
Details
LocationVelaanaage, Ameeru Ahmed Magu, Henveyru, Malé, Kaafu Atoll
Phone3010100
Post code20096
LocationOpen in Google Maps
Leadership
Uz Ahmed Usham
Attorney General
Mandate
- ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް (މަދަނީ، ސިޔާސީ، އިގުތިސާދީ، އިޖުތިމާއީ، އަދި ސަގާފީ) ރައްކާތެރިކޮށް، އެ ޙައްޤުތައް ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމާގުޅޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުން.
- ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާގުޅޭ ޝަކުވާތަކާއި، އެ ޙައްޤުތައް ލިބިނުދީ ހިފެހެއްޓުމާގުޅޭ ގޮތުން ރައްޔިތުންކުރާ ޝަކުވާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ކަށަވަރުކޮށްދެވޭނެ ގޮތަށް އެ މުއައްސަސާތަކުން ކަންކަން ކުރަމުންގެންދޭތޯ ބަލައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ހިމާޔަތްކުރުމަށް ސަރުކާރުގެ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް މުރާޖާކޮށް، ކަމާގުޅޭ މަޝްވަރާއާއި ލަފާދިނުން.
- ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
- ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާގުޅޭ ޕުރޮގުރާމުތައް ރާވައި ހިންގުން.
- ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކާއި އެހީ ދޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެފަދަ ޖަމުޢިއްޔާތަކާއެކު ހިންގޭ އެކިއެކި ހަރަކާތްތައް ވިލަރެސްކުރުން.
- ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމާ ގުޅޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުން.