
High Commission of the Republic of Maldives in the People's Republic of Bangladesh
ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަން
Part of Ministry of Foreign Affairs
Details
Leadership
Shiuneen Rasheed
High Commissioner of the Republic of Maldives to the People’s Republic of Bangladesh
Social media
Mandate
Mandate (22)
- ބަންގްލަދޭޝްގައި ދިވެހިރާއްޖެ ތަމުސީލުކޮށް، އެ ޤައުމުގައި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތް ކުރުން.
- ބަންގްލަދޭޝްއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.
- ބަންގްލަދޭޝް ސަރުކާރުގެ އިސް ފަރާތްތަކާއި، ރާއްޖެއަށް މުހިންމު އެހެން ފަރާތްތަކާއި، މީޑިޔާގެ ފަރާތްތަކާއި، ބަންގްލަދޭޝްގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތަޢާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެގުޅުން ދެމެހެއްޓުން.
- ބަންގްލަދޭޝްގައި ހިނގާ މުހިންމު ސިޔާސީ، އިޤުތިޞާދީ ކަންކަމާއި ދިވެހިރާއްޖެއަށް މުހިންމު ކަމަށް ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ފެންނަ މިނޫންވެސް ކަންކަމާބެހޭ ރިޕޯރޓު ފޮނުވަންޖެހޭ ރާއްޖޭގެ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
- ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ބަންގްލަދޭޝްގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމާއި، އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައް ކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ބަންގްލަދޭޝްގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ބަންގްލަދޭޝްގައި ހުރި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ދެ ޤައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު، ކުރެވެންހުރި ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން.
- ބަންގްލަދޭޝްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.
- ރާއްޖޭގެ މިނިވަންދުވަސް ބަންގްލަދޭޝްގައި ފާހަގަކުރުން.
- ބަންގްލަދޭޝް ސަރުކާރުންނާއި، އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކުންނާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވަރކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީން އެންގެވިފަދައަކުން ރާއްޖެ ތަމްސީލުކުރުން.
- ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރަށް ހުށަހަޅުއްވާފައިވާ މަޝްރޫޢުތަކަށް އެހީ ހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
- ރާއްޖޭގެ މީހުން ބިނާކުރުމަށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުން.
- ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެނޫން އެހެން ދާއިރާތަކުގެ މަޢުލޫމާތު ހުރި ޑޮކިއުމަންޓް، ހައިކޮމިޝަނުގެ ލައިބްރަރީއަށް އެއްކޮށް، ބެލެހެއްޓުން.
- ތާރީޚަށްޓަކައި ނުވަތަ އެނޫންކަމަކަށް ގޮތަކުން ބޭނުންވެދާނެ ކަމަށް ފެންނަ ލިޔުންތަކާއި ތަކެތި، އާކައިވްކޮށް، އެ ތަކެތި ބެލެހެއްޓުން.
- ސަރުކާރުގެ ފަރާތްތަކުން ބަންގްލަދޭޝް ސަރުކާރަށާއި، ބަންގްލަދޭޝްގައި ހުންނަ އެހެން ޤައުމުތަކުގެ މިޝަންތަކަށާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.
- ރަސްމީ ދަތުރުފުޅުތަކުގައި ބަންގްލަދޭޝަށް ވަޑައިގަންނަވާ ސަރުކާރުގެ ޢިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށްދިނުން.
- މިނިސްޓްރީން އަންގަވައިފި ހިނދެއްގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ބަންގްލަދޭޝަށް އެތެރެވިތޯ ނުވަތަ ނޫންތޯ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބަލައި، ހޯދުމަށް މަސައްކަތްކުރުން.
- ބަންގްލަދޭޝްގައި އުފަންވާ ދިވެހިކުދިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.
- ބަންގްލަދޭޝްގައި ހާލުގައިޖެހިގެން އެކިއެކި އެހީއަށް އެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.
- ބަންގްލަދޭޝް ސަރުކާރުގެ އެކިއެކި ޕްރޮގްރާމުތަކުގެ ދަށުން ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމުގައި އެހީތެރިވެދިނުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ބަންގްލަދޭޝްގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.
- ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު، ބަންގްލަދޭޝްގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
- ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން މޯލްޑިވްސް ސެންޓަރުތައް ހައިކޮމިޝަނުގެ ދަށުން ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.
- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.