Maldives Bureau of Statistics

Maldives Bureau of Statistics

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

Part of Ministry of Finance and Public Enterprises

Details

LocationDhaarul Eemaan, Majeedhee Magu, Maafannu, Malé, Kaafu Atoll
Phone3008400
Post code20345

Leadership

  • Dr Ahmed Riyaz

    Chief Statistician

Mandate

Mandate (23)

ޤާނޫނު ނަންބަރު 2021/16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު)ގެ 4ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

  1. ދިވެހިރާއްޖޭގައި ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި ބޭނުންކުރުމުގައި އެއްހަމަ މިންގަނޑުތަކެއް ބޭނުންކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޢަމަލުކުރާނެ މިންގަނޑުތަކެއް އެކުލަވައިލުން.
  2. ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ތަފާސްހިސާބު ބޭނުންކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ފެންވަރު ހިފެހެއްޓުން.
  3. ރަސްމީ ތަފާސްހިސާބަކީ ދީމިޤްރާޠީ މުޖުތަމަޢެއް ތަރައްޤީކުރުމުގައި ލާޒިމު ވަސީލަތެއްކަމުގައި ބަލައި، ދިވެހިރާއްޖޭގެ އިގުތިސާދީ، އިޖުތިމާއީ އަދި ތިމާވެށްޓާއި، އާބާދީއާ ބެހޭ ތަފާސްހިސާބުގެ އަލީގައި ޤައުމުގެ ހާލަތު ވަޒަންކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ތަފާސްހިސާބު އެކުލަވައިލައި، ފަސޭހައިން ބޭނުންހިފޭނެ ފަދަ ގޮތެއްގައި، ވަކިފަރާތަކަށް ނުޖެހި، އެއްހަމައެއްގައި އެ މައުލޫމާތު އާންމުކޮށް ފޯރުކޮށްދިނުން.
  4. ތަފާސްހިސާބުގެ ޤައުމީ ނިޒާމުން ފޯރުކޮށްދޭ ތަފާސްހިސާބަކީ އިތުބާރުހުރި ތަފާސްހިސާބަށް ހެދުމަށް ޓަކައި، ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުގައި ތަފާސްހިސާބު އެއްކޮށް، ރައްކާކޮށް، އަދި އާންމުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބައިނަލްއަގުވާމީ ފެންވަރުގައި ޤަބޫލުކުރެވޭ ހަމަތަކާ އެއްގޮތަށް އެކުލަވައިލުން.
  5. ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި، ދިވެހިރާއްޖޭގެ ތަރައްޤީ ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާ ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ޤައުމީ ފެންވަރުގައި ބޭނުންވާ މުހިންމު ސަރވޭތައް ކުރުމާއި، ތަފާސްހިސާބު އެކުލަވައިލުމުގައި ބޭނުންކުރާނެ ކްލެސިފިކޭޝަން ނުވަތަ ކޯޑިންގ ސިސްޓަމްތައް އެކުލަވައިލުން.
  6. ފަޤީރުކަމާއި ދިރިއުޅުމުގެ ހާލަތުގެ ނާޒުކުކަމާ ބެހޭ ތަފާސްހިސާބު އެއްކޮށް، އަދި ބެލެހެއްޓުން.
  7. ދިވެހިރާއްޖޭގެ އިގުތިސާދީ ތަރައްޤީގެ ދުވެލި ވަޒަންކުރުމަށް ބޭނުންވާ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑާއި، ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި.) ފަދަ މުހިންމު އިގުތިސާދީ ތަފާސްހިސާބު އެއްކޮށް، އެކުލަވައިލައި އާންމުކުރުން.
  8. ސަރުކާރާއި ދައުލަތުގެ އެކި އިދާރާތަކުން ރަސްމީ ތަފާސްހިސާބު އަދި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވައިލުމަށް ކުރެވޭ ސަރވޭތައް ރަޖިސްޓަރީކޮށް، އެ ރަޖިސްޓަރީ ބެލެހެއްޓުން.
  9. ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓަކައި، ދިވެހިރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާޢީ ސިޔާސަތުތައް ކަނޑައެޅުމަށާއި އެ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ ރަސްމީ ތަފާސްހިސާބާއި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް، ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އެއްކޮށް، ބަލަހައްޓައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  10. ދިވެހިރާއްޖޭގެ ލޭބަރ މާކެޓާ ބެހޭ ސަރވޭތައްކުރުމާއި، ލޭބަރ މާކެޓާ ބެހޭ ތަފާސްހިސާބު އެއްކޮށް، އެކުލަވައިލައި، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު އާންމުކުރުން.
  11. ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤައުމީ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި ހިއްސާވެ އެހީތެރިވުމުގެ ގޮތުން، ދޭދޭ ޤައުމުތަކުގެ މެދުގައާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު ތަފާސްހިސާބުގެ ރޮނގުން ގުޅުން ގާއިމުކުރުން.
  12. ޤައުމީ ފެންވަރުގައި ކޮންމެހެން ބޭނުންވާ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެ ކަމަކާ ގުޅުންހުރި އިދާރާއެއް މެދުވެރިކޮށް އެއްކޮށް، އަދި ބެލެހެއްޓުމުގެ ކަންކަން ވިލަރެސްކުރުން.
  13. ޤައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތައް އެކުލަވައިލައި، އަދި ތަންފީޒުކުރުން.
  14. ޤައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތަކަށް ބިނާކޮށް ޤައުމީ ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމް ތައްޔާރުކުރުމާއި، ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އުފައްދަންޖެހޭ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ކަނޑައަޅައި، ޑިސެމިނޭޝަން ޕޮލިސީއާއި އެޑްވާންސް ރިލީޒް ކަލަންޑަރާ އެއްގޮތަށް އާންމުކުރުން.
  15. ދިވެހިރާއްޖޭގެ ތަފާސްހިސާބާ ބެހޭ މައުލޫމާތު ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން.
  16. ތަފާސްހިސާބުގެ ޤައުމީ ނިޒާމު ތަރައްޤީކުރުމަށް ޓަކައި ތަފާސްހިސާބުގެ ދާއިރާއިން މީހުން ބިނާކުރުން.
  17. ރަސްމީ ތަފާސްހިސާބު ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުން.
  18. ރަނގަޅުނޫން ގޮތުގައި، ނުވަތަ މާނަ އޮޅޭގޮތަށް ތަފާސްހިސާބު ބޭނުންކުރާ ނަމަ އެ ކަންކަން އިޞްލާޙުކުރާނެގޮތުގެ ލަފާދިނުން.
  19. ތަފާސްހިސާބާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުން.
  20. ތަފާސްހިސާބު އެއްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމާއި އާންމުކުރުމާގުޅޭ ގަވާއިދުތައް ހަދައި ހިންގުން.
  21. ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށް ޓަކައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ބަލަހައްޓާ ރަސްމީ ތަފާސްހިސާބު އެއްކޮށް، އަދި އެކުލަވައިލުމަށް އެއްވެސް އިދާރާއަކުން ނުކުޅެދޭ ފަދަ ހާލަތްތަކުގައި، ބިއުރޯގެ ފަރާތުން އެ ކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  22. ޤާނޫނު ނަންބަރު 2021/16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ބިއުރޯގެ މަގުސަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

Read the official mandate (PDF)