
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަން
High Commission of the Republic of Maldives in the Democratic Socialist Republic of Sri Lanka
ނިސްބަތްވާ ތަން ޚާރިޖީ ވުޒާރާ
ތަފްޞީލު
ފޯނު(+94)112580076
ހޮޓްލައިން(+ 94)768816666
އީމެއިލްcolombo.info@foreign.gov.mv
ވެބްސައިޓްmdvmission.gov.mv/lk
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން

މަސްޢޫދު ޢިމާދު
ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (25)
- ސްރީލަންކާގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
- ސްރީލަންކާއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
- ސްރީލަންކާ ސަރުކާރުގެ ފަރާތުންނާއި އަދި އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި، އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ، ވަރކްޝޮޕްފަދަ ކަންކަމުގައި މިނިސްޓްރީން އަންގައިފި ހިނދެއްގައި، އެންގިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
- ސްރީލަންކާގައި ކިޔަވަން ތިބޭ ދިވެހި ކުދިންނާއި، އެނޫން އެހެނިހެން ބޭނުމުގައި ތިބޭ ދިވެހިންނަށް ސްރީލަންކާގައި ތިބުމަށް ބޭނުންވާ ވީޒާ ހޯދުމަށް، ސްރީލަންކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަމަށް ބޭނުންވާ ލިޔުން ދޫކުރުން.
- ސްރީލަންކާގައި އުފަންވާ ދިވެހި ކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
- ސްރީލަންކާގައި ހާލުގައި ޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުން.
- ސްރީލަންކާއަށް ވަޑައިގަންނަވާ ސަރުކާރުގެ އެކިއެކި ޢިއްޒަތްތެރިންނާއި، ސްރީލަންކާގައި ޓްރާންސިޓް ކުރައްވާ މިފަދަ ފަރާތްތަކާ މިނިސްޓްރީން އަންގައިފި ހިނދެއްގައި އެއަރޕޯޓުން އިސްތިގުބާލުކޮށް، އެންގި މިންވަރަކަށް ޕްރޮޓްކޯލާބެހޭ ކަންތައްތައް ހަމަޖެއްސުން.
- ދިވެހި ސަރުކާރުގެ އޮފިޝަލުން ރަސްމީ ކަންތައްތަކުގައި ބޭރުގެ އެކިއެކި ޤައުމުތަކަށް ވަޑައިގަތުމަށް ބޭނުންވާ ވީޒާގެ ކަންތައް، ސްރީލަންކާގައި ހުންނަ އެ ޤައުމުތަކުގެ އެމްބަސީ/ހައިކޮމިޝަންތަކާ ގުޅައިގެން ހަމަޖެއްސުން.
- ސަރުކާރުގެ އެކިއެކި މިނިސްޓްރީ، ޑިޕާޓްމަންޓު ފަދަ ތަންތަނަށް ސްރީލަންކާއިން ހޯއްދަވަން ބޭނުންފުޅުވެގެން އެދިވަޑައިގަންނަވާ އެކިއެކި ތަކެތި ހޯދުމާއި، ފޮނުވުމުގެ ޚަރަދު ހަމަޖެއްސުމާއި، އެކަންކަމުގައި އެހީތެރިވެދިނުން.
- ސަރުކާރުގެ އެކިއެކި ފަރާތްތަކުން ފޮނުއްވައިގެން ސްރީލަންކާގައި ކިޔަވަމުންގެންދާ ދިވެހި ކުދިން ސްރީލަންކާގައި ތިބުމާއި، ކިޔެވުމާބެހޭ ކަންތައްތަކުގައި އެހީތެރިވެދިނުން.
- ސަރުކާރުން ބޭހަށް ފޮނުއްވާ އެކިއެކި ފަރާތްތަކަށް، ހަމަޖައްސަވާ އުސޫލެއްގެ މަތިން ބޭސްކުރުމުގައި އެހީތެރިވެ ދިނުން.
- ސްރީލަންކާގެ ޓީވީއާއި، ރޭޑިއޯއިން ފޮނުވާ އަދި ނޫސްތަކުގައި ޖަހާ ރާއްޖެއާބެހޭ ޚަބަރުތަކާއި، ބޭރު ދުނިޔެއާބެހޭ އެކިއެކި މުހިންމު ޚަބަރުތައް މިނިސްޓްރީއަށް ފޮނުވައި، އެފަދަ ކަންކަމާބެހޭގޮތުން މިނިސްޓްރީން ނެރޭ ޕްރެސް ރިލީޒް ނެރުންފަދަ ކަންތައްތައް ކުރުން.
- ސަރުކާރުގެ އެކިއެކި ފަރާތްތަކުގެ ވަޒީފާއަށް ބޭނުންފުޅުވާ ސްރީލަންކާ މީހުން ހޯދުމުގައި ސަރުކާރުން ކަނޑައަޅުއްވާ ރޯލެއް އަދާކުރުން.
- ސްރީލަންކާގައިވާ ދިވެހި ސަރުކާރުގެ އިމާރާތްތަކާއި އެނޫންވެސް މިލްކުތައް ބެލެހެއްޓުމާއި، މަރާމާތު ކުރުން.
- ސްރީލަންކާގައި ދިވެހި ސަރުކާރުން ހައްދަވާ ތަންތަން އިމާރާތްކުރުމާބެހޭ ކަންތައްތައް، ސަރުކާރުން އަންގަވައިފި ހިނދެއްގައި ކުރުން.
- ސަރުކާރުގެ އެކިއެކި ފަރާތްތަކުން ބޭހަށް ފޮނުއްވާ މީހުންގެ ހިސާބުތަކާއި، ސަރުކާރުން ސްރީލަންކާގައި ހިންގަވާ އެކިއެކި މަޝްރޫޢުތަކަށް ހިނގާ ޚަރަދުތަކުގެ ހިސާބުތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ބެލެހެއްޓުން.
- ސްރީލަންކާ ސަރުކާރުގެ ފަރާތްތަކުންނާއި، އެހެނިހެން މިޝަންތަކުންނާއި، އެކިއެކި ޖަމާޢަތްތަކުން ދިވެހި ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ފޮނުއްވާ ޚާއްޞަ ލިޔުންތަކާއި، ޕާރުސަލްފަދަ ތަކެތި، ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ސަރުކާރުގެ ފަރާތްތަކުން ސްރީލަންކާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި، އެނޫން ފަރާތްތަކަށް ފޮނުއްވާ އެކިއެކި ލިޔުންތަކާއި، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން.
- ސްރީލަންކާ ސަރުކާރުގެ އިސްފަރާތްތަކާއި، ޕާލަމެންޓުގެ މެންބަރުންނާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި، ޚަބަރުފަތުރާ ފަރާތްތަކާ ގުޅުން އުފައްދައި، އެ ފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް ރާއްޖެއަށް ފައިދާވާނެގޮތަކަށް އެ ގުޅުން ދެމެހެއްޓުން.
- ސިޔާސީ އަދި އިޤުތިޞާދީ މައްސަލަތަކާ ބެހޭގޮތުން ސްރީލަންކާގެ ސިޔާސަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ފައިދާއަށާއި، މަސްލަހަތަށް އަސަރުކުރާނެކަމަށް ފެންނަ ކަންތައްތައް ބަލައި، އެ ކަންތައްތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދައި، ދިވެހި ސަރުކާރަށް އަންގަމުން ގެންދިއުން.
- ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާއީ ޙަފުލާތަކުގައި ބައިވެރިވުމަށް ލިބޭ ދަޢުވަތުތައް ޤާބޫލުކޮށް، އެފަދަ ޙަފުލާތަކުގައި ބައިވެރިވުން.
- ސަރުކާރުގެ ވަޒީފާ އަދާކުރި ސްރީލަންކާ ރައްޔިތުންގެ ތެރެއިން ޕެންޝަން ލިބިފައިވާ މީހުންނާ ޙަވާލުކުރަންޖެހޭ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސްއިން އަންގަވާ ގޮތެއްގެމަތިން އެ ފަރާތްތަކާ ޙަވާލުކުރުމާއި، މިކަމާބެހޭ ހިސާބުތައް ބެލެހެއްޓުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ސްރީލަންކާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
- ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ސްރީލަންކާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
- ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް ހައިކޮމިޝަނުގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.