ބޯކޮށް ވާރޭވެހި ޅ. ކުރެންދޫގައި ފެންބޮޑުވެ ގެތަކަށް ގެއްލުންވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައި ވާއިރު، ބައެއް ގެތަކަށް ފެން ވަދެ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރޭ މެންދަމުން ފެށިގެން ކުރެންދޫއަށް ބޯކޮށްވާރޭވެހި ރަށުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.