
National Counter Terrorism Centre
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ
Details
LocationBandaarakoshi, Ameeru Ahmed Magu, Henveyru, Malé, Kaafu Atoll
Phone3314670
Hotline1615
Emailinfo@nctc.gov.mv
Websitenctc.gov.mv/index.html
Post code20126
LocationOpen in Google Maps
Leadership
Major General (Retd) Wais Waheed
Director General of National Counter Terrorism Centre
Social media
Mandate
Mandate (21)
- އެންޓި ޓެރަރިޒަމާއި، ކައުންޓަރ ޓެރަރިޒަމާ ގުޅުންހުރި އެންމެހައި ކަންތައްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުން.
- ޓެރަރިޒަމްގެ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފަރާތްތަކުން ފިޔަވަޅު އެޅުމުގައި ގެންގުޅޭ މިންގަނޑުތައް ބަލައި ދިރާސާކޮށް، ދިވެހިރާއްޖޭގެ މާޙައުލާގުޅޭ ގޮތަށް ރާއްޖޭގައި ކައުންޓަރ ޓެރަރިޒަމާއި އެންޓި ޓެރަރިޒަމްގެ ފިޔަވަޅުތައް ބައްޓަންކުރުން.
- ދައުލަތުގެ އިދާރާތަކަށް ލިބޭ ޓެރަރިޒަމާގުޅޭ އިންޓެލިޖެންސާއި މައުލޫމާތު އެނަލައިޒްކުރުމާއި، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމަށް ކަމާ ބެހޭ މިނިސްޓަރު އެކުލަވައިލާ އޮނިގަނޑާ އެއްގޮތަށް ކަމާ ބެހޭ ދައުލަތުގެ އިދާރާތަކުގެ މެދުގައި އެ އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގައި އެހީތެރިވެދީ، އެ އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގެ ކަންކަން ވިލަރެސްކުރުން.
- ޓެރަރިޒަމަށް ވާގިވެރިވުމުގެ ގޮތުން ހިންގާ ޢަމަލުތަކާއި، އެ ފަދަ ޢަމަލުތައް ހިންގުމަށް ފައިސާ ހޯދާ މަގުތަކާއި، އެ ފަދަ ފައިސާ ދައުރުކުރާ ފަންޑުތަކާ ބެހޭ މައުލޫމާތު ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި ހިއްސާކުރުމުގެ މަސައްކަތް ފަހިކޮށްދިނުމާއި ވިލަރެސްކުރުން.
- ޓެރަރިޒަމްގެ ޢަމަލު ހިންގާ ފަރާތްތަކާއި އެ ފަދަ ޢަމަލު ހިންގުމަށް އެހީތެރިވާ ފަރާތްތަކާއި ޓެރަރިޒަމަށް ފައިސާ ޚަރަދުކުރާ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާ ބެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގައި ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތަކާއި މިންގަނޑުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކަށް އިރުޝާދުދިނުން.
- އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނައަޅައިފައިވާ ފަރާތްތަކަށް ފައިސާދީގެންނާއި، މައުލޫމާތާއި ތަމްރީނުދީގެންނާއި، މިނޫންވެސް ގޮތްގޮތުން ވާގިވެރިވެ އެހީތެރިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ހުއްޓުވުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް ކަމާ ބެހޭ ފަރާތްތަކުން ކުރާކަން ކަށަވަރުކުރުން.
- އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނައަޅައިފައިވާ ފަރާތްތަކުން ރާއްޖޭގެ ސުލްޙަމަސަލަސްކަމާއި، އަމާންކަމަށް ނުރައްކާކުރުމަށް ހިންގާ ކަންތައްތަކާ ބެހޭ މައުލޫމާތު ދައުލަތުގެ ކަމާ ބެހޭ ފަރާތަކުގެ މެދުގައި ހިއްސާކުރުމުގައި އެހީތެރިވެދިނުމާއި އެ ކަންކަން ވިލަރެސްކުރުން.
- އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅައިދިއުމަށް މެދުވެރިވާ ސަބަބުތަކާއި، ހާލަތްތަކާއި، އިޖުތިމާއީ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމާ ބެހޭ ދިރާސާތައް ހަދައި، މި ފަދަ ވިސްނުންތައް މުޖުމަޢުގައި އަށަގެންނެވުން ކުޑަކުރުމަށް ޓަކައި އިޖުތިމާއީ ދާއިރާގެ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުން.
- ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅިފައިވާ ފަރާތްތަކަށާއި، އެ ފަދަ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ފަރާތްތަކަށާއި، ޓެރަރިޒަމްގެ ޢަމަލުތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް (ޖަލުތަކުގައި ތިބި ޤައިދީންވެސް ހިމެނޭގޮތަށް) ރިހެބިލިޓޭޝަން ޕްރޮގްރާތަކާއި ރީ-އިންޓަގްރޭޝަން ޕްރޮގްރާމްތައް ހިންގާކަން ކަށަވަރުކުރުން.
- އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅައިފައިވާ ފަރާތްތަކުން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުން ހުއްޓުވުމަށް ޓަކައި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފެންވަރުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުން.
- ކަންކަމުގައި ތިމާ ދެކޭގޮތް މުޖުތަމަޢުގައި އަށަގެންނެވުމަށް ބާރުގެ ބޭނުންކޮށްގެން ނުވަތަ ހަތިޔާރުގެ ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޓަކައި، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުން.
- ޤައުމީ ފެންވަރުގައި ކައުންޓަރ ޓެރަރިޒަމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ޓެރަރިޒަމްގެ ހަމަލާތަކަށް ރެސްޕޮންޑް ކުރާނެގޮތުގެ ފަރިތަކުރުންތައް ބާއްވާކަން ކަށަވަރުކުރުން.
- ކައުންޓަރ ޓެރަރިޒަމުގެ ސިޔާސަތުތަކާއި، ސްޓްރެޓްޖީތައް އެކުލަވައިލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ޤައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ލަފަޔާއި، އިރުޝާދުދިނުން.
- ކައުންޓަރ ޓެރަރިޒަމްގެ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް ތަންފީޒުކުރުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، އެ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުން.
- ދައުލަތުގެ އިދާރާތަކުން ޓެރަރިޒަމާގުޅޭ އިންޓެލިޖެންސްއާއި މައުލޫމާތު އެއްކުރުމުގައާއި ދައުލަތުގެ އިދާރާތަކުގެ މެދުގައި އެ އިންޓެލިޖެންސްއާއި މައުލޫމާތު ހިއްސާކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމުގައި ކަމާ ބެހޭ ފަރާތްތަކަށް ލަފާދިނުން.
- ޓެރަރިޒަމާ ދެކޮޅަށް "ކައިނެޓިކް" އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަދަ އޮޕަރޭޝަންތައް ހިނގަމުންދާއިރު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓެރަރިޒަމާ ދެކޮޅަށް "ކައިނެޓިކް" އޮޕަރޭޝަންތައް ހިންގުމުގައި ޢަމަލުކުރަންވީ ގޮތްތަކާގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް ބޭނުންވާ ލަފާދިނުން.
- ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.
- ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި ޓެރަރިޒަމާގުޅޭ ޢިލްމީ ދިރާސާކޮށް، ދިރާސާ ކަރުދާސް ލިޔެ ޝާއިޢުކުރުން.
- ޓެރަރިޒަމުގެ ނުރައްކަލާބެހޭ ގޮތުންނާއި، ޓެރަރިޒަމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކާބެހޭ ގޮތުން ދައުލަތުގެ އިދާރާތަކަށާއި، ސިނާއީ މަރުކަޒުތަކަށާއި، ޓޫރިސްޓް ރިސޯޓުތަކަށާއި، އިޖުތިމާއީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށާއި، އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުން.
- އެންޓި ޓެރަރިޒަމާއި ކައުންޓަރ ޓެރަރިޒަމާ ބެހޭ ކަންކަމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމާއި، އެ ފަރާތްތަކާއެކު މަސައްކަތްކުރުން.
- ޓެރަރިޒަމާ ބެހޭ ޤާނޫނާއި، ޓެރަރިޒަމާ ގުޅުންހުރި ޤާނޫނުތައް ސަލާމަތީ ބާރުތަކުންނާއި އެހެނިހެން އިދާރާތަކުން ތަންފީޒުކުރަމުން ގެންދާގޮތް އޮޅުންފިލުވައި، ހަރުދަނާކުރަންޖެހޭ ކަންކަން ދެނެގަނެ، އެ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއަށާއި ޤައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ހުށަހެޅުން.