Maldives National Anti-Doping Agency

Maldives National Anti-Doping Agency

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ

Part of Ministry of Youth Empowerment, Sports and Fitness

Details

No contact details are published for this office.

Leadership

  • Hussain Mohamed

    Chief Executive Officer

Mandate

ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު)ގެ 40ވަނަ މާއްދާގައި، މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީން އަދާކުރަން ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތައް ތިރީގައި މި ވަނީއެވެ.

  1. ދިވެހިރާއްޖޭގެ ހުރިހައި ހިސާބެއްގައި އެންޓި ޑޯޕިންގއާ ބެހޭ މައުލޫމާތު ދީ މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްކުރުން.
  2. ދިވެހިރާއްޖޭގައި ބޭއްވޭ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ޑޯޕިންގ ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ކަމަށް މަގުފަހިކޮށްދީ އެ ކަމަށް ހިތްވަރުދީ އެހީތެރިވެދިނުމާއި އެ ކަންތައް ހިންގާނެ ގޮތްތައް ރާވައި ތަންފީޒުކުރުން.
  3. ޓެސްޓު ކުރުމުގައި ގެންގުޅޭނެ އުސޫލުތަކަކީ ވޯލްޑް އެންޓި ޑޯޕިންގ އެޖެންސީގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ކުރެވޭ ޓެސްޓުތަކެއް ކަމުގައި ހެދުން.
  4. އެންޓި ޑޯޕިންގގެ އެންމެ ފަހުގެ ބައިނަލްއަގުވާމީ ޤާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހޯދައި ދިރާސާކޮށް، ކުޅުންތެރިންނަށާއި އޮފިޝަލުންނަށާއި ކަމާ ބެހޭ ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި ފަރުދުންނަށް އެ ޤާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު އަންގައި އޮޅުންފިލުވައިދީ، އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނާ ޚިލާފުނުވާ ގޮތުގެމަތިން އެންޓި ޑޯޕިންގގެ ބައިނަލްއަގުވާމީ ގަވާއިދުތައް ދިވެހިރާއްޖެއަށް ތަޢާރުފުކޮށް، ރާއްޖޭގައި ކުރެވޭ ޓެސްޓުތަކުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތައް ތަންފީޒުކުރުން.
  5. އެޖެންސީގެ ތަމްރީނު ލިބިފައިވާ އޮފިސަރުންނަށް ލިބިފައިވާ ހުނަރު އިތުރަށް ހަރުދަނާ ކުރުމަށް ހިތްވަރުދިނުމާއި، ޤައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޑޯޕިންގ ކޮންޓްރޯލް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ރާއްޖޭގެ އޮފިސަރުންނަށް ހޯދައިދިނުން.
  6. ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުބާރާތްތަކުގައި ބައިވެރިވާ ދިވެހި ކުޅުންތެރިންގެ ޑޯޕިންގ ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  7. އެޖެންސީގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނު ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެ، ޑޯޕިންގ ކޮންޓްރޯލްކުރުމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވުމާއި، ޓެސްޓުކުރުވުމާއި، އެންޓި ޑޯޕިންގއާ ގުޅުންހުރި އެހެނިހެން ބައިނަލްއަގުވާމީ ދާއިރާތަކާ ގުޅުން ބަދަހިކޮށް، މި ދާއިރާގައި އިސްނަގައި އެ ކަންތައްތައް ތަންފީޒުކުރުން.
  8. އެންޓި ޑޯޕިންގ ތަރައްޤީކުރުމަށް ޓަކައި ރާއްޖެއާއި ރާއްޖޭން ބޭރުން ލިބެން ހުންނަ އެހީތައް ހޯދައި ކުރިއެރުވޭނެ އިތުރު ވަސީލަތްތައް ތަނަވަސްކުރުން.
  9. މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެންޓި ޑޯޕިންގ އެޖެންސީތަކަށް ނަމޫނާ ބަޔަކަށް ވުމަށް މަސައްކަތްކުރުން.

Read the official mandate (PDF)