
މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަން
High Commission of the Republic of Maldives in Malaysia
ނިސްބަތްވާ ތަން ޚާރިޖީ ވުޒާރާ
ތަފްޞީލު
ފޯނު(+60)321637244
ހޮޓްލައިން(+60)126557895
އީމެއިލްkualalumpur.mail@foreign.gov.mv
ވެބްސައިޓްmdvmission.gov.mv/my
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން

ޑޮކްޓަރ މަރްޔަމް ޝަބީނާ އަޙްމަދު
މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (22)
- މެލޭޝިޔާގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
- މެލޭޝިޔާއަށް ޒިޔާރަތް ކުރާ ދިވެހިންނާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
- މެލޭޝިޔާ ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމަންޓުގެ މެންބަރުންނާއި، ޚަބަރުފަތުރާ ފަރާތްތަކާއި، މެލޭޝިޔާގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
- މެލޭޝިޔާގައި ހިންގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި، ދިވެހިރާއްޖެއަށް މުހިންމުވާނެ ކަމަށް ހައިކޮމިޝަނަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯޓު، ފޮނުވަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
- މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް މެލޭޝިޔާގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް މެލޭޝިޔާގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
- މެލޭޝިޔާގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތަކުގެ ބޭނުންކުރުން.
- ރާއްޖޭގެ މިނިވަން ދުވަސް މެލޭޝިޔާގައި ފާހަގަކުރުން.
- މެލޭޝިޔާ ސަރުކާރުންނާއި އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕްފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލްކުރުން.
- ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން މެލޭޝިޔާ ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތައް ވިލަރެސްކުރުން.
- މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
- ހައިކޮމިޝަނުގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި، އެނޫން އެހެނިހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
- ތާރީޚަށްޓަކައި ނުވަތަ އެނޫން އެހެންކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔުންތަކާއި، ތަކެތި ހައިކޮމިޝަނުގައި އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
- ސަރުކާރުގެ ފަރާތްތަކުން މެލޭޝިޔާ ސަރުކާރަށާއި، މެލޭޝިޔާގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
- ރަސްމީ ދަތުރުފުޅުތަކުގައި މެލޭޝިޔާއަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެމަތިން ޕްރޮޓޮކޯލްގެ ޚިދުމަތް ފޯރުކޮށްދިނުން.
- މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، މެލޭޝިޔާއަށް އެތެރެވިތޯ ނުވަތަ ނޫންތޯ މެލޭޝިޔާގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ހޯދުމަށް މަސައްކަތްކުރުން.
- މެލޭޝިޔާގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
- ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
- މެލޭޝިޔާ ސަރުކާރުގެ އެކިއެކި ޕްރޮގްރާމުގެ ދަށުން މެލޭޝިޔާގައި ކިޔަވާ ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، މެލޭޝިޔާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
- ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، މެލޭޝިޔާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
- ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް ހައިކޮމިޝަނުގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.