Laamu Atoll Amaanveshi

Laamu Atoll Amaanveshi

ލ. އަތޮޅު އަމާންވެށި

Part of Child and Family Protection Service

Details

LocationSiraajudhdheen Magu, Fonadhoo, Laamu Atoll
Post code15080

Leadership

  • Aishath Fainaz

    Assistant Director

Mandate

  1. ކުޑަކުދިންގެ ތެރެއިން ތިރީގައި މިވާ ހާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.

(ހ) މައިންބަފައިން، ބެލެނިވެރިން ނުވަތަ ޝަރުޢީ ބަލަދުވެރިން ދުނިޔޭގައި ތިބެ، ރައްކާތެރި މާޙައުލެއް ފޯރުކޮށްނުދެވޭ ހާލަތްތައް މެދުވެރިވެފައިވާ ކުޑަކުދިންނާއި، މައިންބަފައިންނާއި، ބެލެނިވެރިން އިހުމާލުވެގެން ނުވަތަ އަނިޔާއެއް ކޮށްގެން، ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިން.

(ށ) ޤާނޫނީ ކުށެއްގެ ސަބަބުން ހުކުން ތަންފީޒުކުރުމަށް ޓަކައި މައިންބަފައިން ނުވަތަ ބަލަދުވެރިޔާ ޖަލުގައި ހުކުން ތަންފީޒުކުރަން ދާންޖެހުމާ ގުޅިގެން، އެ ފަދަ މީހުންގެ ކުދިން.

(ނ) ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، އެކުއްޖާގެ ބަލީގެ ސަބަބުން ޢާއިލާގެ ތެރޭގައި އަދި މުޖުތަމަޢުގެ ތެރޭގައި ނުގެންގުޅެވޭ ވަރަށް ބަލި ހާލަތު ގޯސްވެ އެކުއްޖާގެ ފަރާތުން ބަޔަކަށް ނުރައްކާވެދާނެ ފަދަ ޢަމަލުތައް ނުވަތަ އަމިއްލަ ނަފްސަށް ނުރައްކާވެދާނެ ޢަމަލުތައް ކުރާ ކުއްޖެއް.

(ރ) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެ ކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ނުބަލާ ދޫކޮށްލާ ކުދިން.

(ބ) ގެވެށި އަނިޔާގެ މައްސަލަތަކުގައި ވަގުތީ ރައްކާތެރިކަން ބޭނުންވާ ކުދިން.

(ޅ) އެހެން ފަރާތެއް ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް އުޒުރުވެރިވާ ނުވަތަ ނުކުޅެދިފައިވާ ޝަރުޢީ ބަލަދުވެރިއެއްގެ ބެލުމުގެ ދަށުގައިވާ ކުދިން.

(ކ) ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅައިލާނެ މީހަކު ނެތް ކުދިން.

(އ) އެހެން ޤާނޫނެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ ކުދިން.

  1. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ސަގާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެ ކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޙައްޤުތައް، މަރުކަޒުގެ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.
  2. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.

Read the official mandate (PDF)