
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް
Supreme Council for Fatwa
ނިސްބަތްވާ ތަން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
ތަފްޞީލު
އެޑްރެސްދާރުލްއީމާން, މަޖީދީ މަގު, މާފަންނު, މާލެ, ކާފު އަތޮޅު
ފޯނު3029300
ހޮޓްލައިން7958613
އީމެއިލްinfo@fatwamajlis.gov.mv
ވެބްސައިޓްfatwamajlis.gov.mv
ޕޯސްޓް ކޯޑު20345
އެޑްރެސްގޫގުލް މެޕްސްގައި ބަލާ
ވެރިން
ފަޟީލަތުލް އުސްތާޛުއްޝައިޚް ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް
އިސްލާމީ ފަތުވާދޭ އެން މެމަތީ މަޖިލީހުގެ ރައީސް
ސޯޝަލް މީޑިއާ
މަސްއޫލިއްޔަތު
ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ 7ވަނަ މާއްދާއިން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މި ވަނީއެވެ.
- ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް ދެމެހެއްޓުމަށް ޓަކައި ދިވެހި މުޖުތަމަޢަށް ބޭނުންވާ ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
- ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުން.
- އިސްލާމީ އުންމަތަށް ދިމާވާ ފިޤުހީ އައު މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެ ފަދަ މައްސަލަތަކުގެ ތެރެއިން ދިވެހިރައްޔިތުންނަށް ދީނީގޮތުން ފަތުވާ ދިނުން މުހިންމުކަމަށް މަޖިލީހަށް ފެންނަ މައްސަލަތަކުގައި، ދީނީ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
- ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެ ކަންކަމުގެ ދިރާސާތައްކޮށް، އެ ފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުން.
- ދިވެހިރައްޔިތުންގެ މެދުގައި އުފެދޭ ދީނީ ޚިޔާލު ތަފާތުވުންތައް ނައްތައިލުމަށާއި، މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ދީނުގެ އެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމަށް ޓަކައި، ދީނީ ޢިލްމުވެރިންގެ މަހާސިންތާތަކާއި ސެމިނާރުތައް ރާވައި ހިންގުން.
- ދީނީ ކަންކަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި، ތަފާތު ދީނީ މައުޟޫޢުތަކަށް ދިރާސާކޮށް ލިޔެފައިވާ ލިޔުންތައް ޝާއިއުކޮށް ނެރުން.