
National Social Protection Agency
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ
Details
LocationUthuruvehi, Canary Magu, Machchangolhi, Malé, Kaafu Atoll
Phone3005353
Hotline1402
Emailinfo@nspa.gov.mv
Websitenspa.gov.mv/dh
Post code20192
LocationOpen in Google Maps
Leadership
Aminath Shirna
Chief Executive Officer
Social media
Mandate
Mandate (13)
ޤާނޫނު ނަންބަރު 2011/15 (އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21ވަނަ މާއްދާގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ކުރުމަށް ކަނޑައަޅައިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
- އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމް ހިންގައި ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއެއްގައި އެ ސްކީމްގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ޔަގީންކުރުން.
- އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމްތައް ހިންގުމާގުޅޭ ގޮތުން، މިނިސްޓަރުގެ ޒިންމާތައް ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމާގުޅޭ ގޮތުން ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން.
- އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ ދަށުން ގާއިމުކުރެވޭ ސްކީމާގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން.
- މި ނޫން ވެސް، އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގެ ދަށުން އެޖެންސީގެ ޒިންމާތައް ކަމަށް ކަނޑައެޅިފައިވާ ކަންކަން ކުރުން.
- މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުން ވެސް، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކާއި ޕުރޮގުރާމުތަކާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންކަން ކުރުން.
ޤާނޫނު ނަންބަރު 2011/15 (އިޖުތިމާއީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު)ގެ 21ވަނަ މާއްދާގެ (ބ)ގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
- ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު (ސޯޝަލް ސެކިއުރިޓީ ސިސްޓަމް) ރާވައި ހިންގުން.
- ޞިއްޙީ ޚިދުމަތުގެ ޚަރަދު ހަމަޖައްސައިދޭ ޤައުމީ ނިޒާމެއް (ހެލްތްކެއަރ ފައިނޭންސިންގ ސްކީމް) ގާއިމުކޮށް، ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުން.
- ޒަރޫރީ ބޭނުންތައް ފުއްދައިގަނެވޭ ފަދަ ތަނަވަސްކަން ނެތް، އަޅައިލާނެ މީހަކުނެތް މީހުންނާއި، ދައުލަތުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީލިބިދޭނެ ނިޒާމުތައް ރާވައި ހިންގުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ސަރުކާރުން ދޭން ކަނޑައަޅާ މާލީ ޢިނާޔަތްތައް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
- ޤާނޫނު ނަންބަރު 2014/2 (އިޖުތިމާއީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން ދޭންޖެހޭ އެހީތައް، އެ އެހީތައް ޙައްޤުވާ ފަރާތްތަކަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
- އިޖުތިމާއީ ރައްކާތެރިކަމުގެ ޤާނޫނުގެ 14ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.