National Centre for the Arts

National Centre for the Arts

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް

Part of Ministry of Arts, Culture and Heritage

Details

LocationOlympus, Han'dhuvarudhey Hin'gun, Galolhu, Malé, Kaafu Atoll
Phone3313456
Websitenca.gov.mv
Post code20101

Leadership

  • Mohamed Ikram

    Minister of State for Arts, Culture and Heritage

Mandate

Mandate (13)
  1. އާޓިސްޓިކް ފަންނުތަކަށް ޝައުގުވެރިވާ ހުރިހައި ދިވެހީންނަށާއި، އިސްކޫލު ނިންމާފައި އިތުރަށް ކިޔެވުމަށް ފުރުޞަތު ލިބިފައިނުވާ ޒުވާނުންނަށާއި، އަދި ވަޒީފާ ލިބުން ދަތިވެފައިވާ އެކިއެކި ފަރުދުންނަށް އަމާޒުކޮށްގެން އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން.
  2. ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ޖަމުޢިއްޔާތައް އުފެއްދުމުގައާއި، ހިންގުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެއިން ބޭރުގެ އެކިއެކި ޖަމުޢިއްޔާތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުން.
  3. ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ހުނަރުވެރިކަން އާންމުންނަށް ދައްކައި، ފަންނުވެރިން ތަޢާރުފުވުމުގެ ފުރުޞަތު ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިދިނުން.
  4. ދިވެހީންގެ ފަންނީ އުފެއްދުންތެރިކަމާއި، ހުށަހަޅައިދިނުމުގެ ގާބިލުކަމާއި، ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓުމާއި، އަދި ފަންނުވެރިންގެ ހުނަރުވެރިކަން އާންމުނަށް ތަޢާރުފުކުރުމުގެ ގޮތުން، އާޓްސް ފެސްޓިވަލްތަކާއި، މުބާރާތްތަކާއި، މައުރަޒުތައް އިންތިޒާމުކޮށް ހިންގުން.
  5. ދިވެހި ފަންނުވެރިން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފަންނުވެރިންނަށާއި، ފަންނީ އުފެއްދުންތަކަށް ޤައުމީ ފެންވަރުގައި ދެވޭނެ އެވޯޑުތައް ތަޢާރުފުކުރުމާއި، މިފަދަ ހަރަކާތްތައް ހިންގުން.
  6. ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމަށާއި، ކުރިއެރުވުމަށް އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި ލަފާ ދިނުން.
  7. ދިވެހިރާއްޖޭގައި ދިވެހި ފަންނުވެރިން އުފައްދާ ފީޗަރ އަދި ކުރު ފިލްމުތަކަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ކުރާ ފޮޓޯ އަދި ފިލްމް ޝޫޓްތަކަށާއި، މިޔުޒިކް ޝޯތަކަށް ހުއްދަ ދިނުން.
  8. ރާއްޖޭގެ ފަންނުވެރީންގެ ދަފުތަރެއް އެކުލަވައިލައި ބެލެހެއްޓުން.
  9. ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހިންގޭ، އާޓްސް ދާއިރާއާ ގުޅުންހުރި އެކިއެކި ސަގާފީ ކުޅިވަރުތަކާ ބެހޭ ދިރާސާކޮށް، ޑޮކިއުމަންޓްކުރުމާއި، މި މައުލޫމާތު ފަސޭހަކަމާ އެކު އާންމުނަށް ލިބޭނެ މަގުފަހިކޮށްދިނުން.
  10. ރާއްޖޭގެ އިސްކޫލު ދަރިވަރުންގެ މެދުގައި އާޓްސް ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ފަންނުތަކުގެ ފަންނުވެރިންނާއެކު މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް އިސްކޫލު މާހައުލުގައި ހިންގުން. އަދި ހުނަރުވެރި ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުން.
  11. ރާއްޖޭގައި ފަންނުވެރީންނަށް ފަންނީ އުފެއްދުންތައް އިސްތިހާރުކޮށް އާންމުންގެ ޝައުގުވެރިކަންހޯދޭނެ މަގުފަހިކޮށްދިނުން.
  12. ރާއްޖޭގެ ފަންނުވެރީންގެ ދަފުތަރެއް އެކުލަވައިލައި، އެ ދަފުތަރު ބެލެހެއްޓުން.
  13. ސަރުކާރުގެ ސިނަމާތަކާއި، މުނިފޫހިފިލުވުމާ ބެހޭ މަރުކަޒުތައް ހިންގައި ބެލެހެއްޓުން.

Read the official mandate (PDF)