
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު
National Centre for the Holy Quran
ނިސްބަތްވާ ތަން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
ތަފްޞީލު
އެޑްރެސްސަލްމާން ރަސްގެފާނު މިސްކިތް, ބޮޑުތަކުރުފާނު މަގު, ހެންވޭރު, މާލެ, ކާފު އަތޮޅު
ފޯނު3019300
އީމެއިލްinfo@nchq.gov.mv
ވެބްސައިޓްnchq.gov.mv/dv
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން
އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން (ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި)
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
މަސްއޫލިއްޔަތު (14)
- ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތް ފުޅާ ދާއިރާއެއްގައި އުނގަންނައި ދިނުމުގެ މަސައްކަތްކުރުން.
- ކީރިތި ޤުރުއާން ތަޖްވީދުމަގުން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި، ހިތުދަސްކޮށްދިނުމުގެ މަސައްކަތް ކުރުން.
- ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ސައިންޓިފިކް ޙަޤީޤަތްތައް ދިރާސާކޮށް، ޝާއިއުކުރުން.
- ޙަދީޘް ޢިލްމާ ބެހޭ ދިރާސާތައް ކުރުމާ އެކު، ފުޅާ ދާއިރާއެއްގައި ޙަދީޘް ޢިލްމު ފެތުރުން.
- ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާ ބެހޭ ދިރާސާތައް ކުރުމަށް ބޭނުންވާ މީހުންނަށް އެ މަގު ތަނަވަސް ކޮށްދިނުން.
- ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތާއި، އިސްކޫލު މުބާރާތާއި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަށް ބޭނުންވާ ކަންކަން ރާވައި ހިންގުން.
- ބައިނަލްއަގުވާމީ ޤުރުއާން މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިކުރާނެ ފަރާތްތައް ކަނޑައަޅައި، އެ މުބާރާތްތަކުގައި ބައިވެރިކުރުމާއި، އެ ކަމާގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުން.
- ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާކުރުމާއި، މުރާޖާކުރުމާއި ޝާއިއުކުރުމުގެ މަސައްކަތް ކުރުމާއި، ޤުރުއާނުގެ ތަރުޖަމާ ފަސޭހަކަމާ އެކު ރައްޔިތުންނަށް ލިބޭނޭ މަގުފަހިކޮށްދިނުން.
- ޙަދީޘް ފޮތްތަކާއި އެއާ ގުޅުންހުރި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކޮށް އާންމުންނަށް ލިބޭނެ ގޮތް ހެދުން.
- ބޭނުންނުކުރެވޭ ވަރަށް ބާވެ ހަލާކުވެފައިވާ މުޞްޙަފުތައް ނައްތައިލުމާއި، މުޞްޙަފުތައް ނައްތައިލުމަށް ބޭނުންވާ ފަރާތްތަކަށް ލަފައާއި މަޝްވަރާދިނުން.
- ރާއްޖެއަށް ބޭނުންވާ ޤުރުއާން މުދައްރިސުންނާއި، އިމާމުންނާއި، ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ކޯސްތައް ރާވައި ހިންގުން.
- ޙާފިޡުކަމުގެ އިމްތިޙާނުކޮށް، ސަނަދު ދިނުމާއި، ޙާފިޡުންގެ ދަފުތަރު ބެލެހެއްޓުން.
- ރާއްޖޭގައި ހިންގާ ޤުރުއާން ކުލާސްތަކުގެ ރެކޯޑު ބެލެހެއްޓުން.
- ކީރިތި ޤުރުއާނާއި ސުންނަތާ ބެހޭ ބައިނަލްއަގުވާމީ މުއައްސަސާތަކާ ގުޅިގެން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ބޭނުންވާ ޢިލްމީ، ފަންނީ އަދި މާލީ އެހީތެރިކަން ހޯދުން.