނާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
- ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.