
Permanent Mission of the Republic of Maldives to the United Nations
ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން
Part of Ministry of Foreign Affairs
Details
Websitemdvmission.gov.mv/un
LocationOpen in Google Maps
Leadership

Dr Ali Naseer Mohamed
Permanent Representative of the Republic of Maldives to the United Nations
Social media
Mandate
Mandate (13)
- ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން) އާއި، ޔޫ.އެން. ގެ ޖަމާޢަތްތަކާއި، އަދި ދިވެހިރާއްޖެއިން ބައިވެރިވާ އެހެނިހެން ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުން ނިއުޔޯކުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، އެ ޖަމުޢިއްޔާތަކުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހާމަކޮށް، އެ ޖަމުޢިއްޔާތަކުގެ ނިންމުންތައް ދިވެހި ސަރުކާރުން ބޭނުންވާގޮތަށް ބައްޓަން ކުރުމަށް ވަކާލާތު ކުރުން.
- ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ މަސައްކަތްތައް މޮނިޓަރކޮށް، މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތަކާ ބެހޭގޮތުން ރާއްޖޭގެ ސިޔާސަތު ގެންގުޅެންވީގޮތުގެ ލަފާ މިނިސްޓްރީއަށް ހުށަހަޅައި، ރާއްޖޭގެ ސިޔާސަތާ އެއްގޮތަށް އެ އެސެމްބްލީގައި ރާއްޖެ ތަމްސީލުކޮށް، އެ އެސެމްބްލީގެ ނިންމުންތައް ދިވެހި ސަރުކާރުން ބޭނުންވާގޮތަށް ބައްޓަން ކުރުމަށް ވަކާލާތު ކުރުން.
- ސެކިއުރިޓީ ކައުންސިލުގައި ބަހުސް ކުރެވެމުންދާ މައްސަލަތައް ބަލައި އެ މައްސަލަތަކަށް އަންނަ ބަދަލުތަކާއި، ސެކިއުރިޓީ ކައުންސިލުން ފާސްކުރާ ފާސްކުރުންތަކާއި ނިންމާ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓުކުރުން.
- އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ޖަލްސާތަކުގައި ބަހުސްކުރާ ކަންތައްތަކާއި ނިންމާ ނިންމުންތައް، މިނިސްޓްރީއަށް ރިޕޯޓުކުރުން.
- ވަކި ފަރާތަކަށްނުޖެހޭ ހަރަކާތާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސާއި، ކޮމަންވެލްތާއި، ރާއްޖެއިން ބައިވެރިވާ އެކިއެކި ޖަމާޢަތްތަކުން ނިއުޔޯކުގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، އެ ޖަމުޢިއްޔާތަކުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހާމަކޮށް، އެ ޖަމުޢިއްޔާތަކުގެ ނިންމުންތައް ދިވެހި ސަރުކާރުން ބޭނުންވާގޮތަށް ބައްޓަން ކުރުމަށް ވަކާލާތު ކުރުން.
- ޔުނައިޓެޑް ނޭޝަންސުން ފާސްކުރާ ގަރާރުތަކުގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ކަންތައްތަކާމެދު ޢަމަލުކުރަންވީ ގޮތުގެ ލަފަޔާއެކު އެފަދަ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ލަފާގެމަތިން ޢަމަލުކުރުން.
- ޔުނައިޓެޑް ނޭޝަންސުން ފާސްކުރާ ބައިނަލްއަގުވާމީ މުޢާހަދާތަކުގެ ތެރެއިން، ރާއްޖެއިން ބައިވެރިވާން ފެންނަ މުޢާހަދާތަކާބެހޭގޮތުން މިނިސްޓްރީއަށް ލަފާދިނުން.
- ޔުނައިޓެޑް ނޭޝަންސަށް ރާއްޖެއިން ދައްކަންޖެހޭ އެކިއެކި ޗަންދާގެ މައްސަލަތައް މޮނިޓަރކޮށް އެކަންތަކުގައި މިނިސްޓްރީއަށް ލަފާދީ، އެ ކަންތައްތައް ބެލެހެއްޓުން.
- ދިވެހިރާއްޖެއަށް އެހީވާ ބޭރުގެ ޤައުމުތަކާއި، ޖަމުޢިއްޔާތަކާއި، ޔުނައިޓެޑް ނޭޝަންސް ސިސްޓަމުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، އާންމުކޮށް ބޭރު ދުނިޔެއަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު ހޯދައި، އެ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ސިޔާސަތަށް ކޮށްފާނެ އަސަރަކާއި، ގެންނަންޖެހިދާނެ ބަދަލުތަކެއް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، މިނިސްޓްރީއާ މަޝްވަރާ ކުރަމުން ގެންދިއުން.
- ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާޢީ ޙަފުލާތަކުގައި ބައިވެރިވުމަށް ލިބޭ ދަޢުވަތުތައް ޤާބޫލުކޮށް، އެފަދަ ޙަފުލާތަކުގައި ބައިވެރިވުން.
- ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން އެމެރިކާގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރުކުރެވެން ހުރި ފުރުޞަތުތަކުގެ ބޭނުން ވޮޝިންގޓަންގައި ހުންނަ އެމެރިކާއަށް ކަނޑައަލާފައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅިގެން އެންމެ ފުރިހަމައަށް ހިފުން.
- ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދީ އަދި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މަޢުލޫމާތު ވޮޝިންގޓަންގައި ހުންނަ އެމެރިކާއަށް ކަނޑައަޅައިފައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅިގެން އެމެރިކާގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.
- މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުން، ދިވެހި ސަރުކާރުން އަންގަވާ ކަންތައްތައް ކުރުން.