
Health Protection Agency
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
Details
LocationManhattan Grand Hotel, Fithuroanu Magu, Hulhumalé, Malé, Kaafu Atoll
Phone3024500
Hotline1676
Emailinfo@hpa.gov.mv
Websitehpa.gov.mv
Post code23000
LocationOpen in Google Maps
Leadership
Mohamed Rafeeq Hassan
Minister of State for Health, Family and Welfare
Social media
Mandate
Mandate (30)
ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2012/7 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 7ވަނަ މާއްދާއިން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނިގެންވާ، އަދި އެ ކަންކަން ކުރުމުގެ ޒިންމާ އެ އެޖެންސީން އުފުލަންޖެހޭ ކަންކަމެވެ.
- އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 10ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މަގާމުތަކާއި އެ މާއްދާގެ ދަށުން އުފައްދާ އިތުރު މަގާމުތަކުގެ މަސްއޫލިއްޔަތުތަކާއި ޝަރުޠުތަކާއި، އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ހުނަރުތަކާއި، އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރާނެ ހަމަތައް ސިވިލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެ މަތިން އެކުލަވައިލުން.
- އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ހިންގަންޖެހޭ ޕުރޮގުރާމުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕުރޮގުރާމުތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕުރޮގުރާމުތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕުރޮގުރާމުތައް ހިންގާނެ ގޮތުގެ ހަމަތައް ކަނޑައެޅުން.
- ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ސަރަހައްދުތަކުގައި ހުރި ޞިއްޙީ ޚިދުމަތް ދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 7ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި، ހަމަތަކަށާއި، އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.
- ޞިއްޙީ ނުރައްކާތަކާއި ގައިންގަޔަށް އަރާ ބަލިތަކާއި ނުރައްކާތެރި ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތައް ދެނެގަތުމަށާއި، އެ ބަލިތައް ފެތުރޭ ނިސްބަތް ބެލުމުގެ މަސައްކަތާއި، އެއިން ބައްޔެއް ފެތުރުމުން އެ ބަލިތަކަށް ދެވޭނެ އިޖާބައަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްތައް ކުރުން.
- ޞިއްޙީ ނުރައްކާތަކާއި ގައިންގަޔަށް އަރާ ބަލިތައް ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ތަޢާރުފުވުން ކޮންޓްރޯލްކުރުމަށާއި، ރާއްޖޭގައި އެ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ގައިންގަޔަށް އަރާ ބައްޔަކާގުޅޭ ގޮތުން، ނުވަތަ ނުރައްކާތެރި ބައްޔަކާގުޅޭ ގޮތުން، ނުވަތަ ޞިއްޙީ ނުރައްކަލަކާގުޅޭ ގޮތުން އުފެދިދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ޓަކައި، ނުވަތަ އެ ފަދަ ނުރައްކަލެއް ކޮންޓްރޯލް ކުރުމަށް ޓަކައި، ނުވަތަ އެ ފަދަ ނުރައްކަލެއްގެ މިންވަރު ކުޑަކުރުމަށް ޓަކައި، ނުވަތަ އެ ފަދަ ނުރައްކަލަކުން ސަލާމަތްވުމަށް ޓަކައި އަޅަންޖެހޭނެ ފިޔަވަޅުތައް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައިވާ އާންމު ޞިއްޙަތުގެ މުއައްސަސާތަކަށާއި މަރުކަޒުތަކަށް އެންގުމާއި، ކަމާގުޅޭ އިރުޝާދުތައް އެ ތަންތަނަށް ދިނުން.
- އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ހިންގުމަށް ޓަކައި އަދި، އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި، ބޭރުގެ ޖަމާޢަތްތަކާއި ޤައުމުތަކާއެކު އެއްބަސްވުންތައް ގާއިމުކުރުމާއި، އެ ފަދަ ޖަމާޢަތްތަކާއި ޤައުމުތަކާ ގުޅިގެން ޕުރޮގުރާމުތައް ރާވައި ހިންގުން.
- އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ބޭނުންވާ މިންވަރަށް ޕަބްލިކް ހެލްތު ލެބޯޓަރީތައް އުފައްދައި، އެ ތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް އެ ތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންދިޔުން.
- ގައިންގަޔަށް އަރާ ބައްޔާއި ނުރައްކާތެރި ބަލި ރާއްޖެއަށް ފެތުރެމުންދާ ނިސްބަތް ނުވަތަ ފެތުރުމުގެ ފުރުޞަތު އޮތް ނިސްބަތް ބެލުމަށް ޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕުރޮގުރާމުތައް ހިންގައި، ރާއްޖެއަށް އެ ފަދަ ބައްޔެއް ތަޢާރުފުވެއްޖެ ނަމަ، އެ ކަމަށް އިޖާބަދިނުމުގެ ކަންކަން ރާއްޖޭގައި ހިންގަންޖެހޭނެ ގޮތުގެ އުސޫލުތައް ރާވައި، މަޝްރޫޢުތައް އެކުލަވައިލައި، ޢަމަލީ މަސައްކަތުގެ ތާވަލުތައް ތައްޔާރުކުރުން.
- ޞިއްޙީ ނުރައްކަލެއް ދިމާވެއްޖެ ނަމަ، ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރިއްޖެ ނަމަ، ނުވަތަ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ރާއްޖެ ހިނގައްޖެ ނަމަ، ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރިއްޖެ ނަމަ، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މައިގަނޑު އުސޫލުތައް ދުރާލާ ތައްޔާރުކުރުން.
- އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ޓަކައި، މީހުންނަށް ދޭންޖެހޭ އާންމު ޞިއްޙަތުގެ ޚިދުމަތްތައް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެ ކަމާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- އެއްވެސް ބައްޔެއް ފެތުރުމުގެ ވަސީލަތަކަށް ވެދާނެ އެއްޗެއް، މީހުން ދިރިއުޅޭ ތަނެއްގައި ހުރެއްޖެކަމަށްވާ ނަމަ، އެ ތަނެއްގެ ވެރިފަރާތަށް އެ ކަން ކޮންޓްރޯލް ކުރުމަށާއި އެކަމެއް ނައްތާލުމަށް ޓަކައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެ މީހަކު އެ އެންގުމާ އެއްގޮތަށް ޢަމަލުކުރަން ލާޒިމުކުރުން.
- އާންމު ޞިއްޙަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ އާންމު ސާފުތާހިރުކަމުގެ މިންގަނޑުތައް އެކުލަވައިލައި، އެ މިންގަނޑުތައް ތަންފީޒުކުރަމުން ދިޔުން.
- ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައް ކޮންޓްރޯލްކުރުމަށާއި، މުޖުތަމަޢުގެ އާންމު ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
- އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި، އެ ކަން ދިމާވި ގޮތާއި، އެކަމުގައި ޢަމަލުކުރި ގޮތާއި، ޢަމަލުކުރެވުނު ގޮތުގެ ސަބަބުން ގެނެވުނު ބަދަލާއި، އެ ކަން ހުއްޓުވުމަށް ދިމާވި ގޮންޖެހުންތަކާއި، ދެން އެ ފަދަކަމެއް ދިމާވެއްޖެކަމަށްވާ ނަމަ ރަނގަޅުކުރަންޖެހޭނެ ކަންތައްތަކަކީ ކޮބައިކަން ބަލައި މުރާޖާކުރުމަށްފަހު، ރިޕޯޓެއް އެކުލަވައިލައި ވަޒީރަށް ހުށަހެޅުން.
- ނުރައްކާތެރި ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތަކާގުޅޭ ގޮތުން ކަންކުރަމުން ގެންދާ ގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވައިލައި، ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީ މަސް ހުސްވުމުގެ ކުރިން ވަޒީރަށް ރިޕޯޓެއް ހުށަހެޅުން.
ޤާނޫނު ނަންބަރު 2012/7 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 7ވަނަ މާއްދާގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ޓަކައި ތިރީގައި މިވާ މަސައްކަތްތައްތައް ހިންގައި ބެލެހެއްޓުން.
- ރާއްޖޭގެ ނާޒުކު ހާލަތުގައިވާ އާބާދީގެ ގިންތިތަކުގެ ޞިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ޚިދުމަތްތައް ރާވައި ހިންގައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
- ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ ދަށުން ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
- ވެކްސިންދީގެން ރައްކާތެރިކުރެވޭ ބަލިތަކުން ރައްކާތެރިކުރުމަށް އިމިއުނައިޒޭޝަން ޕުރޮގުރާމު ރާވައި ހިންގުމާއި، އެ ފަދަ ބައްޔެއް އުޅޭ ނަމަ އެ ކަން ބަލައި ތަޙުލީލުކޮށް، ބަލި ކޮންޓްރޯލުކުރުމާގުޅޭ ގޮތުން އާންމު ޞިއްޙަތާއި ބައިނަލްއަގުވާމީ ގޮތުން ބޭނުންވާ ވެކްސިނޭޝަންގެ ކަންތައް ހިންގައި ބެލެހެއްޓުން.
- އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުތަކަށް ސެޓްފިކެޓް ދޫކުރުމާއި، ރާއްޖޭގެ ބައިނަލްއަގުވާމީ އެއްގަމާއި ވައިގެ ބަނދަރުތަކުގައި އެ ރެގިއުލޭޝަނާ އެއްގޮތަށް ހުންނަންޖެހޭ ކަންކަން ކަނޑައަޅައި، އެ ބަނދަރުތަކުގައި ޞިއްޙީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބަލައި، ކަރަންޓީނާ ބެހޭ އެންމެހައި ކަންތައްތައް ރާވައި ބެލެހެއްޓުން.
- ރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތަކަށް އަންނަ އުޅަނދުތަކާއި މީހުންނާއި، ފުރާ އުޅަނދުތަކާއި މީހުންނާ މެދު ޞިއްޙީ ގޮތުން ބަލަންޖެހޭ ކަންކަމާއި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުން.
- ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި، ހިންގައި، މޮނިޓަރކުރުން.
- ރާއްޖޭގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރކުރުމާއި، މި ކަންކަމަށް މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުން.
- ދަރިމައިވުމުގެ ޞިއްޙަތާއި، ކުޑަކުދިންގެ ޞިއްޙަތާ ބެހޭގޮތުން ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ގޮތްތައް ފަހިކޮށްދީ، އެ ކަންކަން ހިނގަމުންދާ ގޮތް ބަލައި، ރައްޔިތުން ހޭލުންތެރިކުރުވުން.
- މަދިރިއާއި ބަލި ފަތުރާ އެހެނިހެން ސޫފާސޫފި އުފެދުމާއި ގިނަވިޔަނުދީ ހިފެހެއްޓުމަށް ބޭނުންވާ ފަންނީ ލަފާދީ މިންގަނޑުތައް ކަނޑައަޅައި، މި ކަންކަން ހިނގާނުހިނގާ ގޮތް ބެލުން.
- މީހުން ދިރިއުޅޭ ތަންތަނާއި، ދިރިނޫޅޭ ތަންތަނާއި، އާންމު ތަންތަނާއި، މަސައްކަތުގެ މާޙައުލަކީ ޞިއްޙީ ގޮތުން ރައްކާތެރި އަދި ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭ މާޙައުލުތަކަށް ހެދުމަށް ޓަކައި ކަމާ ބެހޭ ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި، މި ކަންކުރުމަށް ބޭނުންވާ އުސޫލުތަކާއި މިންގަނޑުތަކާއި ގަވާއިދުތައް ހެދުމަށް އެޑްވޮކޭޓް ކުރުމާއި، އެ ކަންކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުން.
- އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެ ފަރާތްތަކާއެކު މަސައްކަތް ކުރުން.
- ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ޞިއްޙަތު ކުރިއެރުވުމަށާއި، އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޢާއިލާ ހޭލުންތެރިކުރުވުމާއި، އެ ފަދަ މީހުންނަށް އެހީތެރިވާ މުޖުތަމަޢެއް އުފެއްދުމަށް މަސައްކަތް ކުރުން.