
Maldives Qualifications Authority
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
Part of Ministry of Education, Higher Education and Skills Development
Details
LocationUmar Zahir Office Building, Orchid Maa Hin'gun, Hulhumalé, Malé, Kaafu Atoll
Phone3026665, 3026667
Emailinfo@mqa.gov.mv
Websitemqa.gov.mv/en
Post code23000
LocationOpen in Google Maps
Leadership
Mariyam Fizaana Rashyd
Chief Executive Officer
Social media
Mandate
Mandate (14)
ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު)ގެ 7ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މި ވަނީއެވެ.
- ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕުރޮގުރާމުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އުސޫލުތައް ހަދައި ހިންގުން.
- ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، މުރާޖާކޮށް އިޞްލާޙުކުރުމާއި، އެ އޮނިގަނޑު ތަންފީޒުކުރުން.
- ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕުރޮގުރާމުތައް ފަރުމާކޮށްފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅައިފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުން.
- ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕުރޮގުރާމުތަކުގެ ހުއްދަދިނުމާއި އެކްރެޑިޓްކުރުމާއި އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.
- ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާގުޅޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދުތަކާއި، އެ ސަނަދުތައް ހާސިލުކުރާ ފަރާތްތަކުގެ ދަފުތަރެއް ބެލެހެއްޓުން.
- ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕުރޮގުރާމުތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ޕުރޮގުރާމުތައް އާންމުކުރުން.
- މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕުރޮގުރާމުތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުން.
- ތަފާސްހިސާބާއި ރިސަރޗްގެ ބޭނުމަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން މައުލޫމާތު ހޯދުން.
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުން.
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޭ ޚިދުމަތްތަކަށް ފީއެއް ނަގާނަމަ، އެ ފީއެއް ނަގާނެ އުސޫލު ކަނޑައަޅައި، އާންމުކުރުން.
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމެއް ގާއިމުކުރުން.
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.