
Department of Juvenile Justice
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
Part of Ministry of Homeland Security, Labour and Technology
Details
LocationSakeena Manzil, Shaheedhu Kuda Adam ge Kuda Thuththu Hin'gun, Henveyru, Malé, Kaafu Atoll
Phone3031491
Emailinfo@djj.gov.mv
Websitedjj.gov.mv
Post code20132
LocationOpen in Google Maps
Leadership
Uz Ahmed Siddeeq
Minister of State for Homeland Security, Labour and Technology
Social media
Mandate
Mandate (15)
ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ 18ވަނަ މާއްދާއިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ތިރީގައި މި ވަނީއެވެ.
- ޤާނޫނާ ޚިލާފުވާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިންގެ މައްސަލަތައް ފުލުހުން ހުށަހެޅުމުން، އެ ކުދިންގެ މަޞްލަޙަތު ހިމާޔާތްކޮށްދިނުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކޭސް ވަރކްކުރުމަށާއި، އަދި އެ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ރީހެބިލިޓޭޝަން ޕުރޮގުރާމު ހިންގުން.
- ތަޙުޤީޤު މަރުޙަލާގައި ކޯޓަށް ހާޒިރުކުރެވޭ ކުދިންނާއި، ޖިނާއީ ދަޢުވާ އުފުލިފައިވާ ކުދިންގެ މަޞްލަޙަތު ހިމާޔަތްކޮށްދިނުމަށް ޓަކައި ޝަރީޢަތަށް ހާޒިރުވުން.
- ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.
- ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުން.
- މި ޤާނޫނުގެ ދަށުން ހިންގޭ ޑައިވަރޝަންގެ ޕުރޮގުރާމުތަކާއި ކޮމިއުނިޓީ ކޮންފަރަންސިންގ ރާވައި ހިންގުން.
- ކުށަށް އަރައިގަންނަ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ހިންގަންޖެހޭ ރީހެބިލިޓޭޓިވް ޕުރޮގުރާމުތައް ކަމާ ބެހޭ އިދާރާތަކުގެ ބައިވެރިވުމާއެކު ރާވައި ހިންގުން.
- ކުޑަކުދިންގެ މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުދިންގެ ހާލަތު މޮނިޓަރކުރުން އަދި ބަންދުކުރާ ތަންތަން މޮނިޓަރކުރެވޭނެ ނިޒާމެއް އެކުލަވައިލައި ގަވާއިދުން މޮނިޓަރކުރުން.
- ޑިޕާޓުމެންޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުޙަލާއެއްގައި ކުޑަކުދިންގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތްކުރޭތޯ ބެލުން.
- ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާ މުޢާމަލާތުކޮށް، އެ ކުދިންނާމެދު ފިޔަވަޅު އެޅުމުގައި މަސައްކަތްކުރާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ތަމްރީނު ޕުރޮގުރާމުތައް ރާވައި ހިންގުން.
- މުޖުތަމަޢުގައި ކުޑަކުދިން ކުށްކުރަން ދިމާވާ ސަބަބުތައް ދެނެގަތުމުގެ ގޮތުން ދިރާސާތައް ކުރުމާއި، މި މައުލޫމާތު ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާކުރުން.
- ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކުރުމާއި، ކަމާ ބެހޭ ޑޭޓާބޭސްއެއް ގާއިމުކުރުމާއި ބެލެހެއްޓުން.
- ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް މުޖުތަމަޢު އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ހިންގުން.
- ބައިނަލްއަގުވާމީ މިންގަނޑުތަކާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ކަމާ ބެހޭ ދާއިރާތައް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީނު ޕުރޮގުރާމުތައް ހިންގުން.
- ކުށްކުރާ ކުދިންގެ ތެރެއިން މުޖުތަމަޢުން އެކަހެރިކުރަންޖެހޭ ކުދިންނަށް ރީހެބިލިޓޭޝަން ޕުރޮގުރާމުތައް ހިންގުމާއި، މި ފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ގާއިމުކޮށް، އެ މަރުކަޒުތައް ހިންގައި ބެލެހެއްޓުން.