
Aviation and Port Security Command
އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް
Details
LocationAviation and Port Security Command Headquarter, Velana International Airport Main Road, Hulhule, Kaafu Atoll
Phone3013434
Hotline+960 7921666
Emailinfo@avsecom.gov.mv
Websiteavsecom.gov.mv
Post code22000
LocationOpen in Google Maps
Leadership
Brigadier General Abdulla Ibrahim
Commander
Social media
Mandate
Mandate (22)
ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ޓަކައި އަންނަނިވި ކަންކަން ކުރުން:
- މަދަނީ ވައިގެ ދަތުރުފަތުރާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ހާލަތްތަކާއި ކަންކަން ދެނެގަނެ، އެ ފަދަ ހާލަތްތަކާއި ކަންކަމާ ގުޅިގެން ވަގުތުން ފިޔަވަޅު އަޅައި އެ ކަންކަން ހުއްޓުވުމުގެ ނިޒާމުތައް، ކަމާގުޅުން ހުރި ގަވާއިދުތަކާއި ޕުރޮގުރާމުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް، މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި ގާއިމުކުރުން.
- މަދަނީ ވައިގެ ދަތުރުފަތުރާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާގުޅޭ ގޮތުން މިނިސްޓްރީން ކަނޑައަޅާ ސިޔާސަތުތަކާއި، އެ ދާއިރާތަކުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި ޕުރޮގުރާމުތަކާއި އުސޫލުތަކާއި މިންގަނޑުތަކުގެ ދަށުން، ޕޯޓް އެންޑް އޭވިއޭޝަން ސެކިއުރިޓީ ސަރވިސް ޕްރޮވައިޑަރގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
- މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ގާއިމުކޮށް ދެމެހެއްޓުމަށް ޓަކައި ވައިގެ ބަނދަރުތަކުގެ އެންމެހައި ސަރަހައްދުތަކާއި، ވައިގެ ބަނދަރުތަކުގައި ހެދިފައިވާ ހާބަރުތަކާއި، ވަށައިގެންވާ ސަރަހައްދުތަކުގައި ފޯރިމަރައި ބެލެހެއްޓުމާއި، ވައިގެ ބަނދަރުތަކުގައި ޖައްސާ އަދި ފުރާ އުޅަނދުފަހަރާއި، ވައިގެ ބަނދަރުތަކުގެ އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި ތަންތަނާއި ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
- ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ގާއިމުކޮށް ދެމެހެއްޓުމަށް ޓަކައި ކަނޑުގެ ބަނދަރުތަކުގެ ޕެރިމީޓަރ ސެކިއުރިޓީ ބެލެހެއްޓުމާއި، ބަނދަރުގެ ސަރަހައްދުގައި ފޯރިމަރައި ބެލެހެއްޓުން.
- މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުން ފުރައިގެންދާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި އުފުލާ ކާގޯއާއި، އުޅަނދުތަކަށް އަރުވާ ބާލާ ޕްރޮވިޝަންސްއާއި އެހެނިހެން އެ ފަދަ ތަކެއްޗާއި، ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެ މީހުން ގެންދާ ތަކެތި ބަލައި ފާސްކުރުން.
- މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބަލައި ފާސްކުރުން.
- މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސެކިއުރިޓީ ރެސްޓްރިކްޓެޑް އޭރިއާތަކަށް ވަދެނިކުމެވާ އެއްގަމު އުޅަނދުތަކަށް ހުއްދަދިނުމާއި އެ އުޅަނދުތައް ބަލައި ފާސްކުރުން.
- ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ އާންމު ސަރަހައްދުތަކަށް ވަދެނުކުމެވާ އެއްގަމު އުޅަނދުތަކާއި، ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކަށް އަންނަ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތައް ފިޔަވައި އެ ބަނދަރުތަކަށް ވަދެނިކުމެވާ ކަނޑުގެ އުޅަނދުފަހަރަށް ހުއްދަދިނުމާއި އެ އުޅަނދުތައް ބަލައި ފާސްކުރުން.
- މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ ސަރވައިލެންސް އަދި މޮނިޓަރިންގ (ސީ.ސީ.ޓީ.ވީ. ސިސްޓަމް ފަދަ) ނިޒާމުތަކާއި އެ ނިޒާމުތަކާއި ގުޅުންހުރި އާލާތްތައް މެދުކެނޑުމެއްނެތި އޮޕަރޭޓްކޮށް މޮނިޓަރކުރުން.
- މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ހާލަތްތަކުގައި ޢަމަލުކުރަން ކަނޑައަޅާ ގޮތްތައް، އެއަރޕޯޓްތަކާއި ކަނޑުގެ ބަނދަރުތަކުގެ އިމަރޖެންސީ ރެސްޕޯންސް އަދި ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭންތަކުގައި ހިމެނުމަށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވައި، އެ ފަރާތްތަކާ ގުޅިގެން އިމަރޖެންސީ ރެސްޕޯންސް އަދި ސެކިއުރިޓީ ކޮންޓިންޖެންސީގެ ފަރިތަކުރުންތައް ބާއްވައި ތަންފީޒުކުރުން.
- މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތަކަށް އެކަށޭނެ ޒަމާނީ ވަސީލަތްތަކާއި މެޝިނަރީއާއި އެހެނިހެން އާލާތް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
- މަދަނީ ވައިގެ ދަތުރުފަތުރާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާގުޅޭ ގަވާއިދުތަކާއި ޕުރޮގުރާމުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް، މަދަނީ ވައިގެ ދަތުރުފަތުރާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި ސެކިއުރިޓީ ފާހުގެ ނިޒާމު ގާއިމުކޮށް، އެ ނިޒާމު ހިންގުން.
- މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ އޮޕަރޭޓަރުންނާ ގުޅިގެން، އެ ތަންތަނުގެ "ސެކިއުރިޓީ ރެސްޓްރިކްޓެޑް އޭރިއާ"ތައް ކަނޑައެޅުމާއި، އެ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދިނުން.
- މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާ ގުޅުންހުރި މުހިންމު މައުލޫމާތު އެއްކޮށް، ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖެއާއި ބައިނަލްއަގުވާމީ އިދާރާތަކާ ހިއްސާކުރުން.
- މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސެކިއުރިޓީ އެސެސްމަންޓްތައް ހެދުން.
- ހުރިހައި ވަގުތެއްގައި ފަސޭހައިން ބޭނުންކުރެވޭނެ ޕްރައިމަރީ އަދި ބެކްއަޕް މުވާސަލާތީ ނިޒާމުތައް މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި ގާއިމުކޮށް ބެލެހެއްޓުން.
- މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތައް ޓެރަރިޒަމާއި ޣައިރު ޤާނޫނީ ޢަމަލުތަކުން ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި އޭވިއޭޝަން ސެކިއުރިޓީއާއި ޕޯޓް ސެކިއުރިޓީގެ ދާއިރާއިން ބޭނުންވާ ފަންނީ މީހުން ބިނާކުރުމާއި، އެ ދާއިރާތަކުން މުވައްޒަފުން ތަމްރީނުކުރުން.
- މަދަނީ ވައިގެ ބަނދަރުތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި ހިންގާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ތަޙުޤީޤުކުރުމުގައި ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާ ބެހޭ ޤާނޫނުތަކާއި ގަވާއިދުތައް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ތަންފީޒުކުރުން.
- ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކުގެ "ޝިޕް ސެކިއުރިޓީ އޮފިސަރުން"އާ ގުޅިގެން އެ އުޅަނދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން.
- ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގައި ޕޯޓް ސެކިއުރިޓީ ކޮމިޓީތައް އެކުލަވައިލައި، އެ ކޮމިޓީތަކުގެ މަސައްކަތްތައް ރާވައި ހިންގުމާއި، އެ ކޮމިޓީތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.