
ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
Embassy of the Republic of Maldives in the Kingdom of Saudi Arabia
ނިސްބަތްވާ ތަން ޚާރިޖީ ވުޒާރާ
ތަފްޞީލު
ފޯނު(+966)114626787
ހޮޓްލައިން(+966)506894477
އީމެއިލްriyadh.embassy@foreign.gov.mv
ވެބްސައިޓްmdvmission.gov.mv/sa
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން

އަޙްމަދު ސަރީރު
އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (25)
- ސަޢޫދީ ޢަރަބިއްޔާގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
- ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
- ސަޢޫދީ ޢަރަބިއްޔާ ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ސަޢޫދީ ޢަރަބިއްޔާގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
- ސަޢޫދީ ޢަރަބިއްޔާގައި ހިނގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓް ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
- އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ)އާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ ސެކްރެޓޭރިއެޓާ ގުޅުން ބަދަހިކޮށް އެ ޖަމާޢަތްތަކުން ރާއްޖެއަށް ލިބޭ އެހީތައް އިތުރުކުރުމަށް މަސައްކަތްކުރުން.
- ރާއްޖޭން ޙައްޖަށްދާ މީހުންގެ ކަންތައްތައް ބެލުމާއި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެމީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަޢޫދީ ޢަރަބިއްޔާ ސަރުކާރާ ގުޅައިގެން މަސައްކަތް ކުރުން.
- ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ސަޢޫދީ ޢަރަބިއްޔާގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމާއި، އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ސަޢޫދީ ޢަރަބިއްޔާގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ސަޢޫދީ ޢަރަބިއްޔާގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގު ފަހިކޮށްދިނުން.
- ސަޢޫދީ ޢަރަބިއްޔާގައި، ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތްތަކުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުން ކުރުން.
- ރާއްޖޭގެ މިނިވަންދުވަސް ސަޢޫދީ ޢަރަބިއްޔާގައި ފާހަގަކުރުން.
- ސަޢޫދީ ޢަރަބިއްޔާ ސަރުކާރުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕްފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވި ފަދައަކުން ރާއްޖެ ތަމްސީލުކުރުން.
- ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ސަޢޫދީ ޢަރަބިއްޔާ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސް ކުރުން.
- ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
- ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
- ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަށް ބޭނުންވެދާނެ ކަމަށް ފެންނަ ލިޔުންތަކާއި ތަކެތި، އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
- ސަރުކާރުގެ ފަރާތްތަކުން ސަޢޫދީ ޢަރަބިއްޔާ ސަރުކާރަށާއި، ސަޢޫދީ ޢަރަބިއްޔާގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
- ރަސްމީ ދަތުރުފުޅުތަކުގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލްގެ ޚިދުމަތް ފޯރުކޮށް ދިނުން.
- މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވިތޯ ނުވަތަ ނޫންތޯ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.
- ސަޢޫދީ ޢަރަބިއްޔާގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
- ސަޢޫދީ ޢަރަބިއްޔާގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެ ދިނުން.
- ސަޢޫދީ ޢަރަބިއްޔާ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ސަޢޫދީ ޢަރަބިއްޔާގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެ ދިނުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ސަޢޫދީ ޢަރަބިއްޔާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
- ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު ސަޢޫދީ ޢަރަބިއްޔާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
- ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުން.
- ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.