National Bureau of Classification

National Bureau of Classification

ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން

Part of Ministry of Arts, Culture and Heritage

Details

LocationHan'dhuvarudhey Hin'gun, Galolhu, Malé, Kaafu Atoll
Phone3312900
Post code20101

Leadership

  • Shafaath Habeeb

    Director General, Classification Services

Mandate

  1. ރާއްޖޭގެ ނޭޝަނަލް އައި.އެސް.ބީ.އެން. އެޖެންސީގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  2. ގިންތިކުރާ ފަންނީ އުފެއްދުންތަކުގެ ދަފުތަރު ބެލެހެއްޓުން.
  3. އަދަބީ އުފެއްދުން ފާސްކުރާ ފަރާތްތަކުގެ ދަފުތަރު ބެލެހެއްޓުން.
  4. ގިންތިކުރާ ދިވެހި އުފެއްދުންތަކުގެ އެއް އަސްލު ރައްކާކޮށް ބެލެހެއްޓުން.
  5. ފަންނީ އުފެއްދުންތައް އުފައްދާ ފަރާތްތަކާއި އާންމުކުރާ ފަރާތްތައް ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށާއި އުސޫލުތަކަށް ހޭލުންތެރިކުރުން.

ތިރީގައި މި ވަނީ ޤާނޫނު ނަންބަރު 2022/12 (ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނު)ގެ 3ވަނަ މާއްދާގެ (ނ) އިން ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނަށް ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތަކެވެ.

  1. ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް މި ޤާނޫނުގައި ބަޔާންކުރާ ގިންތިތަކަށް ފެތޭ ގޮތަށް އާންމުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅައި، އާންމުކުރުން.
  2. ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރެވެނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން.
  3. ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކޮށް އާންމުކުރާ ފަންނީ އުފެއްދުންތަކުގެ ގިންތިތަކާގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުން.
  4. މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު މި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުން.
  5. ބިއުރޯއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި މި ޤާނޫނުގައި ކަނޑައަޅައިފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
  6. މި ޤާނޫނުގެ 5ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތައް އާންމުކުރުމުގައި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި، އެކަން މޮނިޓަރކުރުން.

Read the official mandate (PDF)