ޚާރިޖީ ވުޒާރާ

ޚާރިޖީ ވުޒާރާ

Ministry of Foreign Affairs

ތަފްޞީލު

އެޑްރެސްފަތުޙުﷲ ޖަމީލް ބިލްޑިންގ, ބޮޑުތަކުރުފާނު މަގު, ހެންވޭރު, މާލެ, ކާފު އަތޮޅު
ފޯނު3323400
ހޮޓްލައިން+960 7983400
އީމެއިލްadmin@foreign.gov.mv
ވެބްސައިޓްforeign.gov.mv/index.php/en
ޕޯސްޓް ކޯޑު20077

ވެރިން

  • އިރުތިޝާމް އާދަމް

    މިނިސްޓަރ އޮފް ފޮރިން އެފެއާޒް

  • ފާޠިމަތު ޢިނާޔާ

    ފޮރިން ސެކްރެޓަރީ

ސޯޝަލް މީޑިއާ

މަސްއޫލިއްޔަތު

މަސްއޫލިއްޔަތު (541)
  1. ޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިންގ ސަރވިސްގެ ޤާނޫނު) ތަންފީޒުކުރުމާއި، އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ތަންފީޒުކުރުން.
  2. ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ ޤަދަރު އުފުލޭ ގޮތެއްގެ މަތިން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގުން.
  3. ރާއްޖޭގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތެއްގައި ބޭރު ދުނިޔެއަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖޭގެ ޤަދަރު އުފުލައި، ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދައިދިނުމަށްޓަކައި ޤައުމުތަކާއެކު ސިޔާސީ ގުޅުން ގާއިމުކޮށް ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުން.
  4. ޚާރިޖީ ސިޔާސަތު ހިންގުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިނަލްއަގުވާމީ މަޝްރަޙުގައި ކުރިއަށްދާ މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ތިމާވެށީގެ މަސްލަހަތުތައް ހިމާޔަތްކޮށް އަޑުއުފުލުން.
  5. ސިޔާސީގުޅުން ގާއިމުކޮށްފައިވާ ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާ ސަފީރުން ބަލައިގަތުމާއި، ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ކަންތައްތައް ހަމަޖެއްސުން.
  6. ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލޭޓުތައް ރާއްޖޭގައި ހުޅުވުމަށް އެހީތެރިވުން.
  7. އެކި ޤައުމުތަކަށް ދިވެހި ސަފީރުންނާއި ކޮންސުލުން ޢަންޔަންކުރުމާގުޅޭ މަސައްކަތްތައް ކުރުން.
  8. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމުގައި ލިބެންހުރި ފައިދާތަކަށް ރިއާޔަތްކޮށް ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލޭޓުތަކާއި، އެފަދަ އޮފީސްތައް ބޭރު ޤައުމުތަކުގައި ގާއިމުކުރުން.
  9. ރާއްޖޭން ބޭރުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލޭޓުތަކާއި، އެފަދަ އޮފީސްތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.
  10. ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވާ ބިދޭސީންނާމެދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ލިބުމުން އެ ބިދޭސީއަކު ނިސްބަތްވާ ޤައުމަކަށް އެ މަޢުލޫމާތު ހިއްސާކުރުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  11. ޚާރިޖީ ދާއިރާގައި ޚިދުމަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމާއި، ޚާރިޖީ ދާއިރާގެ ތަޖުރިބާ ލިބޭނެ މަގުތައް ހޯދައިދިނުން.
  12. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި މަސްލަހަތު ކުރިއެރުވުމަށާއި ބޭރު ޤައުމުތަކުގައި ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވުމަށް، ކަމަށް އެކަށޭނަ އޮނަރަރީ ކޮންސުލުން ޢައްޔަންކުރުން.
  13. ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލުން ބަލައިގަތުން.
  14. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން، ބޭރު ޤައުމުތަކުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ހޯދުމަށް މަގު ފަހި ކުރުން.
  15. ބައިނަލްއަގުވާމީ، އިޤުތިޞާދީ އަދި ވިޔަފާރީގެ ނިޒާމަށް މުޅި ދުނިޔޭގެ ފެންވަރުގައާއި، ސަރަހައްދީ ފެންވަރުގައި އަންނަމުންދާ ބަދަލުތައް ދިރާސާކޮށް، ޤައުމީ މަސްލަހަތު ކުރިއަރާނެ ގޮތަކަށް، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރެވޭނެ ގޮތްތައް ރޭވުން.
  16. ދިވެހިރާއްޖެއަށް މުހިންމު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ މެންބަރުކަން ހޯދުމަށް މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކުރުމާއި، އެފަދަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ މެންބަރުކަން ހޯދުން.
  17. ބައިނަލްއަގުވާމީ ޖަމާޢަތްތަކާ ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ ޖަލްސާތަކުގައި ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ ސިޔާސަތު ހާމަކޮށްދީ، ރާއްޖޭގެ މަސްލަހަތަށް މަންފާލިބެނިވި ގޮތެއްގައި ރާއްޖޭގެ އަޑު އުފުލުމާއި، އަދި މިފަދަ ކަންކަމަށް އެހެން މުއައްސަސާތަކަށް މަގުފަހިކޮށްދިނުން.
  18. ބޭރު ޤައުމުތަކާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ރެޒިޑެންޓް އަދި ނޮން-ރެޒިޑެންޓް މިޝަންތަކާއި އެފަދަ އޮފީސްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  19. ދިވެހިރާއްޖޭގެ ޢިއްޒަތްތެރިން ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކާއި، ބޭރު ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ ރަސްމީ ދަތުރުފުޅުތަކާބެހޭ ކަންތައްތައް، އެކަންކަމަށް ހަމަޖެހިފައި އޮންނަ ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ރާވައި އިންތިޒާމުކުރުން.
  20. ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދަތުރުކުރުމަށް ޑިޕްލޮމެޓިކް ހުއްދަ ބޭނުންވާ ބޭރު ޤައުމުތަކުގެ އުޅަނދުތަކަށް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ހުއްދަ ހޯދައިދިނުން.
  21. ބޭރު ޤައުމުތަކުން ދިވެހިންނަށް ފިޔަވަޅު އެޅުމުން، ބައިނަލްއަގުވާމީ ކޮންސިއުލަރ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ދިވެހިންނަށް އެހީތެރިވެދިނުން.
  22. ބޭރު ޤައުމެއްގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ގެއްލުމުން، ނުވަތަ މުއްދަތު ހަމަވުމުން، ނުވަތަ ހަލާކުވުމުން، ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެފަދަ ދިވެހިންނަށް އެހީތެރިވެދިނުން.
  23. ބޭރު ޤައުމެއްގައި ހާލުގައިޖެހޭ ދިވެހިންނަށް، ބައިނަލްއަގުވާމީ ކޮންސިއުލަރ އުސޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެހީތެރިވެދިނުން.
  24. ބޭރު ޤައުމެއްގައި ދިވެއްސަކު މަރުވެއްޖެނަމަ، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. އަދި، ރާއްޖޭގައި ބިދޭސީއަކު މަރުވެއްޖެނަމަ، އެ ބިދޭސީއަކު ނިސްބަތްވާ ޤައުމަކަށް އެކަން އަންގައި، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެންކުރުން.
  25. ދިވެހި ރައްޔިތުކަން ހޯދަން ބޭނުންވާ ފަރާތްތަކަށާއި، ދިވެހިރައްޔިތުކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް، ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަން ފަހިކޮށްދިނުން.
  26. ރާއްޖެއިން ބިދޭސީންނަށް ދޫކުރާ ރަސްމީ ލިޔުންތަކާއި، ދިވެހިން ބޭރު ޤައުމުތަކަށް ހުށަހަޅަންޖެހޭ ރަސްމީ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކޮށްދިނުން.
  27. ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި، މުޢާހަދާތަކާއި، ރާއްޖެއާއި އެކިއެކި ޤައުމުތަކާ ދެމެދު ކުރެވޭ އެއްބަސްވުންތަކާބެހޭ ކަންތައްތައް ހިންގައި، ވިލަރެސްކޮށް، މިކަންކަމުގައި ރާއްޖެއަށް އެންމެ ފައިދާކުރާނެ ގޮތެއްގެމަތިން ހަރަކާތްތެރިވުން.
  28. ރާއްޖެއިން ބޭރުގައި ބާއްވާ ބައްދަލުވުންތަކަށް ބޭނުންވާ ކްރެޑެންޝަލްސްއާއި، ލެޓަރ އޮފް އެޕޮއިންޓްމަންޓް ފަދަ ޤާނޫނީ ލިޔުންތައް ތައްޔާރުކުރުން.
  29. ރާއްޖެއިން ބޭރުގެ ޖަލުތަކުގައި ތިބި ނުވަތަ ރާއްޖޭގެ ޖަލުތަކުގައި ތިބި ކުށްވެރިން ބަދަލުކުރުމުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްބަސްވުންތަކާ އެއްގޮތްވާގޮތުގެ މަތިން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ވިލަރެސްކޮށް ހިންގުން.
  30. ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ނުވަތަ އެހެން ޤައުމެއްގެ އެދުމުގެ މަތިން، ކަނޑައެޅިފައިވާ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްބަސްވުންތަކާ އެއްގޮތްވާގޮތުގެ މަތިން، އެކްސްޓްރަޑައިޓްކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުގެ މެދުގައި ވިލަރެސްކޮށް ހިންގުން.
  31. މިއުޗުއަލް ލީގަލް އެސިސްޓަންޓް އެގްރީމަންޓްތަކުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް، ކަމާބެހޭ ފަރާތްތަކުގެ މެދުގައި ވިލަރެސްކޮށް، ހިންގުން.
  32. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ބައްޓަންކުރުމަށާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ދިރާސާތައްކުރުން.
  33. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް އެކުލަވައިލުމުގައާއި ސިޔާސަތުތައް ތަންފީޒުކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ލަފައާއި މަޝްވަރާދިނުން.
  34. ރާއްޖެއަށް އަސަރުކުރާނެ ފަދަ ބައިނަލްއަގުވާމީ ނިންމުންތަކާއި ހާދިސާތައް ދިރާސާކޮށް، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  35. ރާއްޖޭގެ ޚާރިޖީ ސިޔާސަތާމެދު ހޭލުންތެރިކަން އިތުރުކުރުން.
  36. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުންނެވެ.

(ހ) ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން

(ށ) އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

(ނ) ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

(ރ) އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

(ރ.1) ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް

(ބ) މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

(ޅ) ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން

(ކ) ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

(އ) ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

(ވ) ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

(ވ.1) ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް

(މ) ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

(ފ) ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ މިޝަން

(ދ) ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

(ތ) ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން

(ލ) އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

(ގ) ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

(ޏ) ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

(ސ) ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

(ޑ) ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

(ޒ) ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ

(ހ) ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަނުގެ މަސައްކަތްތައް

  1. ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން) އާއި، ޔޫ.އެން. ގެ ޖަމާޢަތްތަކާއި، އަދި ދިވެހިރާއްޖެއިން ބައިވެރިވާ އެހެނިހެން ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުން ނިއުޔޯކުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، އެ ޖަމުޢިއްޔާތަކުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހާމަކޮށް، އެ ޖަމުޢިއްޔާތަކުގެ ނިންމުންތައް ދިވެހި ސަރުކާރުން ބޭނުންވާގޮތަށް ބައްޓަން ކުރުމަށް ވަކާލާތު ކުރުން.
  2. ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ މަސައްކަތްތައް މޮނިޓަރކޮށް، މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތަކާ ބެހޭގޮތުން ރާއްޖޭގެ ސިޔާސަތު ގެންގުޅެންވީގޮތުގެ ލަފާ މިނިސްޓްރީއަށް ހުށަހަޅައި، ރާއްޖޭގެ ސިޔާސަތާ އެއްގޮތަށް އެ އެސެމްބްލީގައި ރާއްޖެ ތަމްސީލުކޮށް، އެ އެސެމްބްލީގެ ނިންމުންތައް ދިވެހި ސަރުކާރުން ބޭނުންވާގޮތަށް ބައްޓަން ކުރުމަށް ވަކާލާތު ކުރުން.
  3. ސެކިއުރިޓީ ކައުންސިލުގައި ބަހުސް ކުރެވެމުންދާ މައްސަލަތައް ބަލައި އެ މައްސަލަތަކަށް އަންނަ ބަދަލުތަކާއި، ސެކިއުރިޓީ ކައުންސިލުން ފާސްކުރާ ފާސްކުރުންތަކާއި ނިންމާ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓުކުރުން.
  4. އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ޖަލްސާތަކުގައި ބަހުސްކުރާ ކަންތައްތަކާއި ނިންމާ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓުކުރުން.
  5. ވަކި ފަރާތަކަށްނުޖެހޭ ހަރަކާތާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސާއި، ކޮމަންވެލްތާއި، ރާއްޖެއިން ބައިވެރިވާ އެކިއެކި ޖަމާޢަތްތަކުން ނިއުޔޯކުގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، އެ ޖަމުޢިއްޔާތަކުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހާމަކޮށް، އެ ޖަމުޢިއްޔާތަކުގެ ނިންމުންތައް ދިވެހި ސަރުކާރުން ބޭނުންވާގޮތަށް ބައްޓަން ކުރުމަށް ވަކާލާތު ކުރުން.
  6. ޔުނައިޓެޑް ނޭޝަންސުން ފާސްކުރާ ގަރާރުތަކުގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ކަންތައްތަކާމެދު ޢަމަލުކުރަންވީ ގޮތުގެ ލަފަޔާއެކު އެފަދަ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ލަފާގެމަތިން ޢަމަލުކުރުން.
  7. ޔުނައިޓެޑް ނޭޝަންސުން ފާސްކުރާ ބައިނަލްއަގުވާމީ މުޢާހަދާތަކުގެ ތެރެއިން، ރާއްޖެއިން ބައިވެރިވާން ފެންނަ މުޢާހަދާތަކާބެހޭގޮތުން މިނިސްޓްރީއަށް ލަފާދިނުން.
  8. ޔުނައިޓެޑް ނޭޝަންސަށް ރާއްޖެއިން ދައްކަންޖެހޭ އެކިއެކި ޗަންދާގެ މައްސަލަތައް މޮނިޓަރކޮށް އެކަންތަކުގައި މިނިސްޓްރީއަށް ލަފާދީ، އެ ކަންތައްތައް ބެލެހެއްޓުން.
  9. ދިވެހިރާއްޖެއަށް އެހީވާ ބޭރުގެ ޤައުމުތަކާއި، ޖަމުޢިއްޔާތަކާއި، ޔުނައިޓެޑް ނޭޝަންސް ސިސްޓަމުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، އާންމުކޮށް ބޭރު ދުނިޔެއަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ހޯދައި، އެ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ސިޔާސަތަށް ކޮށްފާނެ އަސަރަކާއި، ގެންނަންޖެހިދާނެ ބަދަލުތަކެއް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، މިނިސްޓްރީއާ މަޝްވަރާ ކުރަމުން ގެންދިއުން.
  10. ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ  ޙަފުލާތަކުގައި ބައިވެރިވުމަށް ލިބޭ ދަޢުވަތުތައް ޤާބޫލުކޮށް، އެފަދަ ޙަފުލާތަކުގައި ބައިވެރިވުން.
  11. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން އެމެރިކާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން ވޮޝިންގޓަންގައި ހުންނަ އެމެރިކާއަށް ކަނޑައަލާފައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅިގެން އެންމެ ފުރިހަމައަށް ހިފުން.
  12. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު ވޮޝިންގޓަންގައި ހުންނަ އެމެރިކާއަށް ކަނޑައަޅައިފައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅިގެން އެމެރިކާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  13. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ށ) އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް

  1. އިނގިރޭސިވިލާތުގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. އިނގިރޭސިވިލާތަށް ޒިޔާރަތް ކުރާ ދިވެހިންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. އިނގިރޭސި ސަރުކާރުގެ ފަރާތުންނާއި، ކޮމަންވެލްތު ސެކްރެޓޭރިއެޓާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވަވާ ޖަލްސާ، ސެމިނަރ، ވަރކްޝޮޕް ފަދަ ކަންކަމުގައި މިނިސްޓްރީން އަންގަވައިފި ހިނދެއްގައި އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
  4. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި އެންގެވިފަދައަކުން ކޮމަންވެލްތު ސެކްރެޓޭރިއެޓާ ގުޅައި، ކޮމަންވެލްތު ސެކްރެޓޭރިއެޓުން ސަރުކާރާ ގުޅާ ގުޅުމުގައި އެފަރާތުން އެދިއްޖެ ހިނދެއްގައި މެދުވެރިއެއްގެ ދައުރު އަދާކުރުން.
  5. އިނގިރޭސިވިލާތުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި އެހެނިހެން ބޭނުމުގައި ތިބޭ ދިވެހިންނަށް އިނގިރޭސިވިލާތުގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމަށް، އިނގިރޭސި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި އެކަމަށް ބޭނުންވާ ލިޔުން، ސަރުކާރުން އަންގަވާ ގޮތެއްގެމަތިން ދޫކުރުން.
  6. އިނގިރޭސިވިލާތުގައި އުފަންވާ ދިވެހި ކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  7. އިނގިރޭސިވިލާތުގައި ހާލުގައި ޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުން.
  8. އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ސަރުކާރުގެ އެކިއެކި ޢިއްޒަތްތެރިންނާއި، އިނގިރޭސިވިލާތުގައި ޓްރާންސިޓް ކުރައްވާ މިފަދަ ފަރާތްތަކަށް، މިނިސްޓްރީން އަންގަވައިފި ހިނދެއްގައި އެއަރޕޯޓުން އިސްތިގުބާލުކޮށް، އެންގެވި މިންވަރަކަށް ޕްރޮޓޮކޯލާބެހޭ ކަންތައްތައް ހަމަޖެއްސުން.
  9. ދިވެހި ސަރުކާރުގެ އޮފިޝަލުން، ރަސްމީ ކަންތައްތަކުގައި ބޭރުގެ އެކިއެކި ޤައުމުތަކަށް ވަޑައިގަތުމަށް ބޭނުންވާ ވީޒާގެ ކަންތައް ބޭނުންވެއްޖެ ހިނދެއްގައި، އިނގިރޭސިވިލާތުގައި ހުންނަ އެ ޤައުމުތަކުގެ އެމްބަސީ/ ހައިކޮމިޝަންތަކާ ގުޅައިގެން ހަމަޖެއްސުން.
  10. ސަރުކާރުގެ އެކިއެކި މިނިސްޓްރީ، ޑިޕާޓްމަންޓު ފަދަ ތަންތަނަށް އިނގިރޭސި ވިލާތުން ނުވަތަ ޔޫރަޕުން ހޯއްދަވަން ބޭނުންފުޅުވެގެން އެދިވަޑައިގަންނަވާ އެކިއެކި ތަކެތި ހޯދުމާއި، ފޮނުވުމުގެ ޚަރަދު ހަމަޖެއްސުމާއި، އެކަންކަމުގައި އެހީތެރިވެދިނުން.
  11. ސަރުކާރުގެ އެކިއެކި ފަރާތްތަކުން ފޮނުއްވައިގެން އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ކުދިން އިނގިރޭސި ވިލާތުގައި ތިބުމާއި ކިޔެވުމާބެހޭ ކަންތައްތަކުގައި އެހީތެރިވެ ދިނުން.
  12. އިނގިރޭސިވިލާތުގެ ޓީވީއާއި ރޭޑިއޯއިން ފޮނުވާ އަދި ނޫސްތަކުގައިޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި، ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، އެފަދަ ކަންކަމާބެހޭގޮތުން މިނިސްޓްރީން ނެރޭ ޕްރެސްރިލީޒް ނެރުންފަދަ ކަންތައްތައް ކުރުން.
  13. އިނގިރޭސިވިލާތުގައިވާ ދިވެހި ސަރުކާރުގެ އިމާރާތްތަކާއި އެނޫންވެސް މިލްކުތައް ބެލެހެއްޓުމާއި، މަރާމާތުކުރުން.
  14. އިނގިރޭސިވިލާތުގައި ދިވެހި ސަރުކާރުން ހައްދަވާ ތަންތަން އިމާރާތްކުރުމާބެހޭ ކަންތައްތައް ސަރުކާރުން އަންގަވައިފި ހިނދެއްގައި ކުރުން.
  15. ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގައި ހިންގަވާ އެކިއެކި މަޝްރޫޢުތަކަށް ހިނގާ ޚަރަދުތަކުގެ ހިސާބުތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ބެލެހެއްޓުން.
  16. އިނިގިރޭސި ސަރުކާރުގެ ފަރާތްތަކުންނާއި، އެހެނިހެން ޑިޕްލޮމެޓިކް މިޝަންތަކުންނާއި، އެކިއެކި ޖަމާޢަތްތަކުން ދިވެހި ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ފޮނުއްވާ ޚާއްޞަ ލިޔުންތަކާއި، ޕާރުސަލްފަދަ ތަކެތި ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި އަދި ސަރުކާރުގެ ފަރާތްތަކުން އިނގިރޭސި ސަރުކާރުގެ އެކިއެކި ފަރާތްތަކާއި، އެނޫން ފަރާތްތަކަށް ފޮނުއްވާ އެކިއެކި ލިޔުންތަކާއި ޕާރުސަލްފަދަ ތަކެތި ރައްދުކުރުން.
  17. އިނގިރޭސި ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމެންޓުގެ މެންބަރުންނާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި ޚަބަރުފަތުރާ ފަރާތްތަކާ ގުޅުން އުފައްދައި އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  18. ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށްލިބޭ ދަޢުވަތުތައް ޤާބޫލުކޮށް، އެފަދަ ޙަފުލާތަކުގައި ބައިވެރިވުން.
  19. ސިޔާސީ އަދި އިޤުތިޞާދީ މައްސަލަތަކާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ސިޔާސަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ފައިދާއަށާއި، މަސްލަހަތަށް އަސަރުކުރާނެކަމަށް ފެންނަ ކަންތައްތައް ބަލައި، އެ ކަންތައްތަކާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދައި، ދިވެހި ސަރުކާރަށް އަންގަމުން ގެންދިއުން.
  20. ދިވެހިރާއްޖެއަށް އެހީވާ ބޭރުގެ ޤައުމުތަކާއި، ޔޫރަޕިއަން ޔޫނިއަންގެ ސިޔާސަތަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ދުރާލައި ހޯދުން.
  21. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  22. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، އިނގިރޭސިވިލާތުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  23. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް ހައިކޮމިޝަނުގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  24. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ނ) ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް

  1. ސްރީލަންކާގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ސްރީލަންކާއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ސްރީލަންކާ ސަރުކާރުގެ ފަރާތުންނާއި އަދި އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ، ވަރކްޝޮޕްފަދަ ކަންކަމުގައި މިނިސްޓްރީން އަންގައިފި ހިނދެއްގައި، އެންގިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
  4. ސްރީލަންކާގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި، އެނޫން އެހެނިހެން ބޭނުމުގައި ތިބޭ ދިވެހިންނަށް ސްރީލަންކާގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމަށް، ސްރީލަންކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަމަށް ބޭނުންވާ ލިޔުން ދޫކުރުން.
  5. ސްރީލަންކާގައި އުފަންވާ ދިވެހި ކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  6. ސްރީލަންކާގައި ހާލުގައި ޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުން.
  7. ސްރީލަންކާއަށް ވަޑައިގަންނަވާ ސަރުކާރުގެ އެކިއެކި ޢިއްޒަތްތެރިންނާއި، ސްރީލަންކާގައި ޓްރާންސިޓް ކުރައްވާ މިފަދަ ފަރާތްތަކާ މިނިސްޓްރީން އަންގައިފި ހިނދެއްގައި އެއަރޕޯޓުން އިސްތިގުބާލުކޮށް، އެންގި މިންވަރަކަށް ޕްރޮޓްކޯލާބެހޭ ކަންތައްތައް ހަމަޖެއްސުން.
  8. ދިވެހި ސަރުކާރުގެ އޮފިޝަލުން ރަސްމީ ކަންތައްތަކުގައި ބޭރުގެ އެކިއެކި ޤައުމުތަކަށް ވަޑައިގަތުމަށް ބޭނުންވާ ވީޒާގެ ކަންތައް، ސްރީލަންކާގައި ހުންނަ އެ ޤައުމުތަކުގެ އެމްބަސީ/ހައިކޮމިޝަންތަކާ ގުޅައިގެން ހަމަޖެއްސުން.
  9. ސަރުކާރުގެ އެކިއެކި މިނިސްޓްރީ، ޑިޕާޓްމަންޓު ފަދަ ތަންތަނަށް ސްރީލަންކާއިން ހޯއްދަވަން ބޭނުންފުޅުވެގެން އެދިވަޑައިގަންނަވާ އެކިއެކި ތަކެތި ހޯދުމާއި، ފޮނުވުމުގެ ޚަރަދު ހަމަޖެއްސުމާއި، އެކަންކަމުގައި އެހީތެރިވެދިނުން.
  10. ސަރުކާރުގެ އެކިއެކި ފަރާތްތަކުން ފޮނުއްވައިގެން ސްރީލަންކާގައި ކިޔަވަމުންގެންދާ ދިވެހި ކުދިން ސްރީލަންކާގައި ތިބުމާއި، ކިޔެވުމާބެހޭ ކަންތައްތަކުގައި އެހީތެރިވެދިނުން.
  11. ސަރުކާރުން ބޭހަށް ފޮނުއްވާ އެކިއެކި ފަރާތްތަކަށް، ހަމަޖައްސަވާ އުސޫލެއްގެ މަތިން ބޭސްކުރުމުގައި އެހީތެރިވެ ދިނުން.
  12. ސްރީލަންކާގެ ޓީވީއާއި، ރޭޑިއޯއިން ފޮނުވާ އަދި ނޫސްތަކުގައި ޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި، ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، އެފަދަ ކަންކަމާބެހޭގޮތުން މިނިސްޓްރީން ނެރޭ ޕްރެސް ރިލީޒް ނެރުންފަދަ ކަންތައްތައް ކުރުން.
  13. ސަރުކާރުގެ އެކިއެކި ފަރާތްތަކުގެ ވަޒީފާއަށް ބޭނުންފުޅުވާ ސްރީލަންކާ މީހުން ހޯދުމުގައި ސަރުކާރުން ކަނޑައަޅުއްވާ ރޯލެއް އަދާކުރުން.
  14. ސްރީލަންކާގައިވާ ދިވެހި ސަރުކާރުގެ އިމާރާތްތަކާއި އެނޫންވެސް މިލްކުތައް ބެލެހެއްޓުމާއި، މަރާމާތު ކުރުން.
  15. ސްރީލަންކާގައި ދިވެހި ސަރުކާރުން ހައްދަވާ ތަންތަން އިމާރާތްކުރުމާބެހޭ ކަންތައްތައް، ސަރުކާރުން އަންގަވައިފި ހިނދެއްގައި ކުރުން.
  16. ސަރުކާރުގެ އެކިއެކި ފަރާތްތަކުން ބޭހަށް ފޮނުއްވާ މީހުންގެ ހިސާބުތަކާއި، ސަރުކާރުން ސްރީލަންކާގައި ހިންގަވާ އެކިއެކި މަޝްރޫޢުތަކަށް ހިނގާ ޚަރަދުތަކުގެ ހިސާބުތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ބެލެހެއްޓުން.
  17. ސްރީލަންކާ ސަރުކާރުގެ ފަރާތްތަކުންނާއި، އެހެނިހެން މިޝަންތަކުންނާއި، އެކިއެކި ޖަމާޢަތްތަކުން ދިވެހި ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ފޮނުއްވާ ޚާއްޞަ ލިޔުންތަކާއި، ޕާރުސަލްފަދަ ތަކެތި، ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ސަރުކާރުގެ ފަރާތްތަކުން ސްރީލަންކާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި، އެނޫން ފަރާތްތަކަށް ފޮނުއްވާ އެކިއެކި ލިޔުންތަކާއި، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން.
  18. ސްރީލަންކާ ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމެންޓުގެ މެންބަރުންނާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި، ޚަބަރުފަތުރާ ފަރާތްތަކާ ގުޅުން އުފައްދައި، އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް ރާއްޖެއަށް ފައިދާވާނެގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  19. ސިޔާސީ އަދި އިޤުތިޞާދީ މައްސަލަތަކާ ބެހޭގޮތުން ސްރީލަންކާގެ ސިޔާސަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ފައިދާއަށާއި، މަސްލަހަތަށް އަސަރުކުރާނެކަމަށް ފެންނަ ކަންތައްތައް ބަލައި، އެ ކަންތައްތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދައި، ދިވެހި ސަރުކާރަށް އަންގަމުން ގެންދިއުން.
  20. ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާއީ ޙަފުލާތަކުގައި ބައިވެރިވުމަށް ލިބޭ ދަޢުވަތުތައް ޤާބޫލުކޮށް، އެފަދަ ޙަފުލާތަކުގައި ބައިވެރިވުން.
  21. ސަރުކާރުގެ ވަޒީފާ އަދާކުރި ސްރީލަންކާ ރައްޔިތުންގެ ތެރެއިން ޕެންޝަން ލިބިފައިވާ މީހުންނާ ޙަވާލުކުރަންޖެހޭ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސްއިން އަންގަވާ ގޮތެއްގެމަތިން އެ ފަރާތްތަކާ ޙަވާލުކުރުމާއި، މިކަމާބެހޭ ހިސާބުތައް ބެލެހެއްޓުން.
  22. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ސްރީލަންކާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  23. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ސްރީލަންކާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  24. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް ހައިކޮމިޝަނުގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  25. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ރ) އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް

  1. އިންޑިޔާގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. އިންޑިޔާއަށް ޒިޔާރަތް ކުރާ ދިވެހިންނާއި އިންޑިޔާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. އިންޑިޔާ ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމަންޓް މެންބަރުންނާއި، ޚަބަރުފަތުރާ ފަރާތްތަކާއި އިންޑިޔާގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  4. ސިޔާސީ އަދި އިޤުތިޞާދީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ފައިދާއަށާއި މަސްލަހަތަށް އަސަރުކުރާނެކަމަށް ފެންނަ ކަންތައްތައް ބަލައި، އެކަންތައްތަކާބެހޭ މަޢުލޫމާތު ދިވެހި ސަރުކާރަށް އަންގަމުން ގެންދިއުން.
  5. އިންޑިޔާގެ ޓީވީއާއި ރޭޑިޔޯއިން ފޮނުވާ އަދި ނޫސްތަކުގައި ޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، އެފަދަ ޚަބަރުތަކާ ގުޅިގެން ސަރުކާރުން އަންގަވާ ގޮތަކަށް ކަންތައް ކުރުން.
  6. ދިވެހިރާއްޖޭގެ ވިޔަފާރިއާއި، ޓޫރިޒަމާއި، މަސްވެރިކަންފަދަ އިޤުތިޞާދީ އަދި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު އިންޑިޔާގެ ރައްޔިތުންނަށް ލިބޭނޭގޮތް މެދުވެރިކޮށް އެ ކަންކަން ކުރިއަރުވައި، ރާއްޖޭގެ ވިޔަފާރިއާއި ސިނާއަތާއި ތަރައްޤީއަށް މަގުފަހިވާނެ މަސައްކަތްތައް ކުރުން.
  7. އިންޑިޔާގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށް ހައިކޮމިޝަނަށް ލިބޭ ދަޢުވަތު ޤާބޫލުކޮށް އެފަދަ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
  8. ރާއްޖޭގެ ޤައުމީ ދުވަސް ފަދަ މުހިންމު ދުވަސްތައް ފާހަގަކުރުން.
  9. އިންޑިޔާ ސަރުކާރުގެ ފަރާތުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ، ވަރކްޝޮޕްފަދަ ކަންކަމުގައި ބައިވެރިވެ، ސަރުކާރުން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
  10. ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ހުށަހަޅުއްވާފައިވާ މަޝްރޫޢުތައް ވިލަރެސްކުރުން.
  11. މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
  12. ހައިކޮމިޝަނުގެ މަސައްކަތަށް އެހީލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތުހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  13. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި ހައިކޮމިޝަނުގައި އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
  14. ސަރުކާރުގެ ފަރާތްތަކުން އިންޑިޔާ ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި ރައްދުކުރުން.
  15. އިންޑިޔާގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ސަރުކާރުން ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  16. އިންޑިޔާއަށް ވަޑައިގަންނަވާ ސަރުކާރުގެ އެކިއެކި ޢިއްޒަތްތެރިންނާއި، އިންޑިޔާގައި ޓްރާންސިޓްކުރައްވާ މިފަދަ ފަރާތްތަކާ އެއަރޕޯޓުން އިސްތިގުބާލުކޮށް، ކަނޑައެޅިފައިވާ އުސޫލެއްގެމަތިން ޕްރޮޓޮކޯލާގުޅޭ ކަންތައްތައް ހަމަޖެއްސުން.
  17. ސަރުކާރުން ބޭހަށް ފޮނުއްވާ އެކިއެކި ފަރާތްތަކަށް، ހަމަޖައްސަވާ އުސޫލެއްގެމަތިން ބޭސްކުރުމުގައި އެހީތެރިވެ ދިނުން.
  18. އިންޑިޔާގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  19. ހާލުގައިޖެހިގެން އެކިއެކި އެހީއަށްއެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
  20. ދިވެހި ސަރުކާރުގެ އޮފިޝަލުން، ރަސްމީ ކަންތައްތަކުގައި ބޭރުގެ ޤައުމުތަކަށް ވަޑައިގަތުމަށް ބޭނުންވާ ވީޒާގެ ކަންތައް، އިންޑިޔާގައި ހުންނަ އެ ޤައުމެއްގެ އެމްބަސީ/ހައިކޮމިޝަންތަކާ ގުޅައިގެން ހަމަޖެއްސުން.
  21. ދިވެހި ސަރުކާރުން ނިންމަވާ ގޮތެއްގެމަތިން އިންޑިޔާގެ އެކިއެކި ހިސާބުގައި ކޮންސިއުލޭޓުތައް ގާއިމުކޮށް، އެ ކޮންސިއުލޭޓުތައް ހިންގުން.
  22. ސަރުކާރުން އަންގަވައިފި ހިނދެއްގައި، އިންޑިޔާގެ އިމިގްރޭޝަނާ ގުޅައިގެން އިންޑިޔާއަށް އެތެރެވާ އަދި ބޭރުވާ ދިވެހިންނާބެހޭ މަޢުލޫމާތު ބެލެހެއްޓުން.
  23. އިންޑިޔާގައި ކިޔަވަން ތިބޭ ދިވެހި ކިޔަވާ ކުދިންނާއި، އެނޫން ބޭނުންތަކުގައި އިންޑިޔާގައި ތިބުމަށް ބޭނުންވާ ދިވެހިންނަށް އިންޑިޔާގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމުގައި އެހީތެރިވެދިނުން.
  24. އިންޑިޔާ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުގެ ދަށުން އިންޑިޔާގައި ކިޔަވާ ކުދިންނާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވުން.
  25. ބޫޓާނާއި ނޭޕާލާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަހަންމިއްޔަތު ދީގެން ކުރަންޖެހޭ ކަންތައް ފާހަގަކޮށް، އެ މަސައްކަތްތައް ރާވާއި ހިންގުން.
  26. ސަލާމަތީ އަދި ދިފާއީ ދާއިރާއިން ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޑިފެންސް އެޓާޝޭ ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  27. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، އިންޑިޔާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  28. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، އިންޑިޔާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  29. ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުން.
  30. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް ހައިކޮމިޝަނުގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  31. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ރ.1) ތިރުވަނަންތަޕޫރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ މަސައްކަތްތައް

  1. ތިރުވަނަންތަޕޫރަމުގައި ދިރިއުޅެމުންގެންދާ ދިވެހިންނަށާއި، ދިވެހި ކިޔަވާކުދިންނަށާއި، އެހެން ބޭނުންތަކުގައި ތިރުވަނަންތަޕޫރަމަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިވެދިނުމުގެ ގޮތުން އެފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާގުޅިގެން މަސައްކަތްކޮށް ދިނުން.  އަދި، އެގޮތުން ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށާއި، މިނިސްޓްރީއަށް ދިނުން.
  2. 1 ވަނަ ނަންބަރުގައި ބުނެފައިވާ ކަންތައްތަކާ ބެހޭގޮތުން އިންޑިޔާގެ ސެންޓްރަލް ގަވަރމަންޓާ ގުޅަންޖެހޭނަމަ، ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް އެކަން ކުރުން.  އަދި، އެކަންކަމާބެހޭގޮތުން ކެރެލާ ސްޓޭޓް ގަވަރމަންޓުގެ ފަރާތްތަކާއި، ނުވަތަ އެހެނިހެން ސްޓޭޓް ގަވަރމަންޓެއްގެ ފަރާތްތަކާ ގުޅަންޖެހިއްޖެ ހިނދެއްގައި ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ލަފަޔާއި އިރުޝާދުގެ މަތިން އެކަމެއް ކުރުން.
  3. ތިރުވަނަންތަޕޫރަމުގައި ހިންގާ އެކިއެކި މަދަނީ ހަމަނުޖެހުންތަކުގައި ދިވެއްސެއްގެ ދައުރުވާނަމަ، ނުވަތަ ދިވެއްސަކަށް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ އެނޫންވެސްގޮތަކުން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއްގައި ދިވެއްސަކު ޝާމިލުވެ، ޝަރުޢީ އެއްވެސް އިދާރާއަކަށް އެ މީހަކު ހާޒިރުކޮށްފިނަމަ އެ ކަމެއްގެ މަޢުލޫމާތު އަވަހަށް ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ދީ، ދިވެހި ސަރުކާރަށް އަންގައި، އެކަމެއް ޙައްލުކުރުމަށް ގަވާއިދުން ފިޔަވަޅު އެޅުން.
  4. ތިރުވަނަންތަޕޫރަމުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި އެނޫން ބޭނުންތަކުގައި ތިބޭ ދިވެހިންނަށް އިންޑިޔާގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމަށް ކެރެލާގެ ސްޓޭޓް ގަވަރމަންޓުގެ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކޮށްދިނުމާއި، އެކަމަށް ބޭނުންވާ ލިޔުން ދޫކުރުމާއި އޭގެ އިތުރުންވެސް އެފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމަށް އިސްކޮށް ހަރަކާތްތެރިވުން.
  5. އިންޑިޔާގެ ތިރުވަނަންތަޕޫރަމްގައި އުޅޭ ދިވެހިންނާއި، ދިވެހިންގެ އެކިއެކި ޖަމާޢަތްތަކާއި ދިވެހިރާއްޖެއާއި، ދިވެހި ސަރުކާރާ ދެމެދު ގާތްގުޅުމެއް ދެމެހެއްޓުމަށް މަގުފަހިކޮށް، އެ މީހުންގެ ކިބައިގައި ދިވެހިވަންތަކަމާއި ޤައުމިއްޔަތު އަށަގެންނެވުމަށް މަސައްކަތްކޮށް، ރާއްޖޭގެ ޤައުމީ ފައިދާއާއި މަސްލަހަތަށް މަސައްކަތް ކުރުން. އަދި، ތިރުވަނަންތަޕޫރަމްގައި އުޅޭ ދިވެއްސެއްގެ ނުވަތަ ދިވެހިންގެ ބަޔަކު ކުރާ ކަމެއްގެ ސަބަބުން އެކަމުގެ ގެއްލުން ރާއްޖޭގެ ޤައުމީ މަސްލަހަތަށާއި ސަލާމަތަށް ކުރާނެކަމަށް ފެނިއްޖެ ހިނދެއްގައި، އެކަމުގެ މަޢުލޫމާތު ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށާއި، ދިވެހި ސަރުކާރަށް ފޯރުކޮށްދިނުން.
  6. ދިވެހިރާއްޖޭގެ ވިޔަފާރިއާއި، ފަތުރުވެރިކަމާއި، މަސްވެރިކަންފަދަ އިޤުތިޞާދާއި ތަރައްޤީއާގުޅޭ މަޝްރޫޢުތަކަށް ބޭނުންވާ މަޢުލޫމާތު އިންޑިޔާގެ ރައްޔިތުންނަށާއި، ތިރުވަނަންތަޕޫރަމްގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދީ، ދިވެހިރާއްޖޭގެ ވިޔަފާރީގެ ތަރައްޤީއަށް މަގުފަހިކުރުން.
  7. ސްޓޭޓް ގަވަރމަންޓުގެ އިސްފަރާތްތަކާއި، ސްޓޭޓްގައި ތިއްބަވާ އިންޑިޔާ ސަރުކާރުގެ އިސްފަރާތްތަކާއި، ޚަބަރުފަތުރާ ފަރާތްތަކާ ގާތްގުޅުމެއް ބާއްވައި، އެ ގުޅުމަކީ ރާއްޖެއަށް ފައިދާކުރަނިވި ގުޅުމެއްގެ ގޮތުގައި ބައްޓަން ކުރުމަށް މަސައްކަތް ކުރުން.
  8. ތިރުވަނަންތަޕޫރަމުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ކޮންސިއުލޭޓުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށް ސްޓޭޓް ގަވަރމަންޓުންނާއި އެކިއެކި އެން.ޖީ.އޯ ތަކުންނާއި ބައިނަލްއަގުވާމީ ޖަމާޢަތްތަކުން ކޮންސިއުލޭޓަށް ދޭ ދަޢުވަތުތައް ޤަބޫލުކޮށް އެފަދަ ޙަފުލާތަކުގައި ރާއްޖެ ތަމްސީލުކޮށް ރާއްޖޭގެ މަސްލަހަތު ކުރިއެރުވުމަށް އެފަދަ ޙަފުލާތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުން.
  9. ތިރުވަނަންތަޕޫރަމް ނުވަތަ ކެރެލާ ސްޓޭޓް ސަރަހައްދުގެ އިޤުތިޞާދީ ނުވަތަ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރު ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި، ޤައުމީ ފައިދާއަށް ކޮށްފާނެ ކަންތައްތައް ދެނެގަނެ އެކަމާބެހޭ މަޢުލޫމާތު ދިވެހި ސަރުކާރަށް ފޯރުކޮށްދިނުން.
  10. ރާއްޖޭގެ ޤައުމީ ދުވަސްފަދަ މުހިންމު ދުވަސްތައް ފާހަގަކުރުން.
  11. އިންޑިޔާގެ ޓީ.ވީ އާއި ރޭޑިޔޯއިން ފޮނުވާ އަދި ނޫސްތަކުގައި ޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި މިނިސްޓްރީއަށް ފޮނުވާ އެފަދަ ޚަބަރުތަކާ ގުޅިގެން ސަރުކާރުން އަންގަވާ ގޮތެއްގެމަތިން ޢަމަލުކުރުން.
  12. ތިރުވަނަންތަޕޫރަމްގައި ހުންނަ ސަރުކާރުގެ ފަރާތްތަކާއި، ބައިނަލްއަގުވާމީ ފަރާތްތަކަށް ރައްދުކުރުމަށް ދިވެހި ސަރުކާރުންނާއި ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ފޮނުވާ ލިޔުންތަކާއި ތަކެތި ރައްދުކޮށްދިނުން.
  13. ތިރުވަނަންތަޕޫރަމް މަގުން އިންޑިޔާއަށް ވަޑައިގަންނަވާ ރާއްޖޭގެ އެކިއެކި ޢިއްޒަތްތެރިންނަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕްރޮޓޮކޯލްގެ ކަންތައްތައް ހަމަޖެއްސުން.
  14. ތިރުވަނަންތަޕޫރަމްގައި އުފަންވާ ދިވެހި ކުދިންނަށް ބޭނުންވެއްޖެ ހިނދެއްގައި ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  15. ސަރުކާރުން އަންގަވައިފި ހިނދެއްގައި ތިރުވަނަންތަޕޫރަމަށް އެތެރެވާ އަދި ބޭރުވާ ދިވެހިންނާބެހޭ މަޢުލޫމާތު ހޯދުން.
  16. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ކޮންސިއުލޭޓަށް ނިސްބަތްވާ ކޮންސިއުލަރ ޑިސްޓްރިކްޓްގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއާ ގުޅިގެން އެންމެ ފުރިހަމައަށް ހިފުން.
  17. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ކޮންސިއުލޭޓަށް ނިސްބަތްވާ ކޮންސިއުލަރ ޑިސްޓްރިކްޓްގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  18. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން މިނިސްޓްރީން ނުވަތަ ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންގަވާ ކަންތައްތައް ކުރުން.

(ބ) މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް

  1. މެލޭޝިޔާގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. މެލޭޝިޔާއަށް ޒިޔާރަތް ކުރާ ދިވެހިންނާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. މެލޭޝިޔާ ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމަންޓުގެ މެންބަރުންނާއި، ޚަބަރުފަތުރާ ފަރާތްތަކާއި، މެލޭޝިޔާގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  4. މެލޭޝިޔާގައި ހިންގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި، ދިވެހިރާއްޖެއަށް މުހިންމުވާނެ ކަމަށް ހައިކޮމިޝަނަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  5. މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން.  އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް މެލޭޝިޔާގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް މެލޭޝިޔާގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
  6. މެލޭޝިޔާގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުންކުރުން.
  7. ރާއްޖޭގެ މިނިވަން ދުވަސް މެލޭޝިޔާގައި ފާހަގަކުރުން.
  8. މެލޭޝިޔާ ސަރުކާރުންނާއި އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕްފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލްކުރުން.
  9. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން މެލޭޝިޔާ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތައް ވިލަރެސްކުރުން.
  10. މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
  11. ހައިކޮމިޝަނުގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  12. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި ހައިކޮމިޝަނުގައި އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
  13. ސަރުކާރުގެ ފަރާތްތަކުން މެލޭޝިޔާ ސަރުކާރަށާއި، މެލޭޝިޔާގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  14. ރަސްމީ ދަތުރުފުޅުތަކުގައި މެލޭޝިޔާއަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެމަތިން ޕްރޮޓޮކޯލްގެ ޚިދުމަތް ފޯރުކޮށްދިނުން.
  15. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، މެލޭޝިޔާއަށް އެތެރެވިތޯ ނުވަތަ ނޫންތޯ މެލޭޝިޔާގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ހޯދުމަށް މަސައްކަތްކުރުން.
  16. މެލޭޝިޔާގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  17. ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
  18. މެލޭޝިޔާ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުގެ ދަށުން މެލޭޝިޔާގައި ކިޔަވާ ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
  19. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، މެލޭޝިޔާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  20. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، މެލޭޝިޔާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  21. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް ހައިކޮމިޝަނުގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  22. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ޅ) ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަނުގެ މަސައްކަތްތައް

  1. ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކުންނާއި، ބައިނަލްއަގުވާމީ އިދާރާތަކުން ރާވައި އިންތިޒާމްކުރާ ޖަލްސާތަކަށް، ރާއްޖެއިން ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުމާއި، ކުރަންޖެހޭ ހުރިހާ ކަމެއްކުރުމާއި، އެފަދަ ޖަލްސާތަކުގައި ގަވާއިދުން ބައިވެރިވުން.  މީގެ އިތުރުން، މި ޖަލްސާތަކުގައި ބަހުސްކުރެވޭ ކަންތައްތަކާއި، ހުށަހެޅޭ ހުށަހެޅުންތަކާއި، ނިންމާކަންތައްތައް ދިރާސާކޮށް، ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންތައްތަކަށް ޢަމަލުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން. އަދި، ބައިވެރިވާ ޖަލްސާތައް ނިމުމުން ޖަލްސާއާބެހޭ ރިޕޯޓެއް ތައްޔާރުކޮށް، މިނިސްޓްރީއަށް ގަވާއިދުން ފޮނުވުން.
  2. ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކާއި، އެކިއެކި ޤައުމުތަކުގެ މިޝަންތަކާއި، ނޮން – ގަވަރމަންޓަލް އޯގަނައިޒޭޝަން (އެން.ޖީ.އޯ) ފަދަ އަމިއްލަ ޖަމުޢިއްޔާތަކާއި، ޚަބަރުފަތުރާ ފަރާތްތަކާ ގުޅިގެން، ރާއްޖޭގެ މަސްލަހަތަށް ފައިދާވާނެ ގޮތެއްގެމަތިން އެކަށީގެންވާ "ޕްރޮއެކްޓިވް" ރޯލެއް އަދާކުރުން.
  3. ދިވެހިރާއްޖެއާބެހޭގޮތުން ޖެނީވާގެ ނޫސްތަކާއި، މަޖައްލާތަކުގައި ޝާއިޢުކުރާ އެކިއެކި ލިޔުންތައް ބަލައި، އެލިޔުންތައް މިނިސްޓްރީއަށް ނުވަތަ ކަމާބެހޭ ސަރުކާރުގެ އޮފީސްތަކަށް ފޮނުވައި، މިފަދަ ލިޔުންތަކުގައި ހުންނަ ޞައްޙަނޫން މަޢުލޫމާތަކީ ކޮބައިކަން އެފަދަ ނޫސްތަކާއި މަޖައްލާތަކުގެ ކަމާބެހޭ ފަރާތްތަކަށް އޮޅުން ފިލުވައިދެމުން ގެންދިއުން. އަދި، އެފަދަ ނޫސްތަކާއި މަޖައްލާތަކުގައި ހުންނަ ޞައްޙަނޫން މަޢުލޫމާތު އޮޅުންފިލުވައި ދިނުމުގެ ގޮތުން މިނިސްޓްރީން ނެރުއްވާ ޕްރެސް ރިލީޒް، ޚަބަރުފަތުރާ ވަސީލަތްތަކަށް ފޮނުވުން.
  4. ޖެނީވާގައި ހުންނަ އ.ދ.ގެ އިދާރާތަކުންނާއި، އެކިއެކި ޤައުމުތަކުގެ މިޝަންތަކުގެ ފަރާތުން ރާވައިގެން ބާއްވާ ޖަލްސާ، ރިސެޕްޝަނާއި ފަރިއްކޮޅުފަދަ އިޖުތިމާޢީ ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ، މިނިސްޓްރީއަށް ފޮނުވުން.
  5. ޖެނީވާގައި ތިބޭ ދިވެހި ކިޔަވާކުދިންނާއި، އެނޫން ދިވެހި ރައްޔިތަކު ނުވަތަ ބަޔަކު ރަސްމީގޮތުން މިޝަން މެދުވެރިކޮށް ކަމެއް ކުރަން އެދިއްޖެނަމަ، އެކަމެއް ވީއެންމެ ރަނގަޅަކަށް ކޮށްދިނުން.
  6. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ސްވިޒަރލޭންޑްގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  7. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ސްވިޒަރލޭންޑްގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  8. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ކ) ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް

  1. ޖަޕާނުގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ޖަޕާނަށް ޒިޔާރަތް ކުރާ ދިވެހިންނާއި ޖަޕާނުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ޖަޕާން ސަރުކާރުގެ އިސް ފަރާތްތަކާއި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ޚަބަރުފަތުރާ ފަރާތްތަކާއި، ޖަޕާނުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރަފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
  4. ޖަޕާނުގައި ހިނގާ ސިޔާސީ، އިޤުތިޞާދީ މުހިންމު ކަންކަމާއި، ދިވެހިރާއްޖެއަށް މުހިންމުވާނެ ކަމަށް އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވަމުން ގެންދިއުން.
  5. ޖަޕާނުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދީ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޖަޕާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދީ އިންވެސްޓަރުންނަށް ޖަޕާނުގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
  6. ޖަޕާނުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުންކުރުން.
  7. ރާއްޖޭގެ މިނިވަންދުވަސް ޖަޕާނުގައި ފާހަގަކުރުން.
  8. ޖަޕާން ސަރުކާރުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
  9. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޖަޕާން ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީ ހޯދުމުގެ މަސައްކަތް ވިލަރެސް ކުރުން.
  10. މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
  11. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  12. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އެމްބަސީގައި އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
  13. ސަރުކާރުގެ ފަރާތްތަކުން ޖަޕާން ސަރުކާރަށާއި، ޖަޕާނުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  14. ރަސްމީ ހައިސިއްޔަތުން ޖަޕާނަށް ވަޑައިގަންނަވާ ދިވެހި ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށްދިނުން.
  15. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ޖަޕާނަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޖަޕާނުގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބަލައި، އެފަދަ މީހުން ހޯދުމަށް މަސައްކަތް ކުރުން.
  16. ޖަޕާނުގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  17. ޖަޕާނުގައި، ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެ ދިނުން.
  18. ޖަޕާން ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ޖަޕާނުގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށާއި، ޖަޕާނުގައި އުޅޭ އެނޫން ދިވެހިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
  19. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ޖަޕާނުގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  20. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ޖަޕާނުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  21. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  22. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(އ) ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް

  1. ސިންގަޕޫރުގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ސިންގަޕޫރަށް ޒިޔާރަތް ކުރާ ދިވެހިންނާއި ޖަޕާނުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ސިންގަޕޫރު ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ސިންގަޕޫރުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރަފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުންތައް ދެމެހެއްޓުން.
  4. ސިންގަޕޫރުގައި ހިނގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  5. ސިންގަޕޫރުގައި ހުންނަ ބައިނަލްއަގުވާމީ ނުވަތަ ސަރަހައްދީ ޖަމުޢިއްޔާތަކުގެ އޮފީސްތަކާއި، ތިންކްޓޭންކްތަކާ ގުޅުން އުފައްދައި، އެ ޖަމާޢަތްތަކުން ރާއްޖެއަށް ލިބެންހުރި ފުރުޞަތުތައް ހޯދުމާއި، އެފަރާތްތަކުން ލިބެންހުރި އެހީތައް ހޯދުން.
  6. ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމާއި، އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން.  އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ސިންގަޕޫރުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ސިންގަޕޫރުގައި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށް ދިނުން.
  7. ސިންގަޕޫރުގައި، ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
  8. ރާއްޖޭގެ މިނިވަންދުވަސް ސިންގަޕޫރުގައި ފާހަގަކުރުން.
  9. ސިންގަޕޫރު ސަރުކާރުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
  10. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ސިންގަޕޫރު ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
  11. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
  12. ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  13. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި ހައިކޮމިޝަނުގައި އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
  14. ސަރުކާރުގެ ފަރާތްތަކުން ސިންގަޕޫރު ސަރުކާރަށާއި، ސިންގަޕޫރުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  15. ރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓްކޯލްގެ ޚިދުމަތް ފޯރުކޮށް ދިނުން.
  16. ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ސިންގަޕޫރަށް އެތެރެވިތޯ ނުވަތަ ނޫންތޯ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތް ކުރުން.
  17. ސިންގަޕޫރުގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  18. ސިންގަޕޫރުގައި، ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެ ދިނުން.
  19. ސިންގަޕޫރު ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ސިންގަޕޫރުގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
  20. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ސިންގަޕޫރުގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  21. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ސިންގަޕޫރުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  22. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ވ) ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް

  1. ސަޢޫދީ ޢަރަބިއްޔާގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ސަޢޫދީ ޢަރަބިއްޔާ ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ސަޢޫދީ ޢަރަބިއްޔާގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
  4. ސަޢޫދީ ޢަރަބިއްޔާގައި ހިނގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓް ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  5. އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ)އާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ ސެކްރެޓޭރިއެޓާ ގުޅުން ބަދަހިކޮށް އެ ޖަމާޢަތްތަކުން ރާއްޖެއަށް ލިބޭ އެހީތައް އިތުރުކުރުމަށް މަސައްކަތްކުރުން.
  6. ރާއްޖޭން ޙައްޖަށްދާ މީހުންގެ ކަންތައްތައް ބެލުމާއި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެމީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަޢޫދީ ޢަރަބިއްޔާ ސަރުކާރާ ގުޅައިގެން މަސައްކަތް ކުރުން.
  7. ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ސަޢޫދީ ޢަރަބިއްޔާގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމާއި، އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން.  އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ސަޢޫދީ ޢަރަބިއްޔާގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ސަޢޫދީ ޢަރަބިއްޔާގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގު ފަހިކޮށްދިނުން.
  8. ސަޢޫދީ ޢަރަބިއްޔާގައި، ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތްތަކުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުން ކުރުން.
  9. ރާއްޖޭގެ މިނިވަންދުވަސް ސަޢޫދީ ޢަރަބިއްޔާގައި ފާހަގަކުރުން.
  10. ސަޢޫދީ ޢަރަބިއްޔާ ސަރުކާރުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕްފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވި ފަދައަކުން ރާއްޖެ ތަމްސީލުކުރުން.
  11. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ސަޢޫދީ ޢަރަބިއްޔާ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސް ކުރުން.
  12. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
  13. ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  14. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަށް ބޭނުންވެދާނެ ކަމަށް ފެންނަ ލިޔުންތަކާއި ތަކެތި، އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
  15. ސަރުކާރުގެ ފަރާތްތަކުން ސަޢޫދީ ޢަރަބިއްޔާ ސަރުކާރަށާއި، ސަޢޫދީ ޢަރަބިއްޔާގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  16. ރަސްމީ ދަތުރުފުޅުތަކުގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލްގެ ޚިދުމަތް ފޯރުކޮށް ދިނުން.
  17. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވިތޯ ނުވަތަ ނޫންތޯ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.
  18. ސަޢޫދީ ޢަރަބިއްޔާގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  19. ސަޢޫދީ ޢަރަބިއްޔާގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެ ދިނުން.
  20. ސަޢޫދީ ޢަރަބިއްޔާ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ސަޢޫދީ ޢަރަބިއްޔާގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެ ދިނުން.
  21. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ސަޢޫދީ ޢަރަބިއްޔާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  22. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު ސަޢޫދީ ޢަރަބިއްޔާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  23. ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުން.
  24. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  25. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ވ.I) ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ މަސައްކަތްތައް

  1. ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ދިވެހިންނަށް ދިމާވާ ކޮންސިއުލަރ މައްސަލަތަކުގައި އެހީތެރިވެދިނުން.
  2. ސަރުކާރުން ފޮނުއްވައިގެން ޙައްޖަށް ވަޑައިގަންނަވާ ދިވެހި ވަފްދުތަކުން (ޙައްޖު މިޝަންތަކުން) ބޭނުންވާ ޚިދުމަތްތައް ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަޝްވަރާގެ މަތިން ކުރުން.
  3. ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި، ޖިއްދާގައި ދިރިއުޅޭ ދިވެހިންނާއި، ޖިއްދާއަށް ޒިޔާރަތްކުރާ ދިވެހިންގެ މަޢުލޫމާތު ހޯދައި، އެ މީހުންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީ، ކޮންސިއުލަރ ޚިދުމަތްތައް ދިނުން. މިގޮތުން:

(ހ) ޖިއްދާގެ ކަމާބެހޭ ފަރާތްތަކުން ދިވެހިންނަށް ފިޔަވަޅު އެޅުމުން، ބައިނަލްއަގުވާމީ ކޮންސިއުލަރ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ދިވެހިންނަށް އެހީތެރިވެދިނުން.

(ށ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ގެއްލުމުން، ނުވަތަ އެ ތަކެތީގެ މުއްދަތު ހަމަވުމުން، ނުވަތަ އެ ތަކެތި ހަލާކުވުމުން، މިކަން ކުރިމަތިވާ ދިވެހިންނަށް، ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެހީތެރިވެދިނުން.

(ނ) ޖިއްދާއަށް އުފަންވާ ދިވެހިކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ޑޮކިއުމަންޓް، ކަމާބެހޭ އިދާރާއާ ގުޅިގެން ދޫކުރުމާއި، ސަޢޫދީ ޢަރަބިއްޔާއިން ބޭރުވުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް އެހީތެރިވެދިނުން.

(ރ) ޖިއްދާގައި ހާލުގައިޖެހޭ ދިވެހިންނަށް، ބައިނަލްއަގުވާމީ ކޮންސިއުލަރ އުސޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެހީތެރިވެދިނުން.

(ބ) ޖިއްދާގައި ދިވެއްސަކު މަރުވެއްޖެ ނަމަ، އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

(ޅ) ދިވެހި ރައްޔިތުކަން ހޯދަން ބޭނުންވާ ފަރާތްތަކަށާއި، ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް، ޤާނޫނާތަކާއި ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ފަހިކޮށްދިނުން.

  1. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން ބާއްވާ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެ، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ މިނިސްޓްރީއާއި ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހިއްސާކުރުން.
  2. ޖިއްދާގައި ހިންގާ އެކިއެކި މަދަނީ ހަމަނުޖެހުންތަކުގައި ދިވެއްސެއްގެ ދައުރެއް އޮތް ނަމަ، ނުވަތަ މިފަދަ  ހަމަނުޖެހުންތަކުގެ ތެރެއިން ދިވެއްސަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، ނުވަތަ އެނޫންވެސް ގޮތަކުން ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލެއްގައި ދިވެއްސަކު ޝާމިލުވެ، ޝަރުޢީ އެއްވެސް އިދާރާއަކަށް އެ މީހަކު ހާޒިރުކޮށްފި ނަމަ، އެ ކަމެއްގެ މަޢުލޫމާތު ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އަވަހަށް އަންގައި، މިނިސްޓްރީއާ ހިއްސާކޮށް، މިނިސްޓްރީގެ ލަފާގެމަތިން އެ ކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުން.
  3. ޖިއްދާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާއި، އެނޫން ބޭނުންތަކުގައި ޖިއްދާގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ވީޒާ ހޯދުމަށް ސަޢޫދީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެ ކަމަށް ބޭނުންވާ ލިޔުން ދޫކުރުމާއި، އެ ފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމަށް އިސްކޮށް ހަރަކާތްތެރިވުން.
  4. ޖިއްދާގައި އުޅޭ ދިވެހިންނާއި، ދިވެހިންގެ އެކިއެކި ޖަމާޢަތްތަކާއި، ދިވެހިރާއްޖެއާއި ދިވެހި ސަރުކާރާ ދެމެދު ގާތް ގުޅުމެއް ދެމެހެއްޓުމަށް މަގުފަހިކޮށް، އެ މީހުންގެ ކިބައިގައި ދިވެހިވަންތަކަމާއި ޤައުމިއްޔަތު އަށަގެންނެވުމަށް މަސައްކަތްކޮށް، ރާއްޖޭގެ ޤައުމީ ފައިދާއާއި މަސްލަހަތަށް މަސައްކަތް ކުރުން.
  5. ޖިއްދާގައި އުޅޭ ދިވެއްސަކު ނުވަތަ ދިވެހިންގެ ބަޔަކު ކުރާ ކަމެއްގެ ސަބަބުން އެ ކަމުގެ ގެއްލުން ރާއްޖޭގެ ޤައުމީ މަސްލަހަތަށާއި ސަލާމަތަށް ކުރާނެކަމަށް ފެނިއްޖެ ހިނދެއްގައި، އެ ކަމުގެ މަޢުލޫމާތު ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށާއި، މިނިސްޓްރީއާ ހިއްސާކޮށް، މިނިސްޓްރީގެ ލަފާގެމަތިން އެ ކަންކަން ކުރިއަށް ގެންދިއުން.
  6. ޖިއްދާގައި ބާއްވާ އެކިއެކި ޖަލްސާތަކަށް ދަޢުވަތު ލިބުމުން، މިނިސްޓްރީގެ ލަފާގެ މަތިން އެ ޖަލްސާތަކުގައި ބައިވެރިވެ، އެ ޖަލްސާތަކުގައި ބަހުސްކުރެވޭ މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތަކުގައި ރާއްޖެއިން ގެންގުޅެންވީ ސިޔާސަތުގެ ލަފާ މިނިސްޓްރީއަށް ހުށަހަޅައި، ރާއްޖޭގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖެ ތަމްސީލުކޮށް، އެ ޖަލްސާތަކުގައި ނިންމޭ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓު ކުރުން.
  7. ޖިއްދާގެ ޓީވީއާއި، ރޭޑިއޯއާއި، ނޫސްތަކާއި، މީސްމީޑިއާގައި ދައުރުވާ، ދިވެހިރާއްޖެއާ ގުޅުންހުރި ޚަބަރުތަކާއި، މަޢުލޫމާތާއި، ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، ރާއްޖެއާބެހޭ ލިޔުންތަކުގައި ހުންނަ ޞައްޙަނޫން މަޢުލޫމާތަކީ ކޮބައިކަން އެފަދަ ނޫސްތަކާއި މަޖައްލާތަކުގެ ކަމާބެހޭ ފަރާތްތަކަށް އޮޅުންފިލުވައިދެމުން ގެންދިޔުމާއި، އެފަދަ ކަންކަމާ ބެހޭގޮތުން މިނިސްޓްރީން ނެރޭ ޕްރެސް ރިލީޒުގެ މަޢުލޫމާތު ފޯރުކޮށްދީ، އެ ކަންކަމުގައި އެހީތެރިވެދިނުން.
  8. ސަރުކާރު ނޫން އެހެން ފަރާތްތައް، ޚާއްޞަކޮށް ޢިލްމީ ޖަމުޢިއްޔާތަކާއި ޚަބަރު ފަތުރާ ފަރާތްތަކާއި  އެނޫންވެސް ނުފޫޒު ގަދަ ފަރާތްތަކާއި ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުންއުފައްދައި، އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  9. ރާއްޖޭގެ އުފެއްދުންތަކަށް ޖިއްދާއިން މާކެޓް ހޯދުމާއި، ޖިއްދާއިން ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތަކާއި ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން.
  10. ދިވެހިރާއްޖޭގެ ވިޔަފާރިއާއި، ޓޫރިޒަމާއި، މަސްވެރިކަމާއި، އިޤުތިޞާދީ އެހެން މަސައްކަތްތަކާއި އަދި ތަރައްޤީގެ މަސައްކަތްތަކާއި އިޖުތިމާއީ ހަރަކާތްތަކުގެ މަޢުލޫމާތު ޖިއްދާގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  11. ޖިއްދާގައި ދިވެހިރާއްޖެ ތަމްސީލުކުރާ ކޮންސިއުލޭޓުގެ ހައިސިއްޔަތުން އިޖުތިމާއީ އެކިއެކި ޙަފުލާތަކުގައި ބައިވެރިވުމަށް ސަރުކާރުންނާއި އެކިއެކި ނޮން ގަވަރމަންޓަލް އޯގަނައިޒޭޝަންތަކުންނާއި ބައިނަލްއަގުވާމީ ޖަމާޢަތްތަކުން ލިބޭ ދަޢުވަތުތައް ޤަބޫލުކޮށް، އެ ޙަފުލާތަކުގައި ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތު ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުންކުރުން.
  12. ރާއްޖޭގެ މަސްލަހަތު ކުރިއެރުވުމާ ގުޅޭގޮތުންނާއި، ކޮންސިއުލޭޓާ ހަވާލުވެފައިވާ އެހެނިހެން މަސައްކަތްތައް ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންގޮސް، ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް، މިނިސްޓްރީއަށް ފޮނުވުން.
  13. ސަޢޫދީ ޢަރަބިއްޔާ، ޚާއްޞަކޮށް ޖިއްދާގެ އިޤުތިޞާދީ މަސްރަޙަށާއި ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި، ޤައުމީ ފައިދާއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަމާބެހޭ މަޢުލޫމާތު ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  14. ޖިއްދާއަށް އެތެރެވާ ދިވެހިންނާއި، ބޭރުވާ ދިވެހިންނާބެހޭ މަޢުލޫމާތު، ސަރުކާރުން އަންގަވައިފި ހިނދެއްގައި ހޯދައި، އެ މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކުރުން.
  15. ދައުލަތުގެ އިސްބޭފުޅުން ޖިއްދާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި، ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އެހީތެރިވެ ދިނުން.
  16. ސަރުކާރުން ފޮނުވާ ލިޔުންތައް އެކިއެކި ފަރާތްތަކަށް ރައްދުކުރުން.
  17. ރާއްޖޭގެ މިނިވަންދުވަހާއި ޤައުމީ ދުވަސް ފަދަ ޚާއްޞަ ދުވަސްތަކާއި، މުހިންމު އެހެން ދުވަސްތައް ޖިއްދާގައި ފާހަގަކުރުން.
  18. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ކޮންސިއުލޭޓަށް ނިސްބަތްވާ ކޮންސިއުލަރ ޑިސްޓްރިކްޓްގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއާ ގުޅިގެން އެންމެ ފުރިހަމައަށް ހިފުން.
  19. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ކޮންސިއުލޭޓަށް ނިސްބަތްވާ ކޮންސިއުލަރ ޑިސްޓްރިކްޓްގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  20. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(މ) ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް

  1. ޗައިނާގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ޗައިނާއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ޗައިނާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ޗައިނާގެ ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ޗައިނާގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  4. ޗައިނާގައި ހިނގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމުކަމަށް ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  5. ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ޗައިނާގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމާއި، އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ރާއްޖޭގެ އިންވެސްޓަރުންނަށް ޗައިނާގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ޗައިނާގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
  6. ޗައިނާގައި، ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުންކުރުން.
  7. ރާއްޖޭގެ މިނިވަންދުވަސް ޗައިނާގައި ފާހަގަކުރުން.
  8. ޗައިނާގެ ސަރުކާރުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
  9. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޗައިނާގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
  10. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތްކުރުން.
  11. ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  12. ތާރީޚަށްޓަކައި އަދި އެނޫންވެސްގޮތަކުން ބޭނުންވެދާނެ ކަމަށް ފެންނަ ލިޔުންތަކާއި ތަކެތި، އާކައިވްކޮށް، އެތަކެތި ބެލެހެއްޓުން.
  13. ސަރުކާރުގެ ފަރާތްތަކުން ޗައިނާއަށާއި، ޗައިނާގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  14. ރަސްމީ ދަތުރުފުޅުތަކުގައި ޗައިނާއަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށް ދިނުން.
  15. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ޗައިނާއަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތް ކުރުން.
  16. ޗައިނާގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  17. ޗައިނާގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެ ދިނުން.
  18. ޗައިނާގެ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ޗައިނާގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެ ދިނުން.
  19. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ޗައިނާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  20. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ޗައިނާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  21. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  22. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ފ) ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ މިޝަނުގެ މަސައްކަތްތައް

  1. ޔޫރަޕިއަން ޔޫނިއަންއާއި ބެލްޖިއަމްގައި ދިވެހިރާއްޖެ ތަމުސީލުކޮށް، ޔޫރަޕިއަން ޔޫނިއަންއާއި ބެލްޖިއަމްގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ބެލްޖިއަމަށް ޒިޔާރަތް ކުރާ ދިވެހިންނާއި ބެލްޖިއަމްގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގެ ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ޔޫރަޕިއަން ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
  4. ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަންސޭސިވިލާތުގެ ސަރުކާރުގައި ހިނގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް މިޝަނަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  5. ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ފޯރުކޮށް ދިނުމާއި، އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން.  އަދި ރާއްޖޭގެ އިންވެސްޓަރުންނަށް ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ޔޫރަޕިއަން ކޮމިޝަނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށް ދިނުން.
  6. ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
  7. ރާއްޖޭގެ މިނިވަންދުވަސް ޔޫރަޕިއަން ޔޫނިއަންގައި ފާހަގަކުރުން.
  8. ޔޫރަޕިއަން ޔޫނިއަންނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގެ އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
  9. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޔޫރަޕިއަން ކޮމިޝަނާއި، ބެލްޖިއަމާއި، ފަރަންސޭސިވިލާތުގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
  10. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
  11. މިޝަންގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، މިޝަންގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  12. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އެމްބަސީގައި އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
  13. ސަރުކާރުގެ ފަރާތްތަކުން ޔޫރަޕިއަން ޔޫނިއަންނާއި، ބްރަސްލްސްގައާއި ޕެރިސްގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  14. ރަސްމީ ދަތުރުފުޅުތަކުގައި ބެލްޖިއަމްއަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓްކޯލްގެ ޚިދުމަތް ފޯރުކޮށް ދިނުން.
  15. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ބެލްޖިއަމާއި ފަރަންސޭސިވިލާތަށް އެތެރެވިތޯ ނުވަތަ ނޫންތޯ ބެލްޖިއަމާއި، ފަރަންސޭސި ވިލާތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތް ކުރުން.
  16. ބެލްޖިއަމާއި، ފަރަންސޭސިވިލާތުގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  17. ބެލްޖިއަމާއި، ފަރަންސޭސިވިލާތުގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
  18. ބެލްޖިއަމާއި، ފަރަންސޭސިވިލާތުގެ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ބެލްޖިއަމާއި ފަރަންސޭސިވިލާތުގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެ ދިނުން.
  19. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުންބެލްޖިއަމްއާއި ފަރަންސޭސވިލާތުގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  20. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ބެލްޖިއަމްއާއި ފަރަންސޭސވިލާތުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  21. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  22. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ދ) ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް

  1. ބަންގްލަދޭޝްގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ބަންގްލަދޭޝްއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ބަންގްލަދޭޝް ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ބަންގްލަދޭޝްގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
  4. ބަންގްލަދޭޝްގައި ހިނގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯރޓު ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  5. ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ބަންގްލަދޭޝްގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމާއި، އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން.  އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ބަންގްލަދޭޝްގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ބަންގްލަދޭޝްގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
  6. ބަންގްލަދޭޝްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
  7. ރާއްޖޭގެ މިނިވަންދުވަސް ބަންގްލަދޭޝްގައި ފާހަގަކުރުން.
  8. ބަންގްލަދޭޝް ސަރުކާރުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
  9. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީ ހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
  10. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
  11. ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެނޫން އެހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  12. ތާރީޚަށްޓަކައި ނުވަތަ އެނޫންކަމަކަށް ގޮތަކުން ބޭނުންވެދާނެ ކަމަށް ފެންނަ ލިޔުންތަކާއި ތަކެތި، އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
  13. ސަރުކާރުގެ ފަރާތްތަކުން ބަންގްލަދޭޝް ސަރުކާރަށާއި، ބަންގްލަދޭޝްގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  14. ރަސްމީ ދަތުރުފުޅުތަކުގައި ބަންގްލަދޭޝަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށްދިނުން.
  15. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ބަންގްލަދޭޝަށް އެތެރެވިތޯ ނުވަތަ ނޫންތޯ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.
  16. ބަންގްލަދޭޝްގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  17. ބަންގްލަދޭޝްގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
  18. ބަންގްލަދޭޝް ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
  19. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ބަންގްލަދޭޝްގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  20. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ބަންގްލަދޭޝްގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  21. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް ހައިކޮމިޝަނުގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  22. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ތ) ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތްތައް

  1. ޕާކިސްތާނުގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ޕާކިސްތާނަށް ޒިޔާރަތް ކުރާ ދިވެހިންނާއި  ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ޕާކިސްތާނު ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ޕާކިސްތާނުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
  4. ޕާކިސްތާނުގައި ހިނގާ ސިޔާސީ، އިޤުތިޞާދީ މުހިންމު ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ފެންނަ އެނޫން ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  5. ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ޕާކިސްތާނުގެ އިންވެސްޓަރުންނަށް ފޯރުކޮށް ދިނުމާއި، އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޕާކިސްތާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ ރާއްޖޭގެ އިންވެސްޓަރުންނަށް ޕާކިސްތާނުގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
  6. ޕާކިސްތާނުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
  7. ރާއްޖޭގެ މިނިވަންދުވަސް ޕާކިސްތާނުގައި ފާހަގަކުރުން.
  8. ޕާކިސްތާނު ސަރުކާރުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
  9. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޕާކިސްތާނު ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
  10. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
  11. ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތުހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  12. ތާރީޚަށްޓަކައި ނުވަތަ އެނޫންކަމަކަށް ގޮތަކުން ބޭނުންވެދާނެ ކަމަށް ފެންނަ ލިޔުންތަކާއި ތަކެތި، އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
  13. ސަރުކާރުގެ ފަރާތްތަކުން ޕާކިސްތާނު ސަރުކާރަށާއި، ޕާކިސްތާނުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  14. ރަސްމީ ދަތުރުފުޅުތަކުގައި ޕާކިސްތާނަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލްގެ ޚިދުމަތް ފޯރުކޮށްދިނުން.
  15. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ޕާކިސްތާނަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.
  16. ޕާކިސްތާނުގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  17. ޕާކިސްތާނުގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
  18. ޕާކިސްތާނު ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ޕާކިސްތާނުގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެ ދިނުން.
  19. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ޕާކިސްތާނުގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  20. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ޕާކިސްތާނުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  21. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް ހައިކޮމިޝަނުގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  22. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ލ) އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް

  1. އެމެރިކާގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. އެމެރިކާއަށް ޒިޔާރަތް ކުރާ ދިވެހިންނާއި އެމެރިކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. އެމެރިކާގައި ކިޔަވަންތިބޭ ދިވެހި ކުދިންނާއި އެހެނިހެން ބޭނުމުގައި ތިބޭ ދިވެހިންނަށް އެމެރިކާގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމަށް، އެމެރިކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި އެކަމަށް ބޭނުންވާ ލިޔުން، ސަރުކާރުން އަންގަވާ ގޮތެއްގެމަތިން ދޫކުރުން.
  4. އެމެރިކާގައި އުފަންވާ ދިވެހި ކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  5. އެމެރިކާގައި ހާލުގައި ޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުން.
  6. އެމެރިކާއަށް ވަޑައިގަންނަވާ ސަރުކާރުގެ އެކިއެކި ޢިއްޒަތްތެރިންނާއި، އެމެރިކާގައި ޓްރާންސިޓް ކުރައްވާ ސަރުކާރުގެ އެކިއެކި ޢިއްޒަތްތެރިންނަށް މިނިސްޓްރީން އަންގައިފި ހިނދެއްގައި އެއަރޕޯޓުން އިސްތިގުބާލުކޮށް، އެންގި މިންވަރަކަށް ޕްރޮޓްކޯލާބެހޭ ކަންތައްތައް ހަމަޖެއްސުން.
  7. ދިވެހި ސަރުކާރުގެ އޮފިޝަލުން، ރަސްމީ ކަންތައްތަކުގައި ބޭރުގެ އެކިއެކި ޤައުމުތަކަށް ވަޑައިގަތުމަށް ބޭނުންވާ ވީޒާގެ ކަންތައް ބޭނުންވެއްޖެ ހިނދެއްގައި، އެމެރިކާގައި ހުންނަ އެ ޤައުމުތަކުގެ އެމްބަސީ/ހައިކޮމިޝަންތަކާ ގުޅައިގެން ހަމަޖެއްސުން.
  8. ސަރުކާރުގެ އެކިއެކި ފަރާތްތަކުން ފޮނުއްވައިގެން އެމެރިކާގައި ކިޔަވަމުންދާ ދިވެހި ކުދިން އެމެރިކާގައި ތިބުމާއި ކިޔެވުމާބެހޭ ކަންތައްތަކުގައި އެހީތެރިވެދިނުން.
  9. އެމެރިކާގެ ޓީވީއާއި ރޭޑިއޯއިން ފޮނުވާ އަދި ނޫސްތަކުގައިޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި، ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، އެފަދަ ކަންކަމާބެހޭގޮތުން މިނިސްޓްރީން ނެރޭ ޕްރެސްރިލީޒް ނެރުންފަދަ ކަންތައްތައް ކުރުން.
  10. އެމެރިކާގައި ދިވެހި ސަރުކާރުން ހައްދަވާ ތަންތަން އިމާރާތްކުރުމާބެހޭ ކަންތައްތައް ސަރުކާރުން އަންގަވައިފި ހިނދެއްގައި ކުރުން.
  11. ދިވެހި ސަރުކާރުން އެމެރިކާގައި ހިންގަވާ އެކިއެކި މަޝްރޫޢުތަކަށް ހިނގާ ޚަރަދުތަކުގެ ހިސާބުތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ބެލެހެއްޓުން.
  12. އެމެރިކާގައި ސަރުކާރުންނާއި، އެހެނިހެން މިޝަންތަކުންނާއި، އެކިއެކި ޖަމާޢަތްތަކުން ދިވެހި ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ފޮނުއްވާ ޚާއްޞަ ލިޔުންތަކާއި، ޕާރުސަލްފަދަ ތަކެތި، ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި ސަރުކާރުގެ ފަރާތްތަކުން އެމެރިކާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި އެނޫން ފަރާތްތަކަށް ފޮނުއްވާ އެކިއެކި ލިޔުންތަކާއި އެފަދަ ތަކެތި ރައްދުކުރުން.
  13. އެމެރިކާ ސަރުކާރުގެ އިސްފަރާތްތަކާއި، ކޮންގްރެސް އާއި ސެނެޓުގެ މެންބަރުންނާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި، ޚަބަރުފަތުރާ ފަރާތްތަކާ ގުޅުން އުފައްދައި އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  14. ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށް ލިބޭ ދަޢުވަތު ޤާބޫލުކޮށް، އެފަދަ ހަފުލާތަކުގައި ބައިވެރިވުން.
  15. ސިޔާސީ އަދި އިޤުތިޞާދީ މައްސަލަތަކާބެހޭގޮތުން އެމެރިކާގެ ސިޔާސަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ފައިދާއަށާއި، މަސްލަހަތަށް އަސަރުކުރާނެކަމަށް ފެންނަ ކަންތައްތައް ބަލައި، އެ ކަންތައްތަކާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދައި، ދިވެހި ސަރުކާރަށް އަންގަމުން ގެންދިއުން.
  16. ދިވެހިރާއްޖެއަށް އެހީވާ ބޭރުގެ ޤައުމުތަކާއި ސިޔާސަތަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ދުރާލައި ހޯދުން.
  17. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން އެމެރިކާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  18. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު އެމެރިކާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  19. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  20. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ގ) ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް

  1. ޔޫ.އޭ.އީ. ގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ޔޫ.އޭ.އީ. އަށް ޒިޔާރަތް ކުރާ ދިވެހިންނާއި ޔޫ.އޭ.އީ. ގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ޔޫ.އޭ.އީ ސަރުކާރުގެ އިސް ފަރާތްތަކާއި، ޕާލަމަންޓް މެންބަރުންނާއި، ޚަބަރުފަތުރާ ފަރާތްތަކާއި، ޔޫ.އޭ.އީގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  4. ޔޫ.އޭ.އީގައި ހިނގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި، ދިވެހިރާއްޖެއަށް މުހިންމުވާނެ ކަމަށް އެމްބަސީއަށް ފެންނަ އެނޫން ކަންކަމާބެހޭ ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  5. ޔޫ.އޭ.އީގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން.  އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޔޫ.އޭ.އީގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ ރާއްޖޭގެ އިންވެސްޓަރުންނަށް ޔޫ.އޭ.އީގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުން.
  6. ޔޫ.އޭ.އީގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
  7. ރާއްޖޭގެ މިނިވަންދުވަސް ޔޫ.އޭ.އީގައި ފާހަގަކުރުން.
  8. ޔޫ.އޭ.އީ ސަރުކާރުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ، އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީން އަންގަވާގޮތެއްގެމަތިން ރާއްޖެ ތަމްސީލުކުރުން.
  9. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޔޫ.އޭ.އީ ސަރުކާރަށް ހުށަހަޅުއްވާ މަޝްރޫޢުތައް ވިލަރެސްކުރުމާއި ފޮލޯއަޕް ހެދުން.
  10. މީހުން ބިނާކުރުމަށް އިތުރު ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރުން.
  11. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  12. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އާކައިވްކޮށް ބެލެހެއްޓުން.
  13. ސަރުކާރުގެ ފަރާތްތަކުން ޔޫ.އޭ.އީ ސަރުކާރަށާއި، ޔޫ.އޭ.އީގައި ހުންނަ އެހެން ގައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  14. ރަސްމީ ދަތުރުފުޅުތަކުގައި ޔޫ.އޭ.އީއަށް ވަޑައިގަންނަވާ ދިވެހި ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލްގެ ޚިދުމަތް ފޯރުކޮށްދިނުން.
  15. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ޔޫ.އޭ.އީއަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޔޫ.އޭ.އީގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ހޯދުމަށް މަސައްކަތް ކުރުން.
  16. ޔޫ.އޭ.އީގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  17. ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
  18. ޔޫ.އޭ.އީ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުގެ ދަށުން ޔޫ.އޭ.އީގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  19. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ޔޫ.އޭ.އީ. ގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  20. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ޔޫ.އޭ.އީ. ގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  21. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  22. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ޏ) ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް

  1. ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ޖަރުމަނުވިލާތަށް ޒިޔާރަތް ކުރާ ދިވެހިންނާއި ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސްފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، ޚަބަރުފަތުރާ ފަރާތްތަކާއި، ޖަރުމަނުވިލާތުގެ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  4. ޖަރުމަނުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޖަރުމަނުވިލާތުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ ރާއްޖޭގެ އިންވެސްޓަރުންނަށް ޖަރުމަނުވިލާތުގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
  5. ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އެކިއެކި ކަންކަމުގައި އިސްނަގައި ބައިވެރިވެ، ޖަރުމަނުވިލާތުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި އެހީތެރިވުން.
  6. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޖަރުމަނުވިލާތުގެ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތައް ވިލަރެސްކުރުން.
  7. ޖަރުމަނުވިލާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
  8. ޖަރުމަނުވިލާތުގެ ސަރުކާރުންނާއި އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕްފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލްކުރުން.
  9. ޖަރުމަނުވިލާތުގެ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުގެ ދަށުން ޖަރުމަނުވިލާތުގައި ކިޔަވާ ކުދިންނާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
  10. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
  11. ޖަރުމަނުވިލާތުގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
  12. ޖަރުމަނުވިލާތުގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  13. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ޖަރުމަނުވިލާތަށް އެތެރެވިތޯ ނުވަތަ ނޫންތޯ ޖަރުމަނުވިލާތުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.
  14. ރަސްމީ ދަތުރުފުޅުތަކުގައި ޖަރުމަނުވިލާތަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުން) ހަމަޖެހިފައިވާ އުސޫލެއްގެމަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށްދިނުން.
  15. ރާއްޖޭގެ މިނިވަން ދުވަސް ޖަރުމަނުވިލާތުގައި ފާހަގަކުރުން.
  16. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  17. ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި އާކައިވްކޮށް ބެލެހެއްޓުން.
  18. ސަރުކާރުގެ ފަރާތްތަކުން ޖަރުމަނުވިލާތުގެ ސަރުކާރަށާއި، ޖަރުމަނުވިލާތުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  19. ޖަރުމަނުގައި ހިންގާ ސިޔާސީ، އިޤުތިޞާދީ މުހިންމު ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  20. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ޖަރުމަނުވިލާތުގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  21. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ޖަރުމަނުވިލާތުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  22. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  23. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ސ) ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް

  1. ތައިލެންޑްގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
  2. ތައިލެންޑަށް ޒިޔާރަތް ކުރާ ދިވެހިންނާ ތައިލެންޑްގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ދެމެހެއްޓުމަށާއި، ދިވެހި ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާރިޖީ ދާއިރާއިން ކުރަންޖެހޭކަންކަން، ތައިލެންޑް ސަރުކާރާއި، ތައިލެންޑުގެ އަމިއްލަ ފަރާތްތަކާ، މިނިސްޓްރީގެ މަޝްވަރާގެ މަތިން ކުރުން.
  4. މިނިސްޓްރީން އަންގާގޮތެއްގެ މަތިން، ސަރުކާރުގެ ކަމާބެހޭ ސިޔާސަތުތަކާއެއްގޮތަށް ތައިލެންޑުގައި ހުންނަ އ.ދ.ގެ އޮފީސްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
  5. ތައިލެންޑުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި ތައިލެންޑުގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ރާއްޖޭގެ އިންވެސްޓަރުންނަށްދީ، ރާއްޖޭގެ އިންވެސްޓަރުންނަށް ތައިލެންޑުގައި ހުރި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކުކުރެވެންހުރި މަސައްކަތްތައް ކުރުން.
  6. ތައިލެންޑް ސަރުކާރުގެ އިސްފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، ޚަބަރު ފަތުރާ ފަރާތްތަކާއި، ތައިލެންޑުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުންތައް ދެމެހެއްޓުން.
  7. ތައިލެންޑުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އެކި އެކި ކަންކަމުގައި އިސްނަގައި ބައިވެރިވެ، ތައިލެންޑުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި އެހީތެރިވުން.
  8. ތައިލެންޑުގައި ދިވެހި ދައުލަތް ތަމްސީލުކުރާ އެންމެ އިސްފަރާތުގެ ޙައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފްލާތަކާއި އިގުތިސާދީ/ވިޔަފާރީގެ ޙަފްލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަޞްލަހަތުތައް ކުރިއެރުވުމަށް އެ ފުރުޞަތުތައް ބޭނުންކުރުން.
  9. ތައިލެންޑު ސަރުކާރުންނާއި ރާއްޖެބައިވެރިވާ އެކިއެކި ޖަމާޢަތްތަކުން ތައިލެންޑުގައި ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީން ދެއްވާ އިރުޝާދުގެދަށުން ރާއްޖެ ތަމްސީލުކުރުން.
  10. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ތައިލެންޑުން ހޯދުމަށް އިސްނަގައިގެން މަސައްކަތް ކުރުމާއި، ދިވެހި ސަރުކާރުން ތައިލެންޑު ސަރުކާރަށް ހުށަހަޅާފައިވާ މަޝްރޫޢުތަކަށް އެހީހޯދުމުގެ މަސައްކަތް ކުރުން.
  11. ތައިލެންޑު ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ތައިލެންޑުގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ދިވެހި ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ދިވެހި ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށް ދިނުމުގައި އެހީތެރިވެ ދިނުން.
  12. ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ތައިލެންޑުން ހޯދުމަށް މަސައްކަތް ކުރުން.
  13. ތައިލެންޑުގައި ހާލުގައި ޖެހިގެން އެހީއަށް އެދޭ ދިވެހިންގެ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
  14. ތައިލެންޑުގައި އުފަންވާ ދިވެހިކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިޔުމަންޓު ދޫކުރުން.
  15. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހުން، ތައިލަންޑަށް އެތެރެވިތޯ ނުވަތަ ނޫންތޯ ތައިލެންޑުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތް ކުރުން.
  16. ރަސްމީ ދަތުރުފުޅެއްގައި ތައިލަންޑަށް ވަޑައިގަންނަވާ، ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ޕްރޮޓްކޯލް ޚިދްމަތް ފޯރުކޮށް ދިނުން.
  17. ދިވެހިރާއްޖޭގެ މިނިވަންދުވަސް ތައިލެންޑުގައި ފާހަގަކުރުން.
  18. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، އެމްބަސީގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
  19. ތާރީޚަށްޓަކައި އަދި އެނޫންވެސް ގޮތަކުން ބޭނުންވެދާނެ ކަމަށް ފެންނަ އެމްބަސީގެ ލިޔުންތަކާއި ތަކެތި އާކައިވްކޮށް، އެތަކެތި ބެލެހެއްޓުން.
  20. ސަރުކާރުގެ ފަރާތްތަކުން ތައިލެންޑުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލް އަޤްވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  21. ތައިލެންޑުގައި ހިނގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި އެނޫންވެސް މުހިންމު ކަމަށް އެމްބަސީއަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓް ލަސްނުކޮށް މިނިސްޓްރީއަށް ފޮނުވުން.
  22. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ތައިލެންޑްގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  23. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ތައިލެންޑުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  24. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް އެމްބަސީގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  25. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ޑ) ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް

  1. ތުރުކީގައި ދިވެހިރާއްޖެ ތަމްސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުޞަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތްކުރުން.
  2. ތުރުކީއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
  3. ތުރުކީ ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމަންޓް މެންބަރުންނާއި، މީޑިއާގެ ފަރާތްތަކާއި، ތުރުކީގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  4. ތުރުކީގައި ހިންގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި އެނޫންވެސް މުހިންމުވާނެ ކަމަށް އެމްބަސީއަށް ފެންނަ ކަންކަމާބެހޭ ރިޕޯޓު ފޮނުވަންޖެހޭ ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް، ލަސްނުކޮށް ފޮނުވުން.
  5. ތުރުކީގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މައުލޫމާތު ދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައްކުރުން.  އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ތުރުކީގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދީ އެފަދަ އިންވެސްޓަރުންނަށް ތުރުކީ ގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތަކަށް މަގުފަހިކޮށްދިނުން.
  6. ތުރުކީގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާއީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
  7. ރާއްޖޭގެ މިނިވަން ދުވަހާއި، ޤައުމީ އެހެނިހެން ދުވަސްތައް ތުރުކީގައި ފާހަގަކުރުން.
  8. ތުރުކީ ސަރުކާރުންނާއި އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވާގޮތެއްގެމަތިން ރާއްޖެ ތަމްސީލުކުރުން.
  9. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ތުރުކީ ސަރުކާރަށް ހުށަހަޅުއްވާ މަޝްރޫޢުތައް ވިލަރެސްކުރުން.
  10. މީހުން ބިނާކުރުމަށް ތުރުކީން އިތުރު ފުރުޞަތުތައް ހޯދުމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  11. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެނޫންވެސް، މައުލޫމާތު ހުރި ލިޔެކިޔުން، އެމްބަސީގެ ލައިބްރަރީއަށް ޖަމާކޮށް، ބެލެހެއްޓުން.
  12. ތާރީޚަށްޓަކައި އަދި އެނޫންވެސް ކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔެކިޔުންތަކާއި، އެނޫންވެސް އެފަދަ ތަކެތި އާކައިވްކޮށް ބެލެހެއްޓުން.
  13. ސަރުކާރުގެ ފަރާތްތަކުން ތުރުކީ ސަރުކާރަށާއި، ތުރުކީގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  14. ރަސްމީ ދަތުރުފުޅުތަކުގައި ތުރުކީއަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލުތަކުގެމަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށް ދިނުން.
  15. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ތުރުކީއަށް އެތެރެވިތޯ ނުވަތަ ނޫންތޯ، ތުރުކީގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބެލުމަށް މަސައްކަތްކުރުން.
  16. ތުރުކީގައި އުފަންވާ ދިވެހި ކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  17. ހާލުގައިޖެހިގެން އެކިއެކި އެހީއަށްއެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
  18. ތުރުކީ ސަރުކާރުގެ އެކިއެކި ޕުރޮގުރާމުގެ ދަށުން ތުރުކީގައި ކިޔަވާ ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  19. ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން، އެމްބަސީގެ ދަށުން މޯލްޑިވްސް ސެންޓަރުތައް ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  20. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ތުރުކީގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރު ކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  21. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މައުލޫމާތު، ތުރުކީގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  22. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

(ޒ) ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތްތައް

  1. ދިވެހި ސަރުކާރާއި ޤަޠަރު ސަރުކާރާ ދެމެދު ހިންގަންޖެހޭ މުޢާމަލާތްތައް ހިންގުމާއި، ރާއްޖެއާއި ޤަޠަރާ ދެމެދު އެކުވެރިކަން ބަދަހިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން.
  2. ޤަޠަރުގައި ދިވެހިރާއްޖެ ތަމްސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ފުރުޞަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތްކުރުން.
  3. ޤަޠަރަށް ޒިޔާރަތްކުރާ ދިވެހިންނާއި ޤަޠަރުގައި ދިރިއުޅޭ ދިވެހިންނަށް، ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރުން.
  4. ޤަޠަރު ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމަންޓް މެންބަރުންނާއި، މީޑިއާ ފަރާތްތަކާއި، ޤަޠަރުގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
  5. ޤަޠަރުގައި ހިނގާ މުހިންމު ސިޔާސީ އަދި އިޤުތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް އެމްބަސީއަށް ފެންނަ އެނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  6. ޤަޠަރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މައުލޫމާތު ދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކާ އެކު ކުރަންޖެހޭ ކަންތައްތައްކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ޤަޠަރުގައި ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދީ، އެފަދަ އިންވެސްޓަރުންނަށް ޤަޠަރުގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި އަމިއްލަ ފަރާތްތަކާ އެކު ކުރެވެންހުރި ކަންތައްތަކަށް މަގުފަހިކޮށްދިނުން.
  7. ޤަޠަރުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާއީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
  8. ރާއްޖޭގެ މިނިވަން ދުވަހާއި، ޤައުމީ އެހެނިހެން ދުވަސްތައް ޤަޠަރުގައި ފާހަގަކުރުން.
  9. ޤަޠަރު ސަރުކާރުންނާއި އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވާގޮތެއްގެމަތިން ރާއްޖެ ތަމްސީލުކުރުން.
  10. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ޤަޠަރު ސަރުކާރަށް ހުށަހަޅުއްވާ މަޝްރޫޢުތައް  ވިލަރެސްކުރުން.
  11. މީހުން ބިނާކުރުމަށް ޤަޠަރުން އިތުރު ފުރުޞަތުތައް ހޯދުމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  12. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެ ނޫންވެސް، މައުލޫމާތު ހުރި ލިޔެކިޔުން، އެމްބަސީގެ ލައިބްރަރީއަށް ޖަމާކޮށް، ބެލެހެއްޓުން.
  13. ތާރީޚަށްޓަކައި އަދި އެނޫންވެސް ކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔެކިޔުންތަކާއި، އެ ނޫންވެސް އެފަދަ ތަކެތި އާކައިވްކޮށް ބެލެހެއްޓުން.
  14. ސަރުކާރުގެ ފަރާތްތަކުން ޤަޠަރު ސަރުކާރަށާއި، ޤަޠަރުގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔެކިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
  15. ރަސްމީ ދަތުރުފުޅުތަކުގައި ޤަޠަރަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލުތަކުގެމަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށް ދިނުން.
  16. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު ޤަޠަރަށް  އެތެރެވިތޯ ނުވަތަ ނޫންތޯ، ޤަޠަރުގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބެލުމަށް މަސައްކަތްކުރުން.
  17. ޤަޠަރުގައި އުފަންވާ ދިވެހި ކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އަންގަވާ ދިވެހިރައްޔިތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
  18. ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން އެހީ ހަމަޖެހޭތޯ ބެލުމާއި، ކުއްލި ހާލަތްތަކުގައި ދިވެހިންނަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މިނިސްޓްރީގެ އިރުޝާދާ އެކު ފޯރުކޮށްދިނުން.
  19. ޤަޠަރު ސަރުކާރުގެ އެކިއެކި ޕުރޮގުރާމުގެ ދަށުން ޤަޠަރުގައި ކިޔަވާ ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  20. ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން، އެމްބަސީގެ ދަށުން މޯލްޑިވްސް ސެންޓަރުތައް ގާއިމުކޮށް ހިންގުމާއި، އެ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
  21. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ޤަޠަރުގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރު ކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
  22. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މައުލޫމާތު ޤަޠަރުގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
  23. މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.

ރަސްމީ މަސްއޫލިއްޔަތު ކިޔާ (PDF)