Environmental Regulatory Authority

Environmental Regulatory Authority

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ

Part of Ministry of Climate Change, Environment and Energy

Details

LocationPalmeyra, Soasan Magu, Henveyru, Malé, Kaafu Atoll
Phone3335949
Hotline7980379
Websiteera.gov.mv
Post code20096

Leadership

  • Hassaan Mohamed

    Chief Executive

Mandate

Mandate (25)
  1. ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު)ގެ ދަށުން ހިމާޔަތް ކޮށްފައިވާ ތަންތަނާއި ތަކެތި ބެލެހެއްޓުމުގެ ކަންކަން ރެގިއުލޭޓުކުރުމާއި، ހިމާޔަތް ކޮށްފައިވާ ތަންތަނާއި ތަކެތި ބެލެހެއްޓުމާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2. ރާއްޖޭގެ ފަޅުރަށްރަށް، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ ތަންތަނުގެ ޤުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ބެލެހެއްޓުމަށް މިނިސްޓްރީން އެކުލަވައިލާ ސިޔާސަތުތަކާއި ގަވާއިދުތައް ތަންފީޒުކޮށް ހިންގުން.
  3. ރާއްޖޭގެ ތިމާވެށްޓަށް ފާހަގަކުރެވޭ ފަދަ ބަދަލެއް އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެކުރިން ހަދަންޖެހޭ، ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް، ހެދުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހިންގައި ބެލެހެއްޓުން.
  4. ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް، ރާއްޖޭގެ ތިމާވެށްޓަށް ގެއްލުން ދޭ ފަރާތްތައް ޖޫރިމަނާ ކުރުމާއި، ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމާއި، އެކަމާ ބެހޭ ކަންތައްތައް ހިންގުން.
  5. ރާއްޖޭގެ ރަށްރަށުގެ ވެށި ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީން ހަދާ ގަވާއިދުތައް ތަންފީޒުކުރުން. އަދި، ތިމާވެށި ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި، އެ ކަންކަމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ލަފާދިނުން.
  6. ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުން ހިމާޔަތް ކޮށްފައިވާ ތަންތަނާއި ދިރޭތަކެތި ބެލެހެއްޓުމުގެ ކަންކަމާގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
  7. ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލީ ނިޒާމުތައް ރައްކާތެރިކުރުމަށް ޓަކައި، އެ ފަދަ ދިރުންތަކާއި މާހައުލުތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމާއި، އެ ފަދަ ދިރުންތަކާއި މާހައުލުތަކަށް ހުރި ނުރައްކާތައް ދެނެގަނެގަތުމަށް ހަދަންޖެހޭ ރިސްކް އެސެސްމަންޓްތައް ހެދުން.
  8. ދިރޭތަކެތީގެ ނަސްލުތަކާއި އެ ތަކެތީގެ މާހައުލުތަކާ ބެހޭ ދިރާސާކޮށް، އެއްކުރެވޭ މައުލޫމާތާއި ތަޖުރިބާ ކަމާ ބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.
  9. ތިމާވެށީގެން ގޮތުން ޚާއްޞަ ގުދުރަތީ ވަސީލަތްތަކާއި އެ ވަސީލަތްތައް ހުރި ތަންތަނާއި އެ ވަސީލަތްތައް ހުރި މިންވަރު ދެނެގަތުމާއި، އެ ތަންތަނާއި ތަކެތި މެޕްކުރުމާއި، ކަމާ ބެހޭ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުން.
  10. ހިމާޔަތްކޮށްފައިވާ ގަސްގަހާގެހީގެ ދަފުތަރު ބަލަހައްޓައި، މި ފަދަ ގަސްގަހާގެހި ރައްކާތެރިކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  11. ދިވެހިރާއްޖޭގެ ތިމާވެށީގެ ގޮތުން ޚާއްސަ ސަރަހައްދުތައް ދެނެގަނެ އެ ތަންތަނާ ބެހޭ ދިރާސާކުރުމާއި، އެ ފަދަ ސަރަހައްދުތަކުގެ ދަފުތަރެއް އެކުލަވައިލުން.
  12. ދިގުމުއްދަތައް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ 'ފިޒިކަލް އެންވަޔަރަންމަންޓް'ގެ މޮނިޓަރިންގެ މަސައްކަތް ކޮށް، ރާއްޖޭގެ ވައިގެ ނިޒާމާއި ފެނުގެ ނިޒާމާއި ބިންގަނޑާއި، އަދި، އެންމެހައި މާހައުލީ ނިޒާމުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ބޭސްލައިންތައް ގާއިމުކުރުން.
  13. ރާއްޖޭގެ ރަށްރަށް އުފެދި އެ ތަންތަނަށް އަންނަމުންދާ ބަދަލުތަކުގެ މައުލޫމާތު، ސެޓެލައިޓް އިމޭޖަރީއާއި އޭރިއަލް ފޮޓޯގްރަފީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހޯދައި، ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ މައުލޫމާތު އެއްކޮށް އެ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  14. ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތަކާއި، ރަށް ގިރުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް، އެ ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ މަޝްވަރާއާއި ލަފާދިނުން.
  15. ރާއްޖޭގެ ރަށްރަށް ގިރުމާއި ޤުދުރަތީ ގޮތުންނާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކާ ބެހޭ މައުލޫމާތުގެ އަލީގައި އެ ކަންކަމާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ދިނުން.
  16. ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ، ތިމާވެށްޓާ ބެހޭ މައުލޫމާތު އެއްކޮށް، ކަމާ ބެހޭ "ނޮލެޖްބޭސް"އެއް ގާއިމުކޮށް، ބޭނުންވާ ފަރާތްތަކަށް މި މައުލޫމާތު ފޯރުވައިދިނުން.
  17. ތަރައްގީގެ މަޝްރޫޢުތަކުގެ (ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމާއި، ނެރުގޮއްވުން ފަދަ) ސަބަބުން ކުރާ އަސަރުތައް ވަޒަންކޮށް މޮނިޓަރކުރުން.
  18. ތަރައްގީގެ މަޝްރޫޢުތައް (ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމާއި، ނެރުގޮއްވުން ފަދަ) ތިމާވެށްޓާ ރަހުމަތްތެރި ގޮތަކަށް ކުރެވޭނެ ގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެއްކުރެވޭ މައުލޫމާތާއި ތަޖުރިބާ ކަމާ ބެހޭ ފަރާތްތަކަށް ފޯރުވައިދިނުން.
  19. ޖައްވުގައި ހިމެނޭ ގޭސްތަކާއި، ދުމާއި ކުނޑި ފަދަ ތަކެތީގެ މިންވަރަށް އަންނަމުންދާ ބަދަލުތައް ބަލައި، މި ފަދަ މައުލޫމާތު އެއްކޮށް، ބަލަހައްޓައި، މި ކަންކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  20. ރާއްޖޭގެ ތިމާވެށްޓަށް އަންނަ ކިލަނބުކަން (ޕޮލިއުޝަން) ދެނެގަތުމަށް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
  21. ޤުދުރަތީ ގޮތުން ނެތިފަނާވާ (ބަޔޯޑީގްރޭޑަބަލް) ކޮތަޅާގުޅޭ ގޮތުން ކަނޑައަޅައިފައިވާ މިންގަނޑުތައް ތަންފީޒުކުރުން.
  22. ރާއްޖެއިން ކުނި ބޭރުކުރުމާއި، ރާއްޖެ ހުރަސްކޮށް ކުނި ގެންދިއުމަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުން.
  23. ބާސެލް ކޮންވެންޝަން އޮން ދި ކޮންޓްރޯލް އޮފް ޓްރާންސްބައުންޑަރީ މޫވްމަންޓް އޮފް ހެޒަރޑަސް ވޭސްޓްސް އެންޑް ދެއަރ ޑިސްޕޯސަލްގެ ދަށުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުން.
  24. އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތު ދާއިރާއާގުޅޭ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާ ބެހޭ "ނޮލެޖްބޭސް" އެއް ގާއިމުކޮށް، ބަލަހައްޓައި، މި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  25. އެންވަޔަރަންމަންޓް ރެސްޓޮރޭޝަން ޓްރަސްޓް ފަންޑް ހިންގާ ކޮމެޓީން ނިންމާ ގޮތްތަކުގެމަތިން، އެ ފަންޑު މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން.

Read the official mandate (PDF)