
Family and Children Service Centre - Haa Alifu Atoll
ޢާއިލާތަކާއި ކުޑަކުދީންނަށް ޚިދުމަތްދޭ މަރުކަޒު - ހއ. އަތޮޅު
Details
LocationUjaalaa Hin'gun, Dhidhdhoo, Haa Alifu Atoll
Phone3027632
Emailha.fcsc@msfd.gov.mv
Post code1100
LocationOpen in Google Maps
Leadership
Ahmed Abdul Gayyoom
Senior Political Director
Social media
Mandate
- އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަތޮޅު ފެންވަރުގައި ގާއިމުކުރާ ނިޒާމުގެ ދަށުން ރަށު ފެންވަރުގައި ދެވޭ ޚިދުމަތްތައް ބަލައި، މޮނިޓަރކުރުމާއި، އެ ފަދަ ތަންތަން ހިންގަން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިނގާތޯ ބެލުން.
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ ގޮތުން ކުރެވޭ ކަންތައްތަކުގެ ތަފާސްހިސާބުގެ ޑޭޓާބޭސްއެއް އަތޮޅު ފެންވަރުގައި ގާއިމުކޮށް ބަލަހައްޓައި، އެ ކަން ހިނގާ ނުހިނގާ ގޮތް މިނިސްޓްރީއަށް ގަވާއިދުން ރިޕޯޓްކުރުން.
- އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް އުނިކަން ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފްސާނީ އަދި އިޖުތިމާއީ ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން.
- އެކިބާވަތުގެ ހާނިއްކަ (ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އިހުމާލު) ލިބިފައިވާ އަންހެނުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދިނުމަށް ޓަކައި މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމާގުޅޭ ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި ވިލަރެސްކުރުމާއި، އެ މަސައްކަތުގެ ރިޕޯޓް ގަވާއިދުން މިނިސްޓްރީ އަށް ހުށަހެޅުން.
- އަންހެނުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާވެރިވުން ފަދަ ނޭދެވޭ ޢަމަލުތައް ނައްތައިލުމަށް އެކަށައެޅޭ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑު އަތޮޅު ފެންވަރުގައި ހިންގުމަށް އެހީތެރިވުން.
- ޢާއިލީ ގުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެ ފަދަ ކަންކަން ނައްތައިލުމަށް ހެދިފައިވާ އުސޫލުތަކާއި ޤާނޫނުތައް އަތޮޅު ފެންވަރުގައި ތަންފީޒުކުރުމަށް ލަފާދީ ކަމާ ބެހޭ ދާއިރާތަކުގެ ސަމާލުކަމަށް މި ކަންކަން ގެނައުމަށް މަސައްކަތްކުރުން.
- މިނިސްޓްރީން ލާމަރުކަޒީ އުސޫލުން ދޭން ކަނޑައަޅާ ޚިދުމަތްތައް އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.